Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާގެ ވިޔަފާރި

ނެސްލޭ ކުންފުނިން އެމެރިކާގައި ކުރާ ޗޮކްލެޓް ވިޔަފާރިތައް ފެރޭރޯއަށް ވިއްކާލަނީ

މި ޑީލްގެ އަގަކީ 2.8 ބިލިއަން ޑޮލަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:27
ނެސްލޭއިން ފެރޭރޯއަށް ވިއްކާލާ އެއް ބްރޭންޑް ކަމަށްވާ "ކްރަންޗް"

ނެސްލޭއިން ފެރޭރޯއަށް ވިއްކާލާ އެއް ބްރޭންޑް ކަމަށްވާ "ކްރަންޗް"

ޗޮކްލެޓާއި މެޓާ ފަދަ ބާވަތްތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސްވިޓްޒަލޭންޑްގެ ނެސްލޭ ކުންފުނިން އިޓަލީގެ ފެރޭރޯ ކުންފުންޏަށް ނެސްލޭގެ އެމެރިކާގެ ބައެއް ވިޔަފާރިތައް ވިއްކާލުމަށް ނިންމާފައި ވަނީ 2.8 ބިލިއަން އެމެރިކާ ޑޮލަރަށެވެ. ނެސްލޭ އިން ފެރޭރޯއަށް ވިއްކާލާ ބްރޭންޑްތަކުގެ ތެރޭގައި ކްރަންޗް، ނާރޑްސް، ރަންޓްސް، އަދި ބަޓަރފިންގަރ ބްރޭންޑްތައް ހިމެނެއެވެ.

މިއަހަރުގެ މާޗް މަހު މި ޑީލް ނިންމުމާ އެކު ފެރޭރޯ ވެގެންދާނީ އެމެރިކާގެ ބާޒާރުގައި ޗޮކްލެޓާއި މެޓަލުގެ ބާވަތްތައް އުފައްދާ ތިންވަނައަށް އެންމެ ބޮޑު ކުންފުންޏަށެވެ. އެމެރިކާއަކީ ޗޮކްލެޓާއި މެޓާ އެންމެ ގިނަ އިން ކައިއުޅޭ ޤައުމެވެ. އެގޮތުން އެޤައުމުގައި އަހަރަކު އަށް ބިލިއަން ޑޮލަރުގެ ޗޮކްލެޓާއި މެޓާ ވިކޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފެރޭރޯ ކުންފުނީގެ އެންމެ މަޝްހޫރު ބްރޭންޑްތަކަކީ "ފެރޭރޯ ރޮޗަރ" ޗޮކްލެޓްގެ އިތުރުން "ނުޓެއްލާ" އަދި "ޓިކްޓެކް" އެވެ.

ފެރޭރޯއަކީ އެމެރިކާގެ ބާޒާރުގައި ޗޮކްލެޓްގެ އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏަށްވާއިރު، ނެސްލޭ ކުންފުންޏަށް އެމެރިކާގެ ބާޒާރުގައި ފައިހަމަކުރުމަށް ވަނީ އުނދަގޫވެފައެވެ. އެގޮތުން މިހާރު ވެސް މާސް، ހާރޝީ އަދި ލިންޑްޓް ކުންފުނިން އުޅެނީ އެމެރިކާގެ ބާޒާރުގައި ނެސްލޭ އަށް ވުރެ ކުރީގައެވެ.

ނެސްލޭ އެކުންފުނީގެ އެމެރިކާގެ ބައެއް ވިޔަފާރިތައް ވިއްކާލަނީ އެޤައުމުގައި އެކުންފުނީގެ އެހެން ބައެއް ވިޔަފާރިތައް ފުޅާކުރުމަށް ކަމަށް ބުނެއެވެ. އެގޮތުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ކާނާގެ އިތުރުން، ފެނާއި ކޮފީ އަދި ކުޑަކުދިންގެ ކާނާ އާއި ގަނޑުކުރި ކާނާގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ނެސްލޭގެ މިފިޔަވަޅަކީ ހަށިގަނޑަށް ފައިދާހުރި އުފެއްދުންތައް ކުރިއަރުވަން އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކެއެވެ. އެކުންފުނީގެ މެނޭޖްމަންޓަށް އެންމެ ފަހުން ގެނެވުނު ބަދަލުތަކަށް ފަހު ވެޖިޓޭރިއަން މީލްސް އުފައްދާ ވިޔަފާރިއަކާއި، ވިޓަމިންސް އުފައްދާ ކުންފުންޏެއްގެ އިތުރުން މަތީފަންތީގެ ކޮފީ އުފައްދާ ކުންފުންޏެއް ވަނީ ގަނެފައެވެ.

އެމެރިކާގެ ބާޒާރުގައި ނެސްލޭ އިން ވިއްކާ ބައެއް އުފެއްދުންތައް ވިއްކާލި ނަމަވެސް، ނެސްލޭގެ ބައިނަލްއަޤްވާމީ މާކެޓްގައި އެންމެ މަޝްހޫރު އެއް ޗޮކްލެޓް ކަމަށްވާ ކިޓްކެޓް އުފެއްދުން ހުއްޓައެއް ނުލާނެއެވެ. އަދި ނިމިދިޔަ އަހަރު ވެސް ކިޓްކެޓްގެ އުފެއްދުންތަކަށް ޚާއްސަ ފެކްޓްރީއެއް ޖަޕާނުގައި ވަނީ ހުޅުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ

ކެޑްބަރީ ޗޮކްލެޓްގެ 'ލޯ ޝުގަރ' މާކެޓަށް ނެރެނީ

20 ޖުލައި 2018
ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި

ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި

15 ޖުލައި 2018
ނޯވީޖިއަން ގަންނަން ބްރިޓިޝް އެއަރވޭސް ހިންގާ ކުންފުނިން ވިސްނަނީ

ނޯވީޖިއަން ގަންނަން ބްރިޓިޝް އެއަރވޭސް ހިންގާ ކުންފުނިން ވިސްނަނީ

15 އެޕްރީލު 2018
މިފަހަރު ޖީއެމް ފޯރަމްގައި ސާޅީހަށްވުރެ ގިނަ ކުންފުނިން ބައިވެރިވާން ނިންމައިފި

މިފަހަރު ޖީއެމް ފޯރަމްގައި ސާޅީހަށްވުރެ ގިނަ ކުންފުނިން ބައިވެރިވާން ނިންމައިފި

03 އެޕްރީލު 2018
ޖީއެސްޓީއަށް ވިޔަފާރިތައް ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއް ބާއްވަނީ!

ޖީއެސްޓީއަށް ވިޔަފާރިތައް ހޭލުންތެރި ކުރުމަށް ހާއްސަ ސެޝަން ތަކެއް ބާއްވަނީ!

26 މާރިޗު 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު