Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތިނަދޫ ޕީޕީއެމް ޖަލްސާ

އިދިކޮޅުގައި އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ލީޑަރެއް ނެތް އަދި ނުވެސް ފެންނާނެ: ހެލްތު މިނިސްޓަރު

ދެ ވިސްނުމެއްގައި މަސައްކަތް ކުރާ ދެ ލީޑަރުންނަށް އެއް ފިކުރެއް އުފަން ނުކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2017 | އާދީއްތަ 05:42
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އެއް ވިސްނުމެއްގައި އެއް ފިކުރެއްގައި މަސައްކަތް ކުރާ ލީޑަރެއް ނެތް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ލީޑަރެއް އިދިކޮޅު ފަރާތްތަކުގެ ތެރެއިން ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އިން ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ މަލްޓި-ޕާޓީ ޑިމޮކްރެސީއެއްގައި އިދިކޮޅު ޕާޓީއެއްގެ ފިކުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު ރާއްޖޭގައި އިދިކޮޅު ޕާޓީއެއްގެ ފިކުރު ނެތް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީއެއްގެ ފިކުރަކީ ވަރަށް މުހިއްމު އެއްޗެއް. އެހެން ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ފިކުރެއް މިއަދަަކު ނެތް. އެއީ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ފިކުރެއް މިއަދު ފެންނާކަށް ނެތް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރީއްޔާ މައުމޫން އަބްދުލް ގައްޔޫމްއަށާއި ކުރީގެ ރައީސުލްޖުމްހޫރީއްޔާ މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ދެ ފިކުރެއްގައި އަދި މުޅިން ދެ ވިސްނުމެއްގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހުން އެކުގައި މަސައްކަތް ކޮށްގެން އެއް ފިކުރު އުފަން ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ފެންނަމުން ނުދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއް އިރެއްގައި އިސްލާމީ ވަހުދު ދަމަހައްޓަން މަސައްކަތް ކުރެއްވި ބޭފުޅަކާއި އެންމެން އަބަދަށް ހަމައިގަ ތިބެން ނުޖެހޭނެ ކަމަށް ވަކާލާތު ކުރެއްވި ދެ ބޭފުޅުން އެކުގައި މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ތަރއްގީ ހޯދައިދެވޭނެ ފޯމިއުލާއެއް ނުނެރެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް މައުމޫން އެކުގައި މަސައްކަތް ކޮށްގެން ރައްޔިތުންނަށް ތަރައްގީ ހޯދައި ދިނުމަކީ ނުކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިހަބަކާއި ކުރިމަތިލާއިރު އެންމެ މުހިންމު އެއް ކަމަކީ އެއް ވިސްނުމެއްގައި އެއް ފިކުރެއްގައި މަސައްކަތް ކުރާނެ ލީޑަރަކު ހުރުން ކަމަށާއި އެ މަންޒަރު އިދިކޮޅު ފަރާތްތަކުގެ ތެރެއިން ފެންނަމުން ނުދާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ތެރޭގައި އެއް ވިސްނުމެއްގައި އެއް ފިކުރެއްގައި މަސައްކަތް ކުރާ ލީޑަރު އެބަ ހުންނެވި ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލާއިރު ކުރިން ދެ ވިސްނުމެއްގައި މަސައްކަތް ކުރަމުން ދިޔަ ދެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. ސަބަބަކީ އެ ދެ ލީޑަރުން އެކުގައި މަސައްކަތް ކުރާއިރު އެއްވެސް މިސްރާބެއް ނެތުން ކަމަށެވެ. އަދި ދެ ފިކުރަކީ މިއަދު ރައްޔިތުން ބަލައިގަންނާނެ ދެ ފިކުރު ނޫން ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ނަމުގައި ބަޔަކު މީހުން ރާއްޖޭގެ ބައެއް އަސާސްތައް ފުނޑާލަން އުޅެ، ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރަމުން ދިޔަ އެތައް ކަމެއް ފުނޑާލަން އުޅުނު ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން އެ ނިކުމެ އެ ވެރިކަން ނިމުމަކަށް ގެނައި ކަމަށާއި އަދި އެ ލީޑަރުން މިއަދު ރާއްޖެއިން ބޭރުގައި ތިބެން ޖެހުމަކީ ލިބުނު ވަަރަށް ބޮޑު ހިތާމައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހި ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަން ޖެހޭނީ ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް ރާއްޖޭގައި ވެރިކަން ނުކުރެވޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އެތައް ޒަމާންތަކެއް ވަންދެން ދިވެހިން އަމިއްލަ ވެރިކަން ކުރަމުން އައިއިރު ދިވެހި ރައްތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ހިދުމަތްތައް މިހާތަނަށް ފުރިހަމަ ވެފައި ނުވާތީ އެކަމަށް ވެސް މިނިސްޓަރު ނާޒިމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ވެސް ދިވެހިންނަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ވޭތުވެދިޔަ ސަރުކާރުތަކަށް ފުއްދާދެދެވިފައި ނުވާ ކަމީ، މިއަދު ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު