Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ފްލެޓް

އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި

ކޮންމެ މީހަކަށް ވެސް ހުށައެޅޭނީ އެއް ފްލެޓަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 08:47
މަޖީދީ މަގުގައި ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތައް

މަޖީދީ މަގުގައި ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތައް

އަރަބިއްޔާ ހުރި ބިމާއި ގާކޮށީ އިމާރާތް ކޮށްފައިވާ ފްލެޓްތައް ގަތުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ހުކުރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ފްލެޓްތައް ދޫކުރާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފޯމް ދޫކުރާނީ 100،000ރ. ގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް އިއުލާނުގައި ވެއެވެ. މިއަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު އެ ފްލެޓްތަކަށް ކުރިމަތިލުމަށް ފޯމު ދޫކުރަން ފަށާއިރު ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތައް ފައިނޭންޝިއަލް ސްކްރީނިން ހެދުމަށް ބޭންކްތަކަށް ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އެއްފަހަރާ ދައްކާ ނަމަ ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާއެވެ. ބޭންކްތައް މެދުވެރިކޮށް ލޯނު ނަގާ ނަމަ އެއް މަސްދުވަހުގެ ތެރޭގައި ލޯނު ހަމަޖެއްސުމަށް ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

ފޯމު ދޫކުރުން އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ޣާޒީ ސްކޫލުގެ ކޮމަން ރޫމްގައި އޮންނާނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ފޯމު ބަލައިގަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ޣާޒީ ސްކޫލުގެ ކޮމަން ރޫމްގައި ކަމަ ށްވެސް އެޗްޑީސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެޗްޑީސީން ވިއްކަނީ ތިން ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ފްލެޓްތަކެވެ. އެ ގޮތުން ގާކޮށިން 75 ފްލެޓާއި މަޖީދީ މަގުގައި ހުރި ފްލެޓްތަކުން 30 ފްލެޓް ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އެންމެ ފުރަތަމަ ދޫކޮށްފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުން އެ އިމާރާތް ޓާޓާއާ ހަވާލުކޮށް ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުން ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މެދުގައި ގުރުލައިގެންނެވެ. ނަމަވެސް ފުރަތަމަ ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ އެތައް ތަނެއް އަގު ބޮޑުވުމުން ދެ މިލިއަން ރުފިޔާ ދެއްކިފައި ވަނީ މަދު ބަޔަކަށެވެ. އަދި ލޯން ލިބިފައި ވަނީ ވެސް މަދު ބަޔަކަށެވެ. އެހެންކަމުން އެކި ފަހަރު މަތިން ދިން ފުރުސަތުގައި ވެސް ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ނުދެވުމުން އެޗްޑީސީން ނިއްމީ ފައިސާ ނުދެއްކުނު ފަރާތްތަކުގެ ފްލެޓްތައް މާކެޓަށް ހުޅުވާލައި އަލުން ވިއްކުމަށެވެ.

މި ފްލެޓަށް ހުށައަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން
  • އުމުރުން 21 އަހަރު ފުރުފައިވާ މީހެއް ކަމުގައިވުން
  • ހުޅުމާލެ،މާލެ އަދި ވިލިނގިލީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބި ނުވަތަ ގަނެފައިނެތުން
  • ފޯމު ހުށައަޅާ ފަރާތުގެ އަނބިމީހާ އަދި ފިރިމީހާގެ ނަމުގައި ހުޅުމާލެ،މާލެ އަދި ވިލިނގިލީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބި ނުވަތަ ގަނެފައިނެތުން
  • އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ފޯމު ހުށައެޅިދާނެ، ނަމަވެސް މިފަރާތްތައް ވަރިވެފައިވާ ތާރީޚް ކަމުގައި ބަލާނީ 3 އޮކްޓޯބަރ 2017ގެ ނިޔަލަށެވެ. ނަމަވެސް، އަނބިމީހާ ނުވަތަ ފިރިމީހާ މަރުވުމުގެ ސަބަބުން އެކަނިވެރިވެފައިވާ ފަރާތްތައް މި ޝަރުތުގައި އިސްތިސްނާވާނެއެވެ.
  • 21 އަހަރު ނުފުރޭ މަދުވެގެން އެއްކުއްޖަކު ހުރުން (ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ނުލިބޭ ފަރާތެއް ނަމަ މި ޝަރުތުގައި އިސްތިސްނާ ވާނެއެވެ. އަދި އެފަރާތުން އެކަން ސާބިތު ކުރެވޭނެ ޑޮކްޓަރުންގެ ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.)
  • ކޮންމެ ފަރާތަކަށް ވެސް ގަންނަން އެދި ހުށައެޅޭނީ މަދުވެގެން 1 ފްލެޓް.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު