Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީޑީސީ

ކިހާވައް ހުރަވަޅި ވިއްކާލަނީ

މި ރަށް ސަބްލީޒް ކޮށްފައިވަނީ ތައިލެންޑްގެ މައިނަރ އިންޓަނޭޝަނަލްއަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ނޮވެމްބަރު 2017 | ހޮނިހިރު 08:44
ބ. އަތޮޅު ކިހާވައް ހުރަވަޅި. މިރަށުގައި މިހާރު ހިންގަނީ މައިނަރ އިންޓަނޭޝަނަލްގެ އަނަންތާރަ ބްރޭންޑްގެ ރިޒޯޓެއް

ބ. އަތޮޅު ކިހާވައް ހުރަވަޅި. މިރަށުގައި މިހާރު ހިންގަނީ މައިނަރ އިންޓަނޭޝަނަލްގެ އަނަންތާރަ ބްރޭންޑްގެ ރިޒޯޓެއް

އަނަންތާރަ ކިހާވައް ވިއްކާލުމަށް އެރަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީއިން އިއުލާން ކޮށްފިއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 25 އަހަރުގެ ދުވަހަށް ސަރުކާރުން އެރަށް ދޫކުރީ 17 ސެޕްޓެމްބަރު 2006ގައެވެ. ބ އަތޮޅު ކިހާވައް ހުރަވަޅީގައި ހަދާފައިވާ 172 އެނދުގެ މި ރިޒޯޓްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލުމަށް އެމްޓީޑީސީއިން އިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ބ އަތޮޅު ދަރަވަންދޫ އެއަރޕޯޓުން ފުރައިގެން 20 މިނެޓުން ދެވޭ މި ރިޒޯޓް މިހާރު ސަބް ލީޒްއަށް ކުއްޔަށް ދޫކޮށްފައިވަނީ ތައިލެންޑްގެ މައިނަރ އިންޓަރނޭޝަނަލް ގްރޫޕަށެވެ. މިރަށް ވިއްކާލުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، ބިޑް ޑޮކިއުމަންޓް ސެޓެއްގެ އަގަކީ 10،000 އެމެރިކާ ޑޮލަރެވެ. މި ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބިޑް ހުށަހަޅަން ޖެހެނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގެ ކުރިންނެވެ. އަދި ހަމަ އެދުވަހު ބިޑް ހުޅުވުންވެސް އޮންނާނެއެވެ.

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2024

ހެވީލޯޑަށް ދޫކޮށްފައިވާ ތިން ރަށެއް ބީއެމްއެލް އިން ވިއްކާލަނީ

27 އޮކްޓޯބަރު 2024
ހެވީލޯޑަށް ދޫކޮށްފައިވާ ތިން ރަށެއް ބީއެމްއެލް އިން ވިއްކާލަނީ
17 ސެޕްޓެމްބަރު 2024

ދޮޅިޔަދޫ ރިސޯޓް ވިއްކާލަނީ

17 ސެޕްޓެމްބަރު 2024
ދޮޅިޔަދޫ ރިސޯޓް ވިއްކާލަނީ
02 މެއި 2020

އެއް ބިލިއަން ރުފިޔާއަށް އިފުރު އެއަރޕޯޓާއި ރިސޯޓް ވިއްކާލަނީ!

02 މެއި 2020
އެއް ބިލިއަން ރުފިޔާއަށް އިފުރު އެއަރޕޯޓާއި ރިސޯޓް ވިއްކާލަނީ!
16 އޮކްޓޯބަރު 2018

ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ

16 އޮކްޓޯބަރު 2018
ސްރީލަންކަން އެއަރލައިންސްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލަނީ
30 ޖެނުއަރީ 2018

އަމިއްލަ ސަބްސިޑަރީއަކަށް ޑެލް ކުންފުނި ވިއްކާލަނީ!

30 ޖެނުއަރީ 2018
އަމިއްލަ ސަބްސިޑަރީއަކަށް ޑެލް ކުންފުނި ވިއްކާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު