Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ނުކޮށް މުސާރަ ނެންގެވުމުގައި، މުޅި ދައުލަތް ނިދާފައި!

އޭސީސީގެ ރައީސް ހަސަން ލުތުފީ ވަޒީފާއަށް ނުނިކުންނަވާތާ 3 މަސް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 މެއި 2019 | ހޯމަ 06:53
އޭސީސީގެ ރައީސް ހަސަން ލުތުފީ؛ ވަޒީފާއަށް ނުނިކުންނަވާތާ 3 މަސް ވަނީ ވެފައި

އޭސީސީގެ ރައީސް ހަސަން ލުތުފީ؛ ވަޒީފާއަށް ނުނިކުންނަވާތާ 3 މަސް ވަނީ ވެފައި

ކޮރަަޕްޝާނާ ދެކޮޅަށް، ނަޖާހަތްތެރި މުޖުތަމައުއެއް ޤާއިމްކުރުމުގެ ބޮޑު ޒިންމާ އުފުލަންޖެހިފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އެވެެ. ނަމަވެސް އެ ކޮމިޝަންގެ ރައީސް ވަޒީފާއަށް ނުނިކުންނަވާތާ ތިން މަހަށް ވުރެ އިތުރުވެގެންދިޔައީ އެވެ. ކޮންމެ މަހަކު ވެސް ބަރާބަރަށް މުސާރަ ނަންގަވަމުންގެންދަވައެވެ. ރައްޔިތުންގެ ބުރަ މަސައްކަތްކޮށް، ދައުލަތަށް ދައްކާ ޓެކްސް ފައިސާ ބޭނުންކުރައްވައި، އެއިން ކައިބޮޔެ ހައްދަވައެވެ.

ދެން އޮތީ، ބްރޯޑްކާސްޓިން ކޮމިޝަނެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ހަތް މަސް ދުވަހުގެ ތެރޭގައި ވަޒީފާއަށް ނިކުންނެވީ އެންމެ ދެ ދުވަހު އެވެ. ދެން މުޅިން ވެސް އުޅުއްވީ ޗުއްޓީ އާއި ސަލާމްގައެވެ. ނަމަވެސް ހަމަ ކޮންމެ މަހަކު ވެސް މުސާރަ ނަންގަވަމުން ގެންދަވަ އެވެ. ނަންގަވާ މުސާރަޔާ އެކު، އުޅުއްވަނީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުތައް ކުރެއްވުމުގެއެވެ.

ލިސްޓް އަދި މިވަރުން ނިމުނީއަކީ ނޫނެވެ. ބްރޮޑްކާސްޓިން ކޮމިޝަންގެ އެހެން ބައެއް މެމްބަރުންގެ ހާލަކީ ވެސް ހަމަ އެއީ އެވެ. ލިބިފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކޮމިޝަންގެ އިތުރު ބައެއް މެމްބަރުން ވެސް ހަ މަސް ދުވަހާއި ފަސް މަސް ދުވަހު އޮފީހަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އަދި ކުރީގެ ސަރުކާރުގައި އޮފީހަށް ވަދެލާފައި ކެމްޕެއިން އޮފީސްތަކުގަ އާއި ސިޔާސީ ޖަލްސާތަކުގައި ގޮނޑި އަތުރުއްވަން އުޅުއްވި މެންބަރުން ވެސް މަދެއް ނޫނެވެ. ބައެއް މެމްބަރުންނަކީ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެކަނި އޮފީހަށް ވަޑައިގަންނަވާ މެމްބަރުން ކަމަށް ވެއެވެ. ނަމަވެސް ހަމަ ކޮންމެ މެމްބަރުކު ވެސް ގެންދަވަނީ ބޮޑު މުސާރަ އާއި، އިނާޔަތްތައް ނަންގަވަމުންނެވެ. ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ފެށީ މި ސަރުކާރުންނެވެ. ނަމަވެސް ކޮމިޝަންތަކުގެ މެންބަރުން ގެންދެވީ ސަރުކާރުން މި ގޮތަށް ނިންމުމުގެ މާކުރިން ވެސް އެ ގޮތަށް ހަ މަސް ވެސް ނަންގަވަމުންނެވެ.

އެހެން ބައެއް ކޮމިޝަންތަކުގެ ހާލަކީ ވެސް ހަމަ އެއީ އެވެ. އަހަރުގެ މަސައްކަތު ދުވަސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ދުވަހު މަސައްކަތަށް ނިކުމެވަޑައެއް ނުގަންނަވައެވެ. ދެން ތިއްބަވަނީ ޤާނޫނުގައި ބުނެފައިވާ ގޮތަށް ޖަލްސާގެ އަދަދު ހަމަކުރުމަށް، ޖަލްސާއަށް އެކަނި ވަޑައިގަންނަވާ މެމްބަރުންނެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ) -- ފޮޓޯ: ރާއްޖެ އެމްވީ

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް އެވެރެޖް މުސާރައެއްގެ ގޮތުގައި 35،000ރ. އާއި، 45،000 ރުފިޔާއާގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ. މަސައްކަތެއް ކުރެއްވުމެއް ނެތި، އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމެއް ނެތި ކޮންމެ މަހަކު ވެސް ދައުލަތުގެ ބަޖެޓުން އެވަރުގެ ބޮޑު މުސާރައެއް ނަންގަވަމުންދާއިރު، އެކަމާ ގުޅިގެން ދައުލަތުގައި އެ މީހުންނާ ސުވާލުކޮށްލާނެ ފަރާތެއް ވެސް ނެތެވެ. އެކަމުގައި މުޅި ދައުލަތް އޮތީ ނިދާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް މޮނީޓަރކޮށް، ޤާނޫނާއި ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެ ފަރާތްތައް މަޤާމުން ވަކިކުރުމުގެ ބޮޑު ޒިންމާ އޮތީ ރައްޔިތުންގެ މަޖިލީހުގަ އެވެ. ވަކިން ހާއްސަކޮށް، އެ މަޖިލީހުގައި އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގަ އެވެ. ނަމަވެސް އެ ބޭފުޅުން ވެސް މިކަމުގައި ތިއްބެވީ ނިދާފަ އެވެ. މިނިވަން މުއައްސަސާތަކުގެ މެމްބަރުން ހިތު ހުރި ގޮތަކަށް ކަންތައްތައް ކުރުމަށް ދޫކޮށްލުމަށް ފަހު، މަޖިލީހުގެ މެމްބަރުން އުޅުއްވީ ކޮންމެވެސް ބަޔަކަށް އިނާޔަތް ދިނުމުގަ އެވެ. ރައްޔިތުންގެ އަތުން ކޮންމެވެސް ނަމެއްގައި ޓެކުހެއް ނަގައި، ރައްޔިތުންނަށް އަދަބު ދިނުމަށް ޤާނޫނުތައް ފާސްކުރުމުގަ އެވެ.

މަޖިލީހަށް ހާޒިރުވާ މެމްބަރުންނަށް ވުރެ ގިނައީ، ހާޒިރުނުވާ މެމްބަރުންނެވެ. ބާއްވާ ޖަލްސާތަކަށް ވުރެ، ނުބާއްވާ ޖަލްސާތަކުގެ އަދަދު ގިނަވާ ފަހަރުތައް އާދެއެވެ. އެހެން ގޮތަކަށް ބުނާ ކަމުގައިވާ ނަމަ، އެހެން ބަޔަކު ޒިންމާދާރުކުރުމަށް ވެރެ ބޮޑަށް އެ މީހުންގެ ކަންތައްތައް އޮތީ ބޮއްސުންލާފަ އެވެ. ހުރިހާ ގޯހެއްގެ އަސްލަކީ ވެސް އެ މަޖިލީހެވެ.

ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ. ބައެއް ކޮމިޝަންތަކުގެ ޤާނޫނުތަކުގައި ބުނެފައިވާ ގޮތުން މެމްބަރަކު މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފެނިއްޖެ ހިނދެއްގައި އެކަމެއް ރައީސުލްޖުމްހޫރިއްޔާއަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދި އެ މީހަކު މެމްބަރުކަމުން ވަކިކުރުމަށް ވެސް އެދެވިދާނެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެފަދަ ހުށަހެޅުމެއް ރައީސްގެ ފަރާތުން މަޖިލީހަަށް ހުށަހަޅުއްވާފައެއް ވެސް ނުވެ އެވެ. އެހެނީ، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހެޅުމެއް، ހުށަހަޅާފައިވާ ނަމަ، އެކަމެއް މަޖިލީހުގެ ތަޅުމުގައި އިއުލާންކުރެވިގެންދާނެތީ އެވެ. ކަންކަން އިސްލާހުކުރައްވަން ވަޑައިގެންނެވި ރައީސް އަށް ވެސް ފާއިތުވި ހަ މަސް ދުވަހު އެއިން ކަމަކާ އުޅުއްވެވުނު ކަމަކަށް ނުވިއެވެ.

މިނިވަން މުއައްސަސާތައް އިސްލާހްކުރުމުގެ ވައުދާ އެކު ވެރިކަމަށް އައި ސަރުކާރުން ވެސް މިހާތަނަށް އެ ވާހަކަ ދެއްކުން ފިޔަވައި އިތުރު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. ހަ މަސް، ހަތް މަސް ވެގެންދާއިރު، މުޅިން ވެސް ތިއްބެވީ އެ ވާހަކަ ދެއްކެވުމުގަ އެވެ.

ދެން އޮތީ، 19 ވަނަ ރައްޔިިތުންްގެ މަޖިލީހެވެ. ރައްޔިތުން އުއްމީދުކުރަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހާ އެކު ބަދަލުތައް ފެންނާނެ ކަމަށެވެ. މަސައްކަތެއް ނުކުރައްވާ ދައުލަތުގެ ބަޖެޓުން ކޮންްމެ މަހަކު ބޮޑު މުސާރަ ނެންގެވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެހެނީ އެ ބޭފުޅުންނަށް އެ ދެއްވާ ބޮޑު މުސާރައަކީ، ރައްޔިތުން ކުރާ ބޮޑު މަސައްކަތުން ދައްކާ ޓެކްސަ ފައިސާއަށް ވާތީ އެވެ.

ސިވިލް ސާރވިސްގެ އެވްރެޖް މުސާރައަކީ 7،000 އާއި 9،000ރ. އެވެ. މުވައްޒިފަކު އެންމެ ދުވަހު ސަލާމުގައި ހުއްޓަސް މުސާރައިގެ ބޮޑު އިންސައްތައެއް އުނިކުރެ އެވެ. އިނާޔަތްތައް ކަނޑާލައެވެ. އިތުރަށް ހަފްތާއަކު ސަލާމުގައި ހުންނައިރަށް ވަޒީފާއިން ވަކުކުރެ އެވެ. ލިބޭ ކުޑަ މުސާރައާ އެކު އުޅެންޖެހެނީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސިގެންނެވެ.

އެހެންކަމުން މަސައްކަތެއް ނުކޮށް، ކޮންމެ މަހަކު ބޮޑު މުސާރަ ނެންގެވުމަށް ދެއްވާ ކޮންމެ ފުރުސަތީ، ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތަކަށް ނޫނީ ނުވާނެ އެވެ. އެއީ ސަރުކާރުން ކުރި ނަމަވެސް، މަޖިލީހުން ކުރި ނަމަވެސް ރައްޔިތުންނަށްކުރާ މަލާމާތެކެވެ. މަޖިލީހަށް ހާޒިރުނުވެ ފުލް މުސާރަ ނަންގަވާ ފަދައިން މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް އެ ފުރުސަތު ދެއްވައިގެން ތިއްބެވުމަކީ ލަދުވެތި ކަމެކެވެ. އޮފީހަށް ހާޒިރުނުވާ ނަމަ މުސާރައިން ކެނޑޭނެ ގޮތެއް އަމިއްލަ މަޖިލީހުގައި ވެސް އަދި މިނިވަން މުއައްސަސާތަކުގައި ވެސް ތަންފީޒުކުރެވޭނެ ގޮތަކަށް ގާނޫނާއި ގަވާއިދުތަކާއި އުސޫލްތައް ބަދަލުކުރައްވާށެވެ. މީގެ ކުރިން ބަޔަކު އެ ގޮތަށް މުސާރަ ނެންގެވިއްޔޭ ނޫނީ ބަޔަކު އެ ގޮތަށް ނިންމާފައި އޮތުމަކީ ދެއްކޭނެ ހުއްޖަތެއް ނޫނެވެ. ބަދަލުކުރެވޭނެއެވެ. އެ އިހްލާސްތެރިކަން މަޖިލީހުގެ މެންބަރުންގެ ކިބައިގައި ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ވެސް ހުންނަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު