Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ނޯޓީ 40"

"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ

ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ޖުލައި 2017 | އާދީއްތަ 08:14
"ނޯޓީ 40" ޕްރިމިއަރ ކުރުން އޮގަސްޓް 2ގައި

"ނޯޓީ 40" ޕްރިމިއަރ ކުރުން އޮގަސްޓް 2ގައި

އަންނަ އޮގަސްޓްމަހުގެ 2 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ "ނޯޓީ 40"އަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ޝަފީގު ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ޝަފީގު ބުނީ މިހާރު ވިއްކަމުންދަނީ ހަތަރު ވަނަ ޝޯވްގެ ޓިކެޓް ކަމަށާއި ވަރަށް އަވަހަށް 5 ވަނަ ޝޯވްގެ ޓިކެޓްވެސް ވިއްކަން ފަށާނެ ކަމަށެވެ.

މިފިލްމުގެ ޕްރިމިއަރ ޝޯގެ ޓިކެޓެތައް ވިއްކާފައިވަނީ 200 ރުފިޔާއަށް ކަމަށާއި ސަބަބަކީ ޕްރިމިއަރނައިޓްގައި ވަރަށް ޚާއްސަ ކަންތައްކެއް ބެލުންތެރިންނާއި ހަމައަށް ގެންސްދިނުމަށް ރާވާފައިވާތީ ކަމަށް ޝަފީގު ބުންޏެވެ. ދެންހުރި ޝޯތަކުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

ޖުމްލަ 15 ޝޯވ ދެއްކުމަށް ހަމަޖެހިފައިވާއިރު ޝޯތައް ދެއްކުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ.

"ނޯޓީ 40"ގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އާންމު ކުރި ޓީޒާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު ޓީޒާގައި ފެނިގެންގޮސްފައިވަނީ "ނޯޓީ 40"ގެ ކާސްޓުންގެ ފަރާތުން ދެރައާއި ހިތާމައިގެ މަންޒަރުތަކެވެ.

"ނޯޓީ 40" ގެ އެސިސްޓެންޑް ޑައިރެކްޓަރ މުހައްމަދު މަނިކު ކުރިން ބުނެފައިވަނީ މި ފިލްމުގެ ޝޫޓިންއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

މި ފިލްމުގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ 40" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މީގެ އިތުރުން މަރިޔަމް އައްޒަ، އާފިތަމަތު އާޒިފާ (އަޒޫ) އިބްރާހިމް ޖިހާދު (ޖިމީ) އަލީ އާޒިމް (ދޮންއައްޔަ) ހިމެނެއެވެ.

އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ފެނިގެންދާނެއެވެ.

ނޯޓީ 40" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބައިވެރިޔާ" އަށް ފަހު، ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި

01 ޖުލައި 2017
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
29 ޖޫން 2017

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

29 ޖޫން 2017
"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
05 އެޕްރީލު 2017

“ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

05 އެޕްރީލު 2017
 “ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު