Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސާރީ ތަރިކަ ނެތިކޮށްލުން

ބައިތުލްމާލުގެ ފޫ ކަހާލުމަށް ފަހު ތާރީޚާއި ސަގާފަތުގެ ބޮޑު ޖަރީމާއަކަށް!

ސަގާފީ ތަރިކައަކީ މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ތަކެތި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 10:06
ހުކުރު މިސްކިތުގެ ލޭންޑްސްކޭޕު ބަދަލުކޮށް ކެފޭއެއް ގާއިމްކުރަން ސަރުކާރުން ވަނީ ނިންމާފަ

ހުކުރު މިސްކިތުގެ ލޭންޑްސްކޭޕު ބަދަލުކޮށް ކެފޭއެއް ގާއިމްކުރަން ސަރުކާރުން ވަނީ ނިންމާފަ

ސަގާފަތާއި އާދަކާދައަކީ ގައުމެއް ނުވަތަ ވަކިވަކި މުޖުތަމައުތަކުގެ އައިޑެންޓިޓީއެވެ. މި އައިޑެންޓިޓީ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ސަގާފީ ތަރިކައިގެ މައްޗަށެވެ. ސަގާފީ ތަރިކައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެ، ޖީލުތަކުން ބަލަހައްޓައި، މުސްތަގުބަލުގައި އަންނަ ޖީލުތަކާ ހަމައަށް ފޯރުކޮށްދޭ ތަކެއްޗެވެ. ސަގާފީ ތަރިކަ ދެ ބަޔަކަށް ބަހާލެވޭއިރު، އޭގެ ތެރޭގައި ހިމެނެނީ މާއްދީ ތަކެއްޗާއި މައުނަވީ ތަކެއްޗެވެ. އަތްލެވޭ ތަރިކައާއި އަތްނުލެވޭ ތަރިކައެވެ. އަތްލެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ އާސާރީ އިމާރާތްތަކާއި، ބިނާތަކާއި، ފޮތްތައް ފަދަ ތަކެއްޗެވެ. އަތްނުލެވޭ ތަރިކައިގެ ތެރޭގައި ހިމެނެނީ ދޫދޫމަތިން ދައުރުވަމުންދާ ވާހަކަތަކާއި ފޯކުލޯއާއި އިލްމާއި ކުޅިވަރުފަދަ ކަންކަމެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމަކީ ގައުމެއްގެ އައިޑެންޓިޓީ ދެމެހެއްޓުމަށް ކޮންމެހެން ވެސް ލާޒިމުކަމެކެވެ. އަންނާން އޮތް ޖީލުތަކާ ހަމައަށް ކާބަފައިންގެ މަސައްކަތްތަކާއި، ދިރިއުޅުމާއި، ގައުމުގައި ހިނގާފައިވާ ބޮޑެތި ހާދިސާތައް ފޯރުކޮށްދިނުމަށް ތަރިކަ ރައްކާތެރިކޮށް ޖީލުތަކާއި ހަމައަށް ފޯރުކޮށްދޭންޖެހެ އެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ދިވެހިންނަކީ ތާރީޚާއި ސަގާފަތާއި، ތަރިކަ ރައްކާތެރިކުރުމުގައި ވަރަށް ބޮޑަށް ޣާފިލުވެފައިވާ ބައެކެވެ. މިގައުމުގެ އެކި ވެރިކަންތަކުގައި ސަގާފީ ތަރިކަ ނެތިކޮށް ސުންނާފަތި ކޮށްލާފައިވާކަން ތާރީޚީ ފަތްފުށްތަކުން ފެންނާން އެބަހުއްޓެވެ. އެހެން ނަމަވެސް، މިހާރު ރާއްޖޭގައި ފެށިފައިމިވަނީ ސަގާފީ ތަރިކައާއި އާސާރީ ތަކެތި ފަނާކޮށްލުމުގެ މުޅިން އާ ބާބެކެވެ.

Advertisement - newsAdvertisement

ގައުމުގެ ބައިތުލްމާލުގެ ފޫކަހައި، ނާޖާއިޒު މުއްސަނދިކަން ބަޔަކު ލިބިގަތުމަށް ފަހު، ދިވެހިންގެ ސަގާފަތާއި ތާރީޚުން ވެސް "ވައްކަން" ކުރަން ފެއްޓީ ހެއްޔެވެ؟ މިކުރަނީ ސުވާލެކެވެ. އާސާރީ މިސްކިތްތަކާއި ބިނާތައް ތަޅައި ސުންނާފަތިކޮށް، މަހާނަގަލާއި ޒިޔާރަތްތަކަށް ދަންދެން ފަނާކޮށްލަނީ އެވެ. ފުރަމާލޭގައި ހުންނަ ސަގާފީ ތަރަކައިގެ މުހިންމު ބިނާތައް އެގޮތް މިގޮތަށް ބަދަލުކުރަނީ އެވެ. މިއީ ދިވެހިރާއްޖޭގެ މިހާރާއި އަދި މުސްތަގުބަލުން ވެސް ކުރާ ވައްކަމެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. މިއީ މިހާރުގެ ދިވެހިންނާއި، މާޒީވި ޖީލުތަކާއި އަދި އަންނާން އޮތް ޖީލުތަކަށް ވެސް ޣައްދާރުވާން ބޭނުން ވެގެން ކުރާ ކަމެއް ހެއްޔެވެ؟

ދިވެހިރާއްޖޭގެ ތާރީޚުގައި އެކި ރަސްރަސްކަމާއި ވެރިކަންތައް ފާއިތުވެ ހިނގައްޖެއެވެ. މާލޭގެ ބިމުގެ ދަތިކަން އެ ވެރިކަންތަކުގައި ވެސް އިންތިހާއަށް އޮތީ ދިމާވެފަ އެވެ. ނަމަވެސް، އޭގެން އެއްވެސް ވެރިކަމަކުން އަލިރަސްގެފާނުގެ ޒިޔާރަތް ސުންނާފަތިކޮށް އެތަނުގައި ޕަމްޕް ސްޓޭޝަނެއް ގާއިމުކުރާކަށް ނޫޅެއެވެ. ކަޅުވަކަރު މިސްކިތް 1980 ގައި ސަލްޓަން ޕާކުގައި ރޭވިފަހުން ފާއިތުވި ވެރިކަންތަކުން އެތަނުގައި އައިސް ރިންކެއް އަޅާކަށް ނޫޅެއެވެ. ބިހުރޯޒު ކަމަނާ މިސްކިތް ބިމާ ހަމަކޮށް، އޮފީސް އިމާރާތެއް އަޅާކަށް ނޫޅެ އެވެ. ހުކުރު މިސްކިތް ހުރިތަނުގައި ކެފޭ ހަދައި ނާޗަރަންގީ ކުޅެން ވިސްނާފައިވެސް ނެތެވެ.

އެހެން ނަމަވެސް، މި ސަރުކާރުން އެ ހުރިހާ ކަމެއްވެސް ކޮށްފި އެވެ. ދިވެހިންގެ ސަގާފީ ތަރަކައިގެ ތެރޭގައި ހިމެނޭ ގިނަ ބިނާތަކެއް ނެތިކޮށްލައިފި އެވެ. ގދ. ތިނަދޫއަށް ގެންދަން ކަމަށް ބުނެ ކަޅުވަކަރު މިސްކިތް ރޫޅާލި ގޮތަށް އެ މިސްކިތަށް ހެދި ގޮތެއް އެނގޭ މީހަކު ނެތެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާނު މުހައްމަދު ތަކުރުފާނު ފަސްދާނު ލެވިފައިވާ ޒިޔާރަތް ހުންނަ ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލައި، އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އެ ދަނީ ކުރަމުންނެވެ. އަލިރަސްގެފާނުގެ ޒިޔާރަތުގައި އެވަނީ ޕަމްޕް ސްޓޭޝަނެއް ހަދާފަ އެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހުކުރު މިސްކިތުގެ ލޭންޑްސްކޭޕް ބަދަލުކޮށް އެތަނުގައި ކެފޭއަށް އަޅަން އެ ވަނީ ހިފާފަ އެވެ. އެތަނަކީ ރާއްޖޭގެ މިނިވަންކަމުގެ ބަތަލު ރައީސް އިބްރާހިމް ނާސިރު ފަސްދާނުލެވިފައިވާ ތަނެވެ. ސަގާފަތާއި ތާރީޚަށް ވުރެ ކޮފީ ތައްޓާއި ކުޅިވަރު މުހިންމުކަން ވެރިންނަށް ބޮޑުވީމާ ގައުމަކަށް ވާނެ އެއްޗެއް މިވަނީ އެވެ.

އެހެން ނަމަވެސް، ހަނދާން ބަހައްޓަވާށެވެ. ފަނާ ކޮށްލަމުން ތިޔަ ގެންދަނީ ހަމައެކަނި އަހަރެމެން މި ޖީލުގެ ދިވެހިންގެ މުދަލެއް ނޫނެވެ. އެއީ ކާބަފައިންނާއި ކުރިމަގުގައި އުފަންވާނޭ ހުރިހާ ދިވެހި ދަރިންގެ މުދަލެވެ. އާސާރީ ތަކެއްޗަށް ތަރިކައޭ ކިޔަނީ އެއްޖީލުން އަނެއް ޖީލަށް ވާރުތަވާތީކަން ހަނދާން ބަހައްޓަވާށެވެ. ބައިތުލްމާލުން ވަގަށް ނަގާ ފައިސާތަކެއް އަނބުރާ ހޯދިދާނެ އެވެ. އެހެން ނަމަވެސް، އާސާރީ ތަރިކަ ނެތިކޮށްލަައިގެން ދޭ ގެއްލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ގެއްލުމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު