Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

ބޫޓާން ކޮޅަށް ހަތް ލަނޑު ޖަހައި އާ ކޯޗަށް އުއްމީދީ ފެށުމެއް

ބޫޓާން އަތުން ރާއްޖެ މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މާރިޗު 2018 | އަންގާރަ 19:11
ގައުމީ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ގައުމީ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު އެންމެ ފަހު މެޗުގައި ބޫޓާން ކޮޅަށް ހަތް ލަނޑު ޖަހައި، އާ ކޯޗާއެކު ގައުމީ ޓީމު އާ ދައުރެއް ފަށައިފިއެވެ.

ގަލޮޅު ދަނޑުގައި ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ބޮޑު ބަދަލުތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މި މެޗުގެ ސްކޮޑުން ފުރުސަތު ދީފައިނުވާއިރު މި މެޗު ފެށުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ވައިސް ކެޕްޓަންގެ މަގާމުގައި ހުރި އަސްހަދު އަލީ (އަޑުބަރޭ) ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަކްރަމް އަބްދުލް ޣަނީއެވެ.

ފުރަތަމަ ހާފު ފެށިގެން ރާއްޖޭގެ ޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ނުވަވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އަށް ބޫޓާންގެ އޭރިއާ ތެރެއިން ފައުލް ކުރުމާއި ވިދިގެން ލިބުނު ޕެނަލްޓީ އަލީ ފާސިރު (ސެންޓޭ) ވަނީ ބޭކާރުކޮށްލާފައެވެ. ރާއްޖޭގެ ކުޅުންތެރިން ހަމަލާ އުފެއްދުމުގެ ނަތިޖާއެއްގެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ރާއްޖެއިން ވަނި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ރާއްޖެއަށް ޖަހައިދިނީ ނިއުގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ރާއްޖެއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖޭގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ދާދުއެވެ. އޭގެ ހަތަރު މިނެޓު ފަހުން ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަށްވާއިރު މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ރާއްޖޭގެ ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ދާދުއެވެ. އޭގެ ދެ މިނެޓުފަހުން ލަނޑެއް ޖަހާ ދާދު ވަނީ ގައުމީ ޖާޒީގައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ. ދާދު ވަނީ 81 ވަނަ މިނެޓުގައި އަނެއްކާ ވެސް ލަނޑެއް ޖަހާ މި މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. ރާއްޖެއިން މެޗުގައި ޖެހި ހަތްވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފްއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އޮމާން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ފަލަސްތީނު ބަލިކޮށްފައެވެ.

މި ގްރޫޕުގެ އެއްވަނަގައި ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އޮމާންއެވެ. ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ފަލަސްތީނުއެވެ. ތިންވަނަގައި ހަ ޕޮއިންޓާއެކު ރާއްޖެ އޮތްއިރު އެއްވެސް ޕޮއިންޓެއް ނުލިބި ހަތަރު ވަނައިގައި އޮތީ ބޫޓާންއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު