Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޮއްޔިބު ޝަހީމް

މައުލޫމާތު ދެނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު މީހުން، މުއާމަލާތް ކުރަނީ ފޯނަކުން ނޫން: ތޮއްޔިބު

22 ނޮވެމްބަރު 2017 | ބުދަ 00:02

ތޮއްޔިބަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ވަނީ ހިފަހައްޓާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ނޮވެމްބަރު 2017 | ބުދަ 00:02
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް

ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ މުވައްސަސާތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިޔާގައި އާންމުކުރާ މައުލޫމާތުތައް ލިބެނީ އެތަން ތަނުގައި މަސައްކަތްކުރާ، ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު މުވައްޒަފުންގެ ފުށުން ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ބުނެފި އެވެ.

ދައުލަތުގެ އިސްވެރިންނާ ގުޅޭ ގޮތުން ސޯސަޝަލް އެކްޓިވިސްޓް ތޮއްޔިބަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އޭނާގެ ފޯން ކޯޓް އަމުރެއްގެ ދަށުން ވަނީ އަތުލައިފަ އެވެ. އެ ކޯޓު އަމުރުގައި ބުނާ ގޮތުން ތޮއްޔިބުގެ މައްޗަށް ކުރަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އަދި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހްމަތާއި އޭނާއަށް މައުލޫމާތު ދޭ ފަރާތްތައް ހޯދުމެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ސުންގަޑީގައި ވާހަކަ ދައްކަމުން ތޮއްޔިބު ބުނީ އޭނާއަށް މައުލޫމާތު ދޭ މީހުން އޭނާއާ ހިއްސާކުރަނީ ފޯނުން ނޫން ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ފޯނު ކޮމިއުނިކޭޝަނަކުން ނޫން އަޅުގަނޑާ ހަމައަށް މައުލޫމާތު އަންނަނީކީ. ސަރުކާރުގެ އޮފީސްތަކުގައި އާއި ކޮމިޝަންތަކުގައި އާއި ސިފައިންނާއި ފުލުހުންގެ ތެރޭގައާ މި ހުރިހާ ތަނެއްގައިވެސް އެބަ ތިބި ކޮރަޕްޝަނާއި ފަސާދަ މި ހުރިހާ ކަމަކާ ދެކޮޅު ހަދާ އަދި މިކަން ހުއްޓުވުމަށް މަސައްކަތްކުރާ ބަޔަކު. އެކި ސްޓޭޖްތަކުގައި އަޅުގަނޑާ ހަމައަށްވެސް މައުލޫމާތުތައް މި އަންނަނީ. ޕްލޭނިން ސްޓޭޖުވެސް ބައެއް ފަހަރު މައުލޫމާތު އައިސްފަ އެބަ ހުރި. އަނެއް ބައި ފަހަރު ރޭވިގެން އެކަން ހިނގަމުންދަނިކޮށް ވެސް،" ތައްޔިބު ބުންޏެވެ.

އޭނާ ބުނީ ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތުތައް ޕީޕީއެމްގެ އިސްވެރިންގެ ފަރާތުންނާއި ރައީސް އޮފީހުގެ ތެރެއިންވެސް ލިބިފައި އެބަހުރި ކަމަށެވެ. އަދި ބުނީ އާންމުކުރާ މައުލޫމާތުގައި ބައެއް ފަހަރު ކުޑަ ކުށެއް ހުރުމަކީވެސް ވެދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ މައުލޫމާތު ފޯރުކޮށްދޭ މީހާ ދޭ މައުލޫމާތު ކަމަށެވެ. އޭނާއަށް މައުލޫމާތު ދޭ ފަރާތްތައް ރާއްޖޭން ބޭރުގައި ވެސް އެބަ ތިބި ކަމަށް ތޮއްޔިބު ބުންޏެވެ.

ހައްޔަރު ކުރިޔަސް ބިރު ނުގަންނަ ކަމަށާއި އަދި ފޯނު އަތުލިޔަސް، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ވެސް ބިރެއް ނުގަންނާނެ ކަމަށް ތޮއްޔިބު ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް