Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓާޓާ ފްލެޓްތައް

އެޗްޑީސީއިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި

މި ފްލެޓްތައް ވިއްކުން މަޑުޖައްސާލެއްވިކަން ހައުސިން މިނިސްޓަރު ވަނީ ޓްވީޓަކުން ހާމަކުރައްވާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޑިސެމްބަރު 2017 | ހޮނިހިރު 19:11
އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާއިން އިމާރާތްކޮށްފައިވާ ފްލެޓްތައް

އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާއިން އިމާރާތްކޮށްފައިވާ ފްލެޓްތައް

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމާއި ގާކޮށީ ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފްލެޓްތައް ގަތުމަށް ފަސޭހަ ގޮތެއް ހަމެޖެއްސެންދެން އެ ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހައުސިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން ހުޅުމާލޭ ގާޒީ ސްކޫލުން މި ފްލެޓްތައް ގަތުމަށް ފޯމު ދޫކުރަން އޮތީ ނިންމާފައެވެ. އަދި މިރެއިން ފެށިގެން ގާޒީ ސްކޫލް ބޭރުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކިއު ހަދާފައެވެ. އެގޮތުން ސަރުކާރުން މިގޮތަށް މި ނިންމީ ފްލެޓް ގަތުމަށް ފޯމު ނެގުމަށް 200 އަށްވުރެ ގިނަ މީހުން ގާޒީ ސްކޫލް ބޭރުގައި ކިއު ހަދާފައި ވަނިކޮށެވެ.

އެޗްޑީސީއިން ކުރިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު ފޯމު ދޫކުރަން ހަމަޖެހިފައިވަނީ 100000 (އެއް ލައްކަ) ރުފިޔާގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. އަދި މި ފޯމުތައް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން ވިއްކަން ނިންމާފައިވަނީ ޓާޓާއިން ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓްއެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު