Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް މިނިސްޓަރު އަޒްލީން

މާލޭ ޖަލާއި މާފުށީ ޖަލުގެ ދެ ޔުނިޓެއް ރިމާންޑް ޖަލުތަކަށް ބަދަލުކޮށްފި

މާފުށީ ޖަލުގެ ޔުނިޓް 4 އަދި މާލޭ ޖަލުގެ ޔުނިޓް 2

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 24 ނޮވެމްބަރު 2017 | ހުކުރު 08:01
މާފުށީ ޖަލު، އާންމު ޖަލު ޔުނިޓް ހަތަރެއް ރިމާންޑް ޖަލަކަށް ވަނީ ބަދަލުކޮށްފައި

މާފުށީ ޖަލު، އާންމު ޖަލު ޔުނިޓް ހަތަރެއް ރިމާންޑް ޖަލަކަށް ވަނީ ބަދަލުކޮށްފައި

މާފުށީ ޖަލާއި މާލޭ ޖަލުގެ ދެ ޔުނިޓަކީ ރިމާންޑް ޖަލުތަކެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ކަނޑައަޅުއްވައިފި އެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރިމާންޑް ޖަލުތަކެއް ކަމަށް ހޯމް މިނިސްޓަރު ކަނޑައެޅުއްވީ މާފުށީ ޖަލުގައި ގާއިމުކުރެވިފައިވާ އާންމު ޖަލު ޔުނިޓް ހަތަރަކާއި މާލޭ ޖަލުގައި ގާއިމުކުރެވިފައިވާ އާންމު ޖަލު ޔުނިޓް ދޭކެވެ.

Advertisement - newsAdvertisement

ރިމާންޑު ޖަލުތަކެއް ކަމަށް ކަނޑައެޅުއްވުމުގެ ކުރިން، އެ ދެ ޔުނިޓް ބޭނުންކުރަމުންދިޔައީ ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް ބަންދުކޮށްފައި ބައިތިއްބާ އާންމު ޖަލެއްގެ ގޮތުގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި، ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށް ބަލަހައްޓަން ޖެހޭނީ އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގަ އެވެ.

އެގޮތުން، ގާނޫނުގައިވާ ގޮތުގައި، ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުކުރަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އަދި ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި، ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށް ގާނޫނުގައިވެއެވެ.

މީގެ އިތުރުން، ގާނޫނުގައިވާ ގޮތުގައި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުން ބަންދުކުރަންޖެހޭނީ އާންމު ޖަލެއްގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި އާންމު ޖަލުތަކާއި ރިމާންޑު ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންނެވެ. އަދި ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް ގާނޫނުގައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު