Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް ކޮމެޓީ

ބަޖެޓް ކޮމެޓީ: އިދިކޮޅު މެމްބަރުން ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ވަގުތު ނުދިނުމުން އެ މެމްބަރުން މިއަދުގެ ކޮމެޓީ ދޫކުރައްވައި ނިކުމެވަޑައިގެންފި

ބަޖެޓް ކޮމެޓީން ކުރިން ނިންމާފައިވަނީ ކޮންމެ ޕާޓީއަކަށް ވެސް ވަކިވަރަކަށް ވަގުތު ދިނުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 09:08
ބަޖެޓް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބަޖެޓް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އާއި އޮޑިޓަރ ޖެނެރަލް ލިޔުމުން ދެއްވާފައިވާ ލަފާފުޅަށް ވާހަކަ ދެއްކުމަށް އިދިކޮޅު މެމްބަރުންނަށް އެކަށީގެންވާ ވަގުތު ނުދިނުމުން ކޮމެޓީ ދޫކުރައްވައި އެމެމްބަރުން ނިކުމެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ލިޔުމުން އެކޮމެޓީއަށް ދެއްވާފައިވާ ލަފާފުޅާ ގުޅިގެން ބަޖެޓް ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ކޮންމެ މެމްބަރަކަށްވެސް ތިން މިނެޓްގެ ވަގުތު ކޮޅެއް ދެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ. އެކަމާ ދެކޮޅަށް ބަޖެޓް ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓް ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވާހަކަ ދެއްކުމަށް ވަގުތު ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ މީގެކުރިން ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ޕީޕީއެމަށް 30 މިނެޓް، އެމްޑީޕީއަށް 20 މިނެޓް، ޖުމްހޫރީ ޕާޓީއަށް 10 އެމްޑީއޭއަށް 5 މިނެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ކޮމެޓީގެ އެ ބައްދަލުވުމުގައި މެޖޯރިޓީ އޮތީ އިދިކޮޅު މެމްބަރުންނަށް ކަމަށާއި އެދުވަހު އެގޮތަށް ނިންމީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު އެ މެމްބަރުންވެސް އެދިލައްވާ ގޮތް ކަމަށްވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުނަށް މެޖޯރިޓީ އޮތުމުން އިދިކޮޅު މެމްބަރުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ހަމަ މެޖޯރިޓީއެއް ލިބޭ ކޮންމެ ފަހަރަކު އިދިކޮޅު މެމްބަރުންގެ އަޑުކަނޑުވާލަން ކުރަމުންދާ މަސައްކަތަކީ ޑިމޮކްރެސީއާ ހިލާފް ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ކަމަށްވާ އަލީ ހުސައިން އާއި ފައިސަލް ނަސީމް އަދި ހުސައިން މުހައްމަދު ވަނީ ޝަރީފްގެ އެވާހަކަތަކުގެ ދިފާއުގައި އަދި ސަރުކާރަަށް ނިސްބަތްވާ މެމްބަރުންނަށް ރައްދު ދެއްވާފަ އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރަށް ނިސްބަތްވާ މެމްބަރުން

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ރިޔާޒުގެ އެ ހުށަހެޅުވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރިޔާޒު ހުށަހެޅުއްވި ގޮތަށް ކޮންމެ މެމްބަރަކަށް ތިން މިނެޓް ދެއްވައިގެން ކޮމެޓީ ކުރިއަށް ގެންދަން މަސައްކަތް ކުރެއްވުމުން އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުމެ ވަޑައިގަންނަވާފަ އެވެ.

އިދިކޮޅު މެމްބަރުން ކޮމެޓީން ނިކުންނެވުމާއެކު ކޮމެޓީ ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއެކުގަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކޮމެޓީގެ އެ ބައްދަލުވުމުގައި މާގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އަދި މާގިނަ ވަގުތެއް ނުނަގާ ކޮމެޓީ ވެސް ނިންމަވާލައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު