Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޭދޫ ދާއިރާގެ މެމްބަރު

އަޅުގަނޑު މިހުރީ ޖައްވުގައި: ޕީޕީއެމް މެމްބަރު ދީދީ

26 ނޮވެމްބަރު 2017 | އާދީއްތަ 06:16

އެސްއީޒެޑްގެ ގާނޫނުގެ ދަށުން ރޮކެޓް ސްޕީޑުގައި ތަރައްގީ ގެންނަވައިފި ކަމަށް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ނޮވެމްބަރު 2017 | އާދީއްތަ 06:16
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޮކެޓް ސްޕީޑްގައި ތަރައްގީގެނެސްދެއްވުމުން މިހާރު އޭނާ ހުންނެވީ ޖައްވުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގދ. ތިނަދޫގައި ސަރުކާރު ހިންގާ ޕީޕީއެމްއިން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބްރާހީމްދީދީ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދަވަނީ ރޮކެޓް ސްޕީޑްގައި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"2014 ވަނަ އަހަރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީން އެދިވަޑައިގެން، އަޅުގަނޑުމެން މިގައުމުގެ ވެރިކަން އެމަނިކުފާނާ ހަވާލު ކުރެއްވިފަހުން މިގައުމުގެ ތަރައްގީގެ އިންޖީނަކީ ދެ ސިލިންޑަރު އިންޖީނެއްވީމަ، ތިމަންމަނިކުފާނަށް މި ސްޕީޑުގައި ދުއްވައިގެން މިކަމެއް ނުވާނޭ، އެސްއީޒެޑްގެ ނަމުގައި ގާނޫނެއް ވުޖޫދަށް ގެންނާށޭ ވިދާޅުވި. 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު އެގާނޫނު ވުޖޫދަށް ގެނައީ. އެގާނޫނު ތަސްދީގުކޮށްފަ މިއޮޑީގައި އިންޖީނު އަޅާލީ އެކެއް ސެޕްޓެމްބަރުގައި. އެއީ ރޮކެޓް. އެހިސާބުން މިގައުމު އުދުއްސާލީ. އައްޑޫ ސިޓީ ފޭދޫއިން ރޮކެޓްގައި ދިޔައީ އަޅުގަނޑު. މިހުރީ ޖައްވުގައި،" ދީދީ ވިދާޅުވި އެވެ.

ދީދީ އެގޮތަށް ވިދާޅުވި ނަމަވެސް އެވިދާޅުވާ އެސްއީޒެޑްގެ ގާނޫނުގެ ދަށުން މިހާތަނަށް ރާއްޖޭގައި އެއްވެސް މަޝްރޫއެއް ހިންގިފައެއް ނުވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެސްއީޒެޑްގެ ގާނޫނުގެ ދަށުން ލިބޭނެ ކަމަށް އަންދާޒާކޮށްފައި ފައިސާ ލިބިފައި ނުވާ ކަމަށެވެ.

މީގެއިތުރުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސްޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުފައި ވެއެވެ.

މީގެއިތުރުން ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ 25 ބުރީގެ 62 ޓަވަރު އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. އެގޮތުން ފާފު އަތޮޅު ޕްރޮޖެޓް ފެއިލްވީ ވެސް އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ އަޑު އުފުލުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ފާފު އަތޮޅު ޕްރޮޖެކްޓަކީ ފާފު އަތޮޅުގެ ބައެއް ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ ފަރާތްތަކަށް ވިއްކާލުމަށް ހިންގާފައިވާ ޕްރޮޖެކްޓެކެވެ.

ޕީޕީއެމް އިން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމްދީދީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އައްޑޫ ސިޓީއާއި މުޅި ދެކުނުގެ އަތޮޅުތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

"އައްޑޫ ރައްޔިތުންނާއި ތިނަދޫ އަދި ދެކުނުގެ މީހުންނަށް ނަޝީދުއަކީ ބޮޑު ނުރައްކަލެއް. ބޮޑު ޓެރަރިސްޓެއް. ހުޅުޖަހާ އަންދާލީ އަޅުގަނޑުމެންގެ ތަރިކަ. ބައިތުލްމާލު އަންދާލީ،" ދީދީ ވިދާޅުވި އެވެ.

ދީދީ އެގޮތަށް ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާއެއްކޮށް ހުކުމެއް ކުރައްވާފައެއް ނުވެއެވެ. އަދި ދީދީ އެވިދާޅުވާ ހުޅުޖެހި ހާދިސާއަށް ފަހު، ރާއްޖޭގައި ބޭއްވި އާއްމު އިންތިހާބުތަކުގައި އައްޑޫ އާއި ދެކުނުގެ އަތޮޅުތަކުން އެންމެ ގިނަ ވޯޓް ހޯއްދަވާފައި ވަނީ ވެސް ރައީސް ނަޝީދު އާއި ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީންނެވެ.

ދައުލަތުގެ ބައިތުލްމާލު އަންދާލި ވާހަކަ ދީދީ ވިދާޅުވިއިރު، ދިވެހި ދައުލަތުގެ މާލިއްޔާއިން އެންމެބޮޑު ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ހުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެ ވަޑައިގަންނަވާފަ އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން އެކަނިވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވެ އެވެ. މީގެއިތުރުން ވެސް ސަރުކާރުގެ އެކިއެކި އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތި ވަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް