Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެނަރަލް ދީދީގެ ޝަރީޢަތް

ޖެނަރަލް ދީދީގެ ޝަރީޢަތް: ދިފާއުގައި ލިޔެކިޔުންތައް ހުށަހެޅުމަށް ތާވަލް ކުރި ޝަރީޢަތް ކެންސަލް

23 ނޮވެމްބަރު 2017 | ބުރާސްފަތި 08:20

މައްސަލަ ކެންސަލް ކުރީ ދައުލަތުގެ ވަކީލް ރާއްޖެއިން ބޭރުގައި ހުންނެވުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 08:20
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލައިގެ ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ މަޖިލިސް ކެންސަލް ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ތަވާލް ކުރި ދީދީގެ ޝަރީޢަތް ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ވަކީލް ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށް ކޯޓުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެގޮތުން އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ޝަރީޢަތުން ދީދީ އަށް ދީފައި މިވަނީ ދީދީގެ ވަކީލް ބަދަލުވުމާ ގުޅިގެން ދީދީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.

އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ދީދީގެ ވަކީލް ސަފާ ޝަރީފް ވިދާޅުވެފައި ވަނީ އޭނާ މައްސަލައާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެހެން ކަމުން ކުރިން ދީދީގެ ވަކީލް ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެން ކަމުން ކުރިން ދީދީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތުން ދީދީގެ ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ލިބޭނެ ގޮތް ހައްދަވައި ދެއްވުން އެދޭ ކަމަށް ދީދީގެ އާ ވަކީލް ސަފާ ޝަރީފް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ ދަށުން ލިބިދޭން ޖެހޭ ހުރިހާ ލުއިތަކެއް ދައުވާ ލިބޭ ފަރާތަށް ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ މީގެކުރިން ދިފާއުގައި ދީދީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އަލުން ދީދީ އަށް ދިނުން އެންމެ އެދެވިގެން ވަނީ ޝަރީޢަތުން ކަމަށެވެ. އަދި ދީދީގެ ވަކީލް ބަދަލުވެފައި ވާތީ އަލުން ދިފާއުގައި ލިޔެކިޔުންތަކެއް ހުށަހަޅަން ދިފާއުން ބޭނުން ވެއްޖެ ނަމަ އެކަމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށާއި ނަމަވެސް ދިފާއުން ހުށަހަޅާ ލިޔެކިޔުންތަކަށް ތައްޔާރު ވުމަށް ދައުލަތަށް ދެ ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާއީ މަރުހަލާގެ ތެރެއިން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާއި ނުވަތަ ދެއްކި ވާހަކަތަކުގެ ބަޔާންތައް ނުވަތަ އޯޑިއޯ ދޫނުކުރާ ކަމަށެވެ. ނަމަވެސް ކޯޓަށް އައިސް އެ ބަޔާންތައް ދިރާސާކޮށް ޝަރީޢަތުގެ މަޖިލީހުގައި ދައކާފައިވާ ވާހަކަތަކުގެ އޯޑިއޯ އަޑުއަހައި މުރާޖާ ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީޢަތުން ވިދާޅުވީ ދިފާއީ ވަކީލް ބަދަލުވެގެން ދިފާއުގައި ކުރިން ހުށަހަޅާފައުވާ ލިޔެކިޔުންތައް އަލަށް އައްޔަން ކުރި ވަކީލަށް ލިބިފައި ނެތުމަކީ ޝަރީއަތުގެ މައްސަލަ އެއް ނޫން ކަމަށެވެ. އަދި ދިފާއުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ދިފާއުގައި ހުންނަން ޖެހޭނެ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް

27 އެޕްރީލު 2017
ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް
27 އެޕްރީލު 2017

ގާސިމްގެ ޝަރީޢަތް: ދައުވާ އަށް ޖަވާބްދާރީވުން މިއަދު

27 އެޕްރީލު 2017
ގާސިމްގެ ޝަރީޢަތް: ދައުވާ އަށް ޖަވާބްދާރީވުން މިއަދު
25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި
19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
04 އެޕްރީލު 2017

މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

04 އެޕްރީލު 2017
މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް