Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު މުވައްޒަފުންގެ މުސާރަ

މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

ސަޕޯޓް ސްޓާފުންނަށް 37 ޕަސެންޓްގެ މުސާރައިގެ ކުރިއެރުމެއް ގެނެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 13:21
ވެލާނާ ބިލްޑިންގ ކައިރީގައި ގިނަ އަދަދެއްގެ ސިވިލް ސަރވެންޓުން

ވެލާނާ ބިލްޑިންގ ކައިރީގައި ގިނަ އަދަދެއްގެ ސިވިލް ސަރވެންޓުން

ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ދިިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވުމެވެ. ދިރިއުޅޭ ތަނަށް ދައްކަންޖެހޭ ކުއްޔާއި، ޒަރޫރީ ބޭނުންތަކާއި، އެހެން ހަރަދުތައްކޮށް ނިމޭ އިރު ލިބޭ މުސާރައިން އާދައިގެ މީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވެނީ ކިރިޔާ އެވެ. މުސާރަ ބޮޑު ވެގެން ދިއުމަކީ ހަމަގައިމު ވެސް އެތަށް ބައެއްގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ސިވިލް ސަރވިސްގެ އެންމެ ކުޑަ މުސާރަ ލިބޭ މީހާއަށް ވެސް 37 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. ބާކީ ތިބި ފަރާތްތަކަށް މުސާރައިގެ ހަތަރު ބައިކުޅަ އެއްބައި ނުވަތަ 25 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. ރައީސް ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންގެ މުސާރަ އުފުލިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ މާނައަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 16،000 މީހުންގެ މުސާރަ އެކި މިންވަރަށް އިތުރުވެގެންދާނެ ކަމެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 24،501 މުވައްޒަފުން އެ ކޮމިޝަނުގެ ދަށުން މަސައްކަތް ކުރަމުންދެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުވާ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 234 މިލިއަން ރުފިޔާ އެވެ.

އެކި ލެވެލްތަކުގެ މުސާރަ ލިބޭ ސިވިލް ސަރވިސް މުވައްޒަފުން ތިބޭ އިރު ސިވިލް ސަރވިސްގެ އެންމެ ދަށް ރޭންކުގެ ނުވަތަ ސަޕޯޓް ސްޓާފުންގެ ވަޒީފާތަކުގެ މުވައްޒަފުންގެ އަސާސީ މުސާރަ އުޅެނީ ގާތްގަނޑަކަށް 3،500 ރުފިޔާގަ އެވެ. އެހެން ކަމަށްވާ ނަމަ 37 ޕަސެންޓް ބޮޑުވުމުން އެ ފަރާތްތަކަށް އިތުރު ވެގެންދާނީ 1،300 ރުފިޔާ އެވެ. އަސާސީ މުސާރަ 4،800ރ. އަށް މައްޗަށް ޖެހޭނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި ގާތްގަނޑަކަށް 3،800 މުވައްޒަފުން އެބަ ތިބި ކަމަށް ރެކޯޑްތަކުން ދައްކައެވެ. އޭގެ މާނައަކީ ބަޖެޓުގައި ކަނޑައަޅާފައިވާ 234 މިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަަކަށް 60 މިލިއަން ރުފިޔާ އެ މުވައްޒަފުންގެ މުސާރައަށް ހޭދަވާނެ ކަމެވެ.

މީގެ އިތުރަށް ޖެނެރަލް ސަރވިސް މުވައްޒަފުންގެ ގޮތުގައި އެކޮމިޝަނުގައި ގާތްގަނޑަކަށް 3،400 މީހުން ވަޒީފާ އަދާކުރާ އިރު މީގެ އިން ކޮންމެ މުވައްޒަކަށް 4،600 ލިބޭ ނަމަ އެމީހެއްގެ މުސާރައިން ބޮޑުވެގެންދާނީ 1،150ރ. އެވެ.

މެނޭޖްމެންޓް ސްޓާފުން (އެމްއެސް 1) ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގޮތުގައި 2،019 މުވައްޒަފުން ހިމެނޭ އިރު އިރު އެ ރޭންކުގެ މުވައްޒަފުންގެ އަސާސީ މުސާރައަކީ ގާތްގަނޑަކަށް 5،600ރ. އެވެ. އަސާސީ މުސާރަ މިވަރުގައި ހުރި އިރު އެ ލެވެލްގެ މުވައްޒަފުންގެ މުސާރައިން ބޮޑުވެގެންދާނީ ގާތްނޑަކަށް 1،400ރ. އެވެ. މިލެވެލްގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް އަހަރަކު ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ހޭދަވެގެންދާނެ އެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަ އިރު ހަގީގަތަކީ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނަ ކަމެވެ. މިއަހަރުގެ ބެޖެޓުގައި ކަނޑައަޅާފައިވާ މިންވަރަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ދެބައި ކުޅަ ތިން ބައި މީހުންގެ މުސާރަ އެވެ. އެހެންނަމަވެސް މި ބަދަލުގެ ތެެރެއިން ވެސް ދިރިއުޅުމުގެ ކަންކަމަށް ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ބޮޑުވާ މުސާރައާ އެކު އަނެއްކާ ވެސް ދިރިއުޅޭ ތަަނަށް ދައްކަން ޖެހޭ ކުލި ބޮޑުވެ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށްވާ ނަމަ، މުސާރަ ބޮޑުވުމުން ރައްޔިތުންގެ ދިރިއުޅުމަށް މާބޮޑު އަސަރެއް ނުކުރާނެ އެވެ. އާންމު ގޮތެއްގައި މުސާރަ ބޮޑުވާ ކޮންމެ ފަހަރަކު ތަންތަނުގެ ކުލި ބޮޑުވެ ތަކެތީގެ އަގު އުފުލިގެން ދެއެވެ.

ސިޔާސީ ފަރާތްތަކުން ހެވިދިލިފައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ބޮޑުވި ވާހަކަ ޕަސެންޓުން ކިޔާލި ނަމަވެސް އެ މުވައްޒަފުންގެ އިތުރު ގަޑިވެސް މިއަހަރު ފެށުނު އިރު ވަނީ ކަނޑާލާފަ އެވެ. ކަރަންޓުގެ އަގު ބޮޑުކޮށް ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުގެ ސަބަބުން އެތަކެތީގެ އަގު ވެސް ވަނީ އުފުލިފަ އެވެ.

އިތުރު ގަޑީގެ މުސާރަ ކަނޑާލުމުގެ ސަބަބުން ވެސް މުވައްޒަފުން ގެއަށް ގެންދާ މުސާރައަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. މަހަކު އިތުރު ގަޑީގެ ގޮތުގައި 2،000 ނުވަތަ 3000ރ. ގެންދާ މުވައްޒަފުންނަށް މިހާރު އިތުރު ގަޑީގައި މަސައްކަތް ކުރި ނަމަވެސް އެވަރު ނުލިބެ އެވެ.

އަލަށް މިގެންނަން އުޅޭ ބަދަލާ އެކު އަސާސީ މުސާރައިން ގާތްގަނޑަކަށް 1،200 އާއި 1،500ރ. ގެ މިންގަނޑުން ބޮޑުވެއެވެ. ނަމަވެސް މީގެ ކުރިން އިތުރުގަޑީގެ ފައިސާއާ އެކު ގެއަށް ގެންދަން ލިބުނު މުސާރަ އަންނަ އަހަރު ލިބޭނެބާއެވެ؟ ނުވަތަ މުސާރަ ބޮޑުކުރިޔަސް އިތުރު ގަޑީގެ އުސޫލްތަކަށް ގެނައި ބަދަލާ އެކު ގެއަށް ގެންދަން ލިބޭ އާމްދަނީ ކުޑަނުވާނެބާއެވެ؟ ތަންތަނުގެ ކުއްޔާއި ތަކެތީގެ އަގު ކޮންޓްރޯލްކުރޭވެނެ އެއްވެސް ނިޒާމެއް ނެތުމުން މުސާރަ ބޮޑުވިޔަސް ދިރިއުޅުމުގެ ހާލަތަށް އެދެވޭ ބަދަލެއް އަތުވެދާނެ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި \"އޯވާ ވޯޓާ\" ދިރިއުޅުމުގެ ކޮންސެޕްޓް

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި \"އޯވާ ވޯޓާ\" ދިރިއުޅުމުގެ ކޮންސެޕްޓް

18 ފެބުރުއަރީ 2020
މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ނުކޮށް މުސާރަ ނެންގެވުމުގައި، މުޅި ދައުލަތް ނިދާފައި!

މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ނުކޮށް މުސާރަ ނެންގެވުމުގައި، މުޅި ދައުލަތް ނިދާފައި!

13 މެއި 2019
ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

01 އެޕްރީލު 2019
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

05 ޖުލައި 2018

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު