Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނގާކުރުން/ބުލީ ކުރުން

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ރާއްޖޭގައި 4 ކުދިން ތެރެއިން އެއް ކުއްޖަކު ބުލީގެ ޝިކާރައަކަށްވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2019 | ހޯމަ 16:32
3 ކުދިން ވެގެން އަންހެން ކުއްޖަކަށް ބުލީ ކުރުން

3 ކުދިން ވެގެން އަންހެން ކުއްޖަކަށް ބުލީ ކުރުން

ނިމިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހެވެ. މީސްމީޑިއާގައި ނުހަނު ބާރަށް ދައުރުވި ވީޑިއޯއެއް މުޅި ރާއްޖޭގެ ސަމާލުކަމަށް އައި ދުވަހެކެވެ. ވީޑިއޯއިން ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއް ގޮވައިގެން ގޮސް އޭނާގެ މޫނުމަތީގައި ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާ މަންޒަރެވެ. އެވާހަކަ ދުވަސްކޮޅެއް ވަންދެން މުޅި ރާއްޖޭގައި އެންމެ ދެކެވޭ ވާހަކައެއް ގޮތުގައި އޮތް ނަމަވެސް މިހާރު ދިވެހިން އެކަން ހަނދާން ނައްތާލައިފިއެވެ. ދެންވެެސް އޮތީ އެފަދަ ތާރީޚެކެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު މީޑިއާ ތަކުގައި އާންމުވެގެންދިޔަ ޚަބަރެކެވެ. 14 އަހަރުގެ ކުއްޖަކު ބްލީޗު ބޮއެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އެމަޖެންސީ ރޫމްގައި ފަރުވާ ދެވިފައިވާއިރު، އޭނާ ބްލީޗު ބުއީ މަދަރުސާ ތެރެއިން ކުރިމަތިވި ހަނގާކުރުމަށް ކެތް ނުކުރެވިގެން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. ދެން އޮތީ ދާދި މިދާކަށް ދުވަހުގެ ޚަބަރެކެވެ. "އެންޓި-ބުލީނގ" އެމްބެސެޑަރަކަށް ބުލީ ކުރުމުގެ ތާރީޚެއް އޮތް ކަމަށް ބުނާ މީހަކު އައްޔަނު ކޮށްގެން އެކަމާ އެންމެން "ރަތަށް" އެރި ޚަބަރެވެ. އެންމެ ފަހުން އޭނާއަށް އެ މަޤާމު ގެއްލިފައިވީ ނަމަވެސް، މިފަދަ ހާދިސާތައް ހިނގާ މިންވަރާއި، އެއާ ގުޅިގެން އަމިއްލަ ނަފްސަށް ނުވަތަ ފުރާނައަށް ގެއްލުންދޭ ކުދިންގެ އަދަދު މިވަނީ އިތުރުވެފައެވެ. ވުމާއެކު، މިކަމަކީ މިއަދު ޤައުމީ ފެންވަރުގައި މަސައްކަތްކޮށް ހައްލެއް ގެންނަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ.

ރާއްޖޭގެ 4 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބުލީ ނުވަތަ "ގަނާކުރުމުގެ" ގެ ޝިކާރައަކަށް ވާ ކުދިން ކަމަށް 2014 ވަނަ އަހަރު ކުރި "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާރވޭ" އިން ދައްކާފައިވާއިރު، ގަނާ ކުރުން މަދުކުރުމަށް ޔުނިސެފާއި، އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެކަމުންވެސް ދޭހަވެގެންދަނީ ދިވެހި މުޖުތަމައުގައި މި ކުށް "މޫލާފައިވާ" މިންވަރެވެ. އަނގަބަހުންނާއި، ޖިސްމާނީ ގޮތުންނާއި، މީސްމީޑިއާ މެދުވެރިކޮށް ފަދަ އެކި ގޮތްގޮތުން ބުލީ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރެވެ. އެގޮތުން ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް މި ޙައްސާސް މައްސަލައަށް ހައްލެއް ހޯދުން ވަނީ ހިމެނިފައެވެ. ހަޤީޤަތުގައި ވެސް މި މައްސަލަ މުޖުތަމައުގައި އިތުރުވެފައި މިވަނީ ޤައުމީ ފެންވަރުގެ ހައްލެއް ބޭނުންވާ މިންވަރަށެވެ.

ގަނާ ކުރުން ހުއްޓުވުމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، އެކި މާޙައުލުތަކުގައި ކުޑަކުދިން ގަނާކުރުމުގެ ޝިކާރައަށް ވާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށާއި، އަދި އެ ކަން ހުއްޓުވުމަށް ބެލެނިވެރި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

" އެކި މާޙައުލުތަކުގައި ކުޑަކުދިން ގަނާކުރުމުގެ ޝިކާރައަށް ވާ ކަމީ ހިތާމަ ހުރި ކަމެއް، އަދި އެ ކަން ހުއްޓުވުމަށް ބެލެނިވެރި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަންބޮޑު ވާ ފަދަ މައްސަލައެއް. މި އަހަރުގެ މިހައިތަނަށް އެކަނި ވެސް 19 ކުއްޖަކު އެކި ގޮތްގޮތަށް ގަނާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވެގެން މިނިސްޓްރީއަށް ރިޕޯޓުކޮށް، އެހީތެރިކަން ފޯރުކޮށްދެވިފައިވޭ. އަދި ރިޕޯޓު ނުކުރެވޭ މައްސަލަތައް ނުވަތަ ސިއްރިއްޔާތުގައި ހިނގާ މައްސަލަތައް މި އަށް ވުރެ އިތުރު ވާނެ ކަމަށް ގަބޫލުކުރެވޭ." ޝިދާތާ ވިދާޅުވިއެވެ.

މާލޭގައި 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުން ކިޔަވަން މާލެއަށް ބަދަލުވާ ކުދިންގެ 41 އިންސައްތަ ކުދިންނަކީ ގަނާ ކުރުމުގެ ޝިކާރައަށް ވެފައިވާ ކުދިންނެވެ. ނަމަވެސް ރާއްޖޭގެ ސުކޫލުތަކުގައި 87،300 ކުދިން ކިޔަވާއިރު، އެފަދަ ކަންކަމަށް "ކައުންސިލިންގ" ދިނުަމަށް ރާއްޖޭގައި ތިބީ އެންމެ 60 ކައުންސިލަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވެފައިވެއެވެ. އެއީ ކޮންމެ ކައުންސިލަރަކަށް 1455 ކުދިންނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދިމާވާ ސީރިއަސް މައްސަލައަކަށްވާއިރު، އެކަށީގެންވާ ވަަރަށް ކައުންސިލަރުން ނެތުމަކީ މިކަމަށް ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ކަނޑައަޅައި އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ކަން ދޭހަވާ ކަމެކެވެ. ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުންދީ އަވަސް ހައްލެއް ގެނައުމަށް އަތުކުރި އޮޅާލަން ޖެހިފައިވާކަން ދޭހަވާ ކަމެކެވެ. އަދި އިތުރު ކައުންސިލަރުން ތަމްރީނުކޮށް، ޤާބިލު ތަޖުރިބާކާރުން މިދާއިރާއަށް އިތުރުކުރަންޖެހޭކަން ދޭހަވާ ކަމެކެވެ.

ބުލީ ކުރުމަކީ ހަަމައެކަނި ބުލީ ކުރި ކުއްޖާއަށް ވިސްނައިދީ، އެކަން ކުރުން ހުއްޓުވުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. ބުލީގެ ޝިކާރައަށްވާ ކުދިން އެތައް ޒަމާނެއް ވަންދެން އެކަމުގެ ނަފްސާނީ ބަލިމަޑުކަމުގައި އުޅެން ޖެހެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ދުނިޔެމަތިން މުޅިން ފޫހިކޮށްލައެވެ. "ޑިޕްރެޝަން" އާއި "އެންޒައިޓީ" ފަދަ ނަފްސާނީ ބަލިތަކަށް މީހާ ހުށައެޅިގެންދަނީ ވެސް މަދަކުން ނޫނެވެ. ވީމާާ، މިކަމަށް ހައްލެއް ގެނައުމަށް ބުލީ ކުރާ ކުއްޖާއާއި އެކަމުގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާއިން ވާހަކަ ދައްކާލައިގެން އެކަން ހުއްޓުވާ ވަރަށްވުރެ ބޮޑެތި ފިޔަވަޅު މިކަމަށް އަޅަން މިވަނީ ޖެހިފައެވެ. ހޭލުންތެރިކަމާއި، އެފަދަ ނަފްސާނީ ބަލިމަޑުކަމަކަށް ވެއްޓިއްޖެނަމަ ދޭނެ ފަރުވާއާއި، އެފަދަ ކުށްކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހެއެވެ. ޤައުމީ ފެންވަރުގެ ބޮޑެތި ހައްލުތަކެއް ގެންނަން ޖެހިއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު