Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް

ގާސިމްގެ ޝަރީޢަތް: ދައުވާ އަށް ޖަވާބްދާރީވުން މިއަދު

27 އެޕްރީލު 2017 | ބުރާސްފަތި 09:30

ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރަން ޕީޖީން އެދުނު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 27 އެޕްރީލު 2017 | ބުރާސްފަތި 09:30
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް

ދޫނިދޫގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީވުމަށް އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މާޗް މަހުގެ 27 ވަނަ ދުވަހު ވޯޓް ނެގުމަށް އެޖެންޑާކޮށްފައިވަނިކޮށް، މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން މަސީހު ބޭރުކުރުމަށް ވޯޓް ދެއްވައިފި ނަމަ އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ވެސް ބަޔާންކޮށްފައި ވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ އިބާރާތެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ބުނެފައިވަނީ ވެސް، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަސީހު ބޭރުކުރުމަށް ވޯޓް ދެއްވާ މެންބަރުންނަށް ޓިކެޓް ދެއްވާނެ ކަމަށާއި ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެ، ނުފޫޒު ފޯރުވަން ގާސިމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އެ ދައުވާތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ގާސިމް ވަނީ ތިން ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން މިއަދު 11:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދައުވާތަކަށް ޖަވާބުދާރީވުމެވެ.

ގާސިމްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ ކޮށްފައިވާއިރު، އެ ކުށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ކޮށްފައިވާއިރު، މި ދެ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

އެހެންކަމުން ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅުއްވާފަ އެވެ. ގާސިމް މިވަގުތު ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކުރި އިރު، ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ވަނީ ގާސިމް ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލީހުގެ އެކި މެމްބަރުންނަށް ގާސިމް ނުފޫޒު ފޯރުވަމުންގެންދާ ކަމަށް ބުނެ އެވެ. އަދި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވެސް ގާސިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ.

މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ވަނީ ގާސިމް ހައްޔަރު ކޮށްފައެވެ. އެ ފަހަރު އެމަނިކުފާނު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި މިމަހުގެ 12 ވަނަ ދުވަހު ހައިކޯޓުން ވަނީ ގާސިމް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް