Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓް ބްރޮމް

ވެސްޓް ބްރޮމްގެ ކޯޗު ކަމުން ޓޯނީ ޕިއުލިސް ވަކިކޮށްފި

21 ނޮވެމްބަރު 2017 | އަންގާރަ 06:07

ޕިއުލިސް އެ މަގާމުން ވަކިކޮށްފައިވަނީ ހޮނިހިރު ދުވަހު ޗެލްސީ އަތުން 4-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށް ފަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ނޮވެމްބަރު 2017 | އަންގާރަ 06:07
ޓޯނީ ޕިއުލިސް - އޭނާގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު މޮޅުވީ 36 މެޗަކުން

ޓޯނީ ޕިއުލިސް - އޭނާގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު މޮޅުވީ 36 މެޗަކުން

އިނގިރޭސި ޕްރިމިއާ ލީގެގެ ކްލަބް ވެސްޓް ބްރޮމްގެ ކޯޗުކަމުގެ މަގާމުން ޓޯނީ ޕިއުލިސް ވަކިކޮށްފިއެވެ.

ޕިއުލިސް އެ މަގާމުން ވަކިކޮށްފައިވަނީ ހޮނިހިރު ދުވަހު ޗެލްސީ އަތުން 4-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށް ފަހުއެވެ. މި ސީޒަނުގެ ފުރަތަމަ ތިން މެޗު އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކާމިޔާބުކުރި ނަމަވެސް އޭގެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗު އެއްވަރުވިއިރު ބާކީ ހަތް މެޗުން ވަނީ ބަލިވެފައެވެ. މި ސީޒަނުގައި އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ލީގު ކަޕްގައި އެކްރިންޓަން އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޕިއުލިސް އެ މަގާމުން ވަކިކުރުމާއި ވިދިގެން އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރި ގެރީ މެގްސަން ވަނީ ވަގުތީ ގޮތުން އެ މަގާމާއި ހަވާލުވެފައެވެ.

ވެސްޓް ބްރޮމްގެ ޗެއާމަން ޖޯން ވިލިއަމްސް ބުނީ މި ނިންމުމަކީ ޓީމުގެ ވިސްނުން ކުރިޔަށް ބަހައްޓައިގެން ނިންމި ނިންމުމެއް ކަމަށާއި ކޯޗެއް އައްޔަނުކުރަނީ ނަތީޖާތަކުން އެކަން ދެއްކުމަށް ކަމަށެވެ. އަދި މި ސީޒަނުގެ މިހާތަނަށް ޓީމުން ހޯދަމުން އަންނަނީ ދަށް ނަތީޖާތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ވިލިއަމްސް ބުނީ ކޯޗެއްގެ ގޮތުގައި ހުރެ ޕިއުލިސް ކޮށްދިން ކަންކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށާއި މުސްތަގުބަލުގައި އޭނާ ކުރާ ކަންކަމުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

މަގާމުން ވަކިކުރުމާއި ވިދިގެން ޕިއުލިސް ބުނީ އޭނާ ކޯޗުކަމާއި ހަވާލުވީ ރަނގަޅު ސްކޮޑެއް ބިނާކޮށް ކްލަބަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީ ކްލަބުގެ މާލީ ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ އަމާޒުގެ ބޮޑު ބައެއް ހާސިލްވެފައިވާ ކަމަށާއި އެ ކަމުގައި އިސް ދައުރެއް އަދާކުރެވުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް ވެސް ޕިއުލިސް ބުނެފައިވެއެވެ. ޕިއުލިސް ވަނީ ކްލަބްގެ މެނޭޖްމަންޓަށާއި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ބެލެވޭ ގޮތުގައި ޕިއުލިސް ދެން ހަވާލުވާނީ ހުސްވެފައިވާ ވޭލްސްގެ ގައުމީ ޓިމުގެ ކޯޗުގެ މާގާމާއިއެވެ. ވެސްޓް ބްރޮމްއިން އަންނަނީ 2011 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ ކޯޗުކަމާއި ހަވާލުވާނެ ހަވަނަ ކޯޗެއް ހޯދަމުންނެވެ.

ޕިއުލިސް ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ ކްލަބަކުން ވަކިކުރި ފަސް ވަނަ ކޯޗަށެވެ. އެގޮތުން ކްރިސްޓަލް ޕެލަސްގެ ކޯޗުގެ ގޮތުގައިހުރި ފްރޭންކް ޑެބޯ އާއި ލެސްޓާ ސިޓީގެ ކޯޗު ކްރެއިގް ޝޭކްސްޕިއާ އާއި އެވަޓަންގެ ކޯޗު ރޮނާލްޑް ކޯމަންގެ އިތުރުން ވެސްޓް ހާމްގެ ކޯޗުގެ ގޮތުގައި ހުރި ސްލެވެން ބިލިޗް ވެސް ވަނީ މި ސީޒަނުގެ ތެރޭގައި އެ މަގާމުތަކުން ވަކިކޮށްފައެވެ.

ޕިއުލިސްގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ކުޅުނު 121 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 36 މެޗުންނެވެ. ބާކީ 36 މެޗުން އެއްވަރުވިއިރު 49 މެޗަކުން ވަނީ ބަލިވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް