Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރޫ ލޯންޗް

މޮރިޝަސް ބޭންކާއި ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް އަމިއްލަ ފަރާތަކަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

20 ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 09:35
ޖަސްޓިސް ބިލްޑިން، ސިވިލް ކޯޓް ހުންނަ އިމާރާތް

ޖަސްޓިސް ބިލްޑިން، ސިވިލް ކޯޓް ހުންނަ އިމާރާތް

ދަ މޮރިޝަސް ކޮމާޝިއަލް ބެންކް (އެމްސީބީ) އާއި ލޯންޗުގެ ހިދުމަތް ދެމުން އަންނަ ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް އަމިއްލަ ފަރާތަކަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޝަރޫ ލޯންޗް ސާވިސްއަކީ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަނެދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގާފައިވާ ކުންފުންޏެވެ. އަދި އެ ދެ ކުންފުންޏަށް ޝަރޫ ލޯންޗް ސާވިސް އިން ދޫކުރި ޑޮލަރު ޗެކްތަކަކީ މޮރިޝަސް ބޭންކުގެ ޑޮލަރު ޗެކްތަކެކެވެ. ހަމައެހެންމެ ފެނަކަ އާއި ސްޓެލްކޯ އަށް ޝަރޫ ލޯންޗް ސާވިސް އިން ދިން ޑޮލަރު ޗެކްތަކަށް ބޭންކް ގެރެންޓީ ދީފައި ވަނީ ވެސް މޮރިޝަސް ބޭންކުންނެވެ.

Advertisement - newsAdvertisement

ޝަރޫ ލޯންޗް ސާވިސް އާއި މޮރިޝަސް ބޭންކުގެ ދެކޮޅަށް ދައުވާކޮށްފައި ވަނީ، ހ. އޮކްސްފޯޑް އިބްރާހީމް މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.

އެގޮތުން މޮރިޝަސް ބޭންކާއި ޝަރޫ ލޯންޗް ސާވިސްއާ ދެކޮޅަށް އޭނާ ދައުވާ ކޮށްފައި ވަނީ އޭނާގެ އަތުން ނަގާފައިވާ 2،313،000 ( ދެ މިލިޔަން ތިއްލައްކަ ތޭރަހާސް) ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން ޝަރޫ ލޯންޗް ސާވިސްގެ ނަމުގައި އެމްސީބީގައި ހުޅުވަފައިވާ އެކައުންޓަކުން އެ ބޭންކްގެ ބޭންކް ގެރެންޓީއާ އެކު އޭނާ އަށް 150،000 ޑޮލަރުގެ ޗެކެއް ދޫކޮށްފައިވީ ނަމަވެސް އެ ޗެކަށް ފައިސާ ލިބިފައި ނުވާތީ އެ ފައިސާ އާއި، ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި ދައުވާއާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ޗެކު އިބްރާހީމް މުހައްމަދަށް ދޫކުރިކަމާ މެދު ޝަރޫ އިން އިންކާރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ ޗެކްގައި ބަޔާންކޮށްފައިވާ ތާރީހަށް ޗެކުން ފައިސާ ލިބެންވާ ފަރާތަކަށް ޗެކްގައިވާ އަދަދަށް ފައިސާ ލިބުން ހައްގުވާނެ ކަމަށާއި، އެ ޗެކުގައިވާ އަދަދަށް ފައިސާ އެކައުންޓުގައި ހުރިކަން ކަށަވަރުކުރުމަކީ ޗެކު ދޫކުރާ ފަރާތުގެ މަސްއޫލިއޫއްޔަތެއް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އިބްރާހިމް މުހައްމަދަށް ދޫކޮށްފައިވާ ޗެކުގައި އެމްސީބީގެ ނަމުގައި ބޭންކް ގެރެންޓީ ސްޓޭމްޕެއް ޖަހާފައިވާކަން އެނގެން އޮންނަ ކަމަށާއި، އެ ސްޓޭމްޕްގެ ސައްހަކަމާ މެދު މޮރިޝަސް ބޭނުންކުން ސުވާލު އުފެއްދި ނަމަވެސް ފުލުހުންގެ ފިޒިކަލް އެވިޑެންސް ލެބޯޓްރީގަައި އެ ނިޝާން ތަހުލީލު ކުރުމުން ނަމޫނާ ނިޝާނާއި އެ ޗެކުގައި ޖަހާފައިވާ ނިޝާނަކީ އެއް ތަތްގަނޑެއްގެ ނިޝާންތަކެއްކަން ތަހުލީލުން ފެންނަ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން މޮރިޝަސް ބޭންކް ގެރެންޓީ ސްޓޭމްޕަކީ ސައްހަ ސްޓޭމްޕެއްކަން މަދަނީ މިންގަނޑުން އެނގެން އޮންނަ ކަމަށާއި، އެ ސްޓޭމްޕަކީ ސައްހަ ސްޓޭމްޕަކަށް ވުމުން، ޝަރޫއާ އެކު އެ ފައިސާ އިބްރާހީމް މުހައްމަދަށް ލިބިދިނުމުގެ ޒިންމާ އެމްސީބީން ވެސް ނަގަންޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

އެހެން ކަމުން 150,000 ޑޮލަރަކީ އިބްރާޙިމް މުހައްމަދަށް ޝަރޫ އާއި އެމްސީބީން އަދާ ކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އެ ޑޮލަރު ނުވަތަ އެއާ އެއް މިންވަރަށް ރުފިޔާއިން ޖެހޭ ފައިސާގެ އަދަދު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 20 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެ ދެ ކުންފުނީގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް އިބްރާހިމް މުހައްމަދު އެދިފައި ވީނަމަވެސް އޭގެ ތަފްސީލް ދައުވާގައި ބަޔާންކޮށްދީފައި ނުވާތީ ގެއްލުމުގެ ބަދަލު ކޯޓުން ނަގައި ދީފައެއް ނުވެއެވެ.

ޝަރޫ ލޯންޗް ސާވިސް އިން އިބްރާހިމް މުހައްމަދު އަށް ދޫކުރި ޗެކަށް ފައިސާ ނުލިބިވާއިރު އެކަމުގެ ޒިންމާ ޝަރޫ ލޯންޗް ސާވިސް އާއި އެމްސީބީ އިން ނަގަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވީނަަމަވެސް އެ ފައިސާ އެ ދެ ކުންފުނީގެ ފަރާތުން އިބްރާހިމް މުހައްމަދަށް ދޭން ޖެހޭނެ ވަކި ގޮތެއް ހުކުމުގައި ބަޔާން ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ފެނަކަ ކޯޕްރޭޝަން އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު

22 އޯގަސްޓު 2017
ފެނަކަ ކޯޕްރޭޝަން އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު
16 އޯގަސްޓު 2017

ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ

16 އޯގަސްޓު 2017
ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ
17 ޖުލައި 2017

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

17 ޖުލައި 2017
 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި
06 ޖުލައި 2017

އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި

06 ޖުލައި 2017
އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު