Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑުއާޑޯ ބެރިޒޯ

ސެވިއްޔާގެ ކޯޗަށް ކެންސަރު ޖެހުނުކަން އިއުލާންކުރީ ލިވަޕޫލް މެޗަށް ފަހު

ސެވިއްޔާގެ ކޯޗު ބެރިޒޯ އަށް ޖެހިފައި ވަނީ ޕްރޮސްޓޭޓް ކެންސަރު

ލީވާން އަލީ
ލީވާން އަލީ | 22 ނޮވެމްބަރު 2017 | ބުދަ 17:13
ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރިޒޯއަށް ކެންސަރު ޖެހިފައިވާކަން އިއުލާންކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ސެވިއްޔާ އާއި ލިވަޕޫލް ބައްދަލުކުރި މެޗަށް ފަހު ސެވިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކްލަބުގެ ކޯޗު ބެރިޒޯ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށާއި، އެކަމަށް އޭނާ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ސެލްޓަވިގައި ތިން އަހަރު ހޭދަކުރުމަށް ފަހު، މި ސީޒަނުގައި ސެވިއްޔާގެ ކޯޗުކަމާ ބެރިޒޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސެވިއްޔާ އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ސެވިއްޔާ އިން ވަނީ ތިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް މެޗު ނިންމާލާފައެވެ.

ބެރިޒޯ އަށް އަވަސް ޝިފާއަކަށް އެދި ގިނަ ކްލަބްތަކުން އަދި ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ.

އުމުރުން މިހާރު 48 އަހަރުގެ ބެރިޒޯ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ސެލްޓަވިގޯ އަދި ރިވާޕްލޭޓް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

ޗިލީގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރާފައިވާ ބެރިޒޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސެވިއްޔާ ވަނީ 20 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 11 މެޗުން ސެވިއްޔާ މޮޅުވެފައިވާ އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2021

ސެވިއްޔާގެ އެއްބަސްވުން ލޮޕެޓެގީ އާކޮށްފި

12 ޖެނުއަރީ 2021
ސެވިއްޔާގެ އެއްބަސްވުން ލޮޕެޓެގީ އާކޮށްފި
07 އޮކްޓޯބަރު 2019

ސްޕެނިޝް ލަލީގާ: ސެވިއްޔާގެ މައްޗަށް ބާސާ ކުރިހޯދައިފި

07 އޮކްޓޯބަރު 2019
ސްޕެނިޝް ލަލީގާ: ސެވިއްޔާގެ މައްޗަށް ބާސާ ކުރިހޯދައިފި
04 ޖޫން 2019

ސެވިއްޔާގެ ކޯޗުކަމަށް ލޮޕެޓެގީ ހަމަޖައްސައިފި

04 ޖޫން 2019
ސެވިއްޔާގެ ކޯޗުކަމަށް ލޮޕެޓެގީ ހަމަޖައްސައިފި
27 މާރިޗު 2018

ބޫޓާން ކޮޅަށް ހަތް ލަނޑު ޖަހައި އާ ކޯޗަށް އުއްމީދީ ފެށުމެއް

27 މާރިޗު 2018
ބޫޓާން ކޮޅަށް ހަތް ލަނޑު ޖަހައި އާ ކޯޗަށް އުއްމީދީ ފެށުމެއް
23 ޑިސެމްބަރު 2017

ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި

23 ޑިސެމްބަރު 2017
ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި
28 ނޮވެމްބަރު 2017

ސެވިއްޔާގެ ކޯޗު ކެންސަރަށް ފަރުވާ ހޯދުމަށް ސާޖަރީ ހަދަނީ

28 ނޮވެމްބަރު 2017
ސެވިއްޔާގެ ކޯޗު ކެންސަރަށް ފަރުވާ ހޯދުމަށް ސާޖަރީ ހަދަނީ
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
18 އޯގަސްޓު 2017

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފި

18 އޯގަސްޓު 2017
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފި
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު