Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާހުބަލީ 2

ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ

ޕްރަބާސްއަކީ ރަންބީރަށް އެންމެ ކަމުދާ އެކްޓަރ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 ޖުލައި 2017 | ބުރާސްފަތި 05:52
ޕްރަބާސް އާއި ރަންބީރު

ޕްރަބާސް އާއި ރަންބީރު

އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ސިނަމާތަކަށް އައިސްފައިވާ "ބާހްބަލީ 2" ގައި ޕަރަބާސް އަދާ ކޮށްފައިވާ ރޯލު ވަރަށް ކަމުދާކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.

މިހާތަނަށް އިންޑިއާގެ ފިލްމަކަށް ނުލިބޭވަރުގެ އާމްދަނީއެއް ލިބިފައިވާ "ބާހްބަލީ 2" އަށް މިހާތަނަށް ލިބިފައިވަނީ 1,670 ކުރޯޑް ރުޕީސްއެވެ.

މިހާރު "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރަމުންދާއިރު ރަންބީރު ބުނީ އޭނާ ނަގާނީ ފިލްމީ ދާއިރާއިން ޕްރަބާސް ކަމަށެވެ. އެއީ އޭނާގެ ފޭވަރިޓް އެކްޓަރ ކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު ބުނެފައިވަނީ "ބާހުބަލީ" އަދި "ބާހުބަލީ 2" ގައި ޕްރަބާސްގެ އެކްޓިންއަކީ މިހާތަނަށް ފިލްމަކުން އޭނާއަށް ފެނިފައިނުވާ ފަދަ ކުޅަދާނަ މޮޅު އެކްޓެއް ކަމަށެވެ. "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރަމުން ދަނީ ރަންބީރާއި ކެޓްރީނާއާ ދެމީހުން އެކުގައެވެ. ކެޓްރީނާ ބުނެފައިވަނީ ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގައި އޭނާ ފިލްމެއް ކުޅޭ ނަމަ އެންމެ ބޭނުންވަނީ ޕްރަބާސް ނުވަތަ ވިކްރަމްއާ އެކު ކުޅުމަށް ކަމަށެވެ

"ބާހްބަލީ 2" ޗައިނާގެ ފިލްމީ މާކެޓުގައި ރިލީޒް ކުރާނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ޗައިނާގައި ރިލީޒްކުރުމާއެކު އެފިލްމަށް ލިބިފައިވާ އާމްދަނީ ދެގުނައަށް ބޮޑުވާނެ ކަމަށް ޔަގީން ކުރެވޭ ކަމަށް ނޫސްތަކުގައި ވެއެވެ. އެއީ މިދިޔަ އަހަރު ޑިސެމްބަރު މަހު ނިކުތް އާމިރު ޚާންގެ "ޑަންގަލް" ވެސް ޗައިނާގައި އެޅުވުމަށް ފަހު ރަނގަޅު އާމްދަނީއެއް ލިބިފައި ވާތީއެވެ.

"ބާހުބަލީ 2" ގައި ޕްރަބާސްގެ އިތުރުން ފެނިގެން ދަނީ ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ އެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ކަރަންގެ އާ ފިލްމުގައި ރަންބީރު ކަޕޫރު

01 އޮކްޓޯބަރު 2017
ކަރަންގެ އާ ފިލްމުގައި ރަންބީރު ކަޕޫރު
26 ޖުލައި 2017

"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު

26 ޖުލައި 2017
"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު
28 މެއި 2017

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު