Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުހީ

މެޑަމް ފާތުން ދެއްވާ ސްކޫލު ދަބަހުގައި ކުދިން ސްކޫލުތަކަށް ފޮނުވަން ހެޔޮ ނުވާނެ: ނާދިރާ

ރައްޔިތުން ސަރުކާރުން މިހިންގާ ކަންކަމަށް ހޭލުންތެރިވާންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 22:21
ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ

ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމް ސްކޫލު ކުދިންނަށް ދެއްވުމަށް ގެންނަ 4 ކޮންޓެއިނަރުގެ ދަބަސް ހޯދައިގެން ސްކޫލުތަކަށްދާ ކުދިން ކިޔަވާ އެއްޗެއްވެސް ސައްހަ ނުވާނެ ކަމަށް ޕީޕީއެމް ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަަވަމުން ނާދިރާ ވިދާޅުވީ، ސަރުކާރުގެ އިސްވެރިންގެ އަމަލުތައް ހުންނަގޮތަކީ އެމީހަކު ހިތަށް އަރާ ގޮތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރުން ކަމަށާއި، މިކަމަކީ ރައްޔިތުންވެސް ސަމާލު ވާންޖެހޭނެ ކަމެއް ކަމަށެވެ. އެފަރާތްތަކަށް ރައްޔިތުން އުޅެންޖެހޭ ބިކަހާލު ނޭނގޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. އަނެއްކާވެސް މި އަޑު އިވެނީ ސްކޫލުތަކުގެ ކުދިންނަށް ހިލޭ ދަބަސް ގެނައުމަށް ހަތަރު ކޮންޓެއިނަރުގެ ސްކޫލު ދަބަސް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގެންނަވަން އުޅުއްވާ ވާހަކަ ކަމަށާއި، އެހެން ނަމަވެސް ސްކޫލު ކުދިންނަށް އައިޕެޑް ހޯދުމަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"ހަތަރު ކޮންޓެއިނާގެ ދަބަސް ގެންނަނީ ކޮން އެއްޗެއް ލާންތޯ. އައިޕެޑް ލާންތޯ. މީގެ ކުރިން ރައީސް ޔާމީންގެ އަނބިކަނބަލުން އުޅުއްވީ ގެ ކައިރީގައި. އޭރުވެސް ހަމަ އެވިދާޅުވާ ގެތަކާ އެއްޗެހި ކުއްޔަށް ދީފައި ހުރޭ. މީހަކަށް ބައި ރުފިޔާއެއްވެސް ނުދެއްވާ. މިހާރު ކޮން ތާކުންތޯ އެކަމަނާ މުއްސަނދި ވެލައްވައިގެން އުޅުއްވަނީ. މިހަތަރު ކޮންޓެއިނަރ އަކީ ވަގު ފައިސާއަށް ގެންނާނެ ދަބަސް. ހަރާން ފައިސާގައި ހޯދާ ދަބަހަށް ފޮތްތައް އަޅާފައި ނުފޮނުވުމަށް ސްކޫލު ކުދިންގެ ބެލެނިވެރިންނަށް ގޮވާލަން،" ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު އާދަތަކެއް ގެންގުނު ބައެއް ކަމަށާއި އެމީހަކަށް ލިބޭ އާމްދަނީއަކުން، ކުރަންޖެހޭ ހުރިހާ ކަމެއް ހަމަޖައްސާ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު މިފެނިގެންދަނީ، ދިއްކޮށްލި ދިމާލަކުން ދަމައިގަންނަ އުސޫލު ކަމަށާއި މިކަންކަމަކީ ފަރުދުންގެ ހައިސިއްޔަތުންވެސް ރަނގަޅު ކުރަންޖެހޭނެ ކަންކަން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، އެމަނިކުފާނަށް ތާއީދު މިއަދު ގެއްލިފައިވާ ކަމަށާއި މަޖިލީހުގައި ރައީސް ޔާމިންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފި ނަމަ، ގާތްގަނޑަކަށް 10 މެންބަރުން ފިޔަވާ ހުރިހާ މެންބަރުންވެސް އިތުބާރު ނެތްކަމަށް ވޯޓު ދޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު