Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް ދިރާސާކުރާ ކޮމެޓީ

އެހެން ސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

18 ނޮވެމްބަރު 2017 | ހޮނިހިރު 12:35

ރަށްރަށުގައި މިސްކިތްތައް އެޅީ ވެސް މިސަރުކާރުން: މިނިސްޓަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ނޮވެމްބަރު 2017 | ހޮނިހިރު 12:35
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ދެއްވަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ފިޔަވައި އެހެން ސަރުކާރުތަކަށް ރާއްޖޭގައި މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ބަޖެޓް ކޮމެޓީއަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށް ވަޑައިގެން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި މިސްކިތް އިމާރާތް ކުރުމަށް 20 މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ބައެއް ބޭފުޅުންނަށް މިސްކިތްތައް އަޅުގަނޑުމެން އިތުރަށް އަޅާތީ ވެސް އެބަ ކަންބޮޑުވޭ. އަޅުގަނޑުމެން މިހާރު މިސްކިތްތައް އަޅަމުންދަނީ ވެސް އާ ކޮންސެޕްޓްތަކަށް. އެހެންސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފަ ނެތީ، އެހެންނޫންތޯ. މިސަރުކާރުން މިހާރު ވެސް އެތަށް މިސްކިތްތަކެއް ވަނީ އަޅައިނިންމާފައި. 40 އަށް ވުރެ ވެސް ގިނަ މިސްކިތް މިހާރު ވެސް ވަނީ ނިމިފައި. އަދި އިތުރު މިސްކިތްތަކެއް އަންނަ އަހަރުގެ ތެރޭގައި އާ ކޮންސެޕްޓްތަކަށް އެޅިގެންދާނެ،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މިސަރުކާރަކީ އުމްރާނީ ތަރައްގީ އަށް ބަލާ ނަމަ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ އަދި ހިންގަމުންދާ ސަރުކާރު ކަމަށެވެ.

މި ސަރުކާރުން 40 އަށް ވުރެ ގިނަ މިސްކިތް އިމާރާތްކޮށް ނިންމައި ހުޅުވާފައިވާ ކަމަށް ވިދާޅުވި އިރު، ބައެއް މިސްކިތްތަކަކީ ކުރީގެ ސަރުކާރުތަކުން އަޅަން ފަށާފައިވާ އަދި އަޅައި ނިންމައި ނަމަވެސް ރަސްމީކޮށް ނުހުޅުވައި ހުރި މިސްކިތްތަކެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ 188 ރަށެއްގައި ކަމަށްވާ އިރު މިސްކިތެއް ނެތް ރަށެއް ރާއްޖެއަކު ނެތެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުތަކުން އެޅި ގިނަ މިސްކިތްތަކެއް ހިމެނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ބަންދުކޮށްފައެވެ. އެގޮތުން އެތައް ސަތޭކަ އަހަރެއްވީ ކަޅުވަކަރު މިސްކިތް ނެގުން ފާހަގަކޮށްލެވެއެވެ. އަދި ދެ މިސްކިތެއް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތްތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް