Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންސްޓާގްރާމު ފޮލޮވާސް

ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ

އިންސްޓާގްރާމުގެ ދެވަނަ އަށް އެންމެ ގިނަ މީހުން ފޮލޯ ކުރަނީ ރޮނާލްޑޯ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ޑިސެމްބަރު 2017 | އާދީއްތަ 07:47
ރޮނާލްޑޯ އޭނާގެ އާއިލާއާއި އެކު

ރޮނާލްޑޯ އޭނާގެ އާއިލާއާއި އެކު

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓާގްރާމުގެ އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހުންގެ ލިސްޓުގެ ދެވަނައިން ޖާގަ ހޯދައިފި އެވެ.

ފޯޖުގީޒްގެ ފުޑްބޯޅަ ކުޅުންތެރިއާ އަދި ރިއާލް މެޑްރިޑްގެ ސްޓްރައިކަރު ކްރިސްޓިއާނޯ ރޮލާންޑޯ ވަނީ އިންސްޓަގްރާމުގެ އެންމެ ގިނަ މީހުން ފޮލޯ ކުރި މީހުންގެ ލިސްޓުގެ ދެވަނަ ޖާގަ ހޯދާފަ އެވެ. އެހެން ނަމަވެސް އަދިވެސް މި ލިސްޓުގެ އެއްވަނައިގައި އޮތީ މަޝްހޫރު ޕޮޕް ސްޓަރ ސެލީނާ ގޯމޭޒް އެވެ. އޭނާގެ އިންސްޓާގްރާމުގައި 130 މިލިއަން މީހުން އަންނަނީ ފޮލޯ ކުރަމުންނެވެ.

ދުނިޔޭގައި ފުޓުބޯޅަ ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރޮނާލްޑޯއަށް މިއަހަރު އެކަނި 93 މިލިއަން ޑޮލަރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އޭނާއަށް އިންސްޓާގްރާމްގެ އެންމެ ގިނަ މީހުން ފޮލޯ ކުރާ ލިސްޓުގެ ދެވަނަ ޖާގަ ލިބިފައިވަނީ 116 މިލިއަން މީހުން ފޮލޯ ކުރުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު އޭނާ ހިމެނެނީ 82.8 މިލިއަން ފޮލަވާސް އާއި އެކު މި ލިސްޓުގެ ހަ ވަނައިގަ އެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މިއަހަރުގެ ތެރޭގައި އިންސްޓާގްރާމުގައި ވަރަށް ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިޔޯ އާންމުކޮށްފަ އެވެ. އަދި އިންސްޓާގްރާމުގައި އެންމެ ގިނަ މީހުން ލައިކް ކޮށްފައިވާ 10 ފޮޓޯގެ ތެރޭގައި ރޮލާންޑޯގެ ތިން ފޮޓޯއެއް ހިމެނެ އެވެ.

އެގޮތުން ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާނުކުރި ފޮޓޯއަށް 8.2 މިލިއަން މީހުން ލައިކްސް ދީފައިވާ އިރު މިއަހަރުގެ ނޮވެމްބަރު މަހު އޭނާއަށް އަންހެން ދަރިއެއް ލިބުނު ކަން އިއުލާކޮށް އިންސްޓާގްރާމުގައި ކުރި ޕޯސްޓަށް ވަނީ 11 މިލިއަން ލައިކްސް ލިބިފަ އެވެ.

އިންސްޓާގްރާމުގައި ފޮލޮވާސް އެންމެ ގިނަ މީހުންގެ ލިސްޓުގައި ދެން ހިމެނެނީ ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ އެވެ. އޭނާއަށް 115 މިލިއަން ފޮލޮވާސް ލިބިފައިވާ އިރު ބިޔޯންސޭއަށް ލިބިފައިވަނީ 108 މިލިއަން ފޮލޮވާސް އެވެ. އަދި ފަސް ވަނަައިގައި އުޅެނީ ކިމް ކާޑޭޝަން ވެސްޓް އެވެ. އޭނާ އަށް ލިބިފައިވަނީ 104 މިލިއަން ފޮލޮވަރުންނެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
30 ޖުލައި 2017

"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ

30 ޖުލައި 2017
"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ
26 ޖުލައި 2017

ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

26 ޖުލައި 2017
ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ
06 ޖުލައި 2017

ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ

06 ޖުލައި 2017
ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު