Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިފުރު އެއަރޕޯޓް ވިއްކާލުން

އެއް ބިލިއަން ރުފިޔާއަށް އިފުރު އެއަރޕޯޓާއި ރިސޯޓް ވިއްކާލަނީ!

2 މެއި 2020 | ހޮނިހިރު 13:04

ވިއްކާލާ އެއްބަސްވުމުގެ ތެރޭގައި އިފުރު އެއަރޕޯޓް، ރިސޯޓް އަދި އެހެން ފަޅުރަށެއް ހިމެނޭ

އަމަން ހަލީމް
އަމަން ހަލީމް | 2 މެއި 2020 | ހޮނިހިރު 13:04
އިފުރު އެއަރޕޯޓުގެ ރަންވޭ: އެއަރޕޯޓް ހުޅުވީ 2015 ގައި

އިފުރު އެއަރޕޯޓުގެ ރަންވޭ: އެއަރޕޯޓް ހުޅުވީ 2015 ގައި

ރ. އަތޮޅު އިފުރުގައި ތަރައްޤީކޮށްފައިވާ އިފުރު އެއަރޕޯޓާއި، ރިސޯޓު ވިއްކާލުމަށް ހުޅުވާލައިފި އެވެ.

65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އަގަކަށް، މި ތަންތަން ވިއްކާލަން ނިންމާފައިވާއިރު، މި ރަށުގެ ވެރިފަރާތް ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ވަނީ އިތުރު ފަޅު ރަށެއް (ބ. ފުނަދޫ) މި އޮފަރގައި ހިމަނާފަ އެވެ. މި ފަޅު ރަށަކީ އިފުރުގައި އެއަރޕޯޓެއް ތަރައްޤީކުރަން އިފުރު އިންވެސްޓްމަންޓްސްއާއެކު ވެވުނު އެއްބަސްވުމުގައި ހިމަނާފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

އިފުރުގައި ޤާއިމުކޮށްފައިވާ ރިސޯޓަށް މިހާތަނަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ. ނަމަވެސް އިފުރުގައި ހުންނަ ޕްރޮޕަރޓީގައި 150 ވިލާ ތަރައްޤީކޮށް ވަނީ ނިމިފައެވެ. އަދި ރިސޯޓު ގަންނަ ފަރާތަކަށް އިތުރު 90 ވިލާ އެޅޭނެ ކޮންސެޕްޓް، ވިއްކާލުމުގެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

އެއަރޕޯޓް ތަރައްޤީކުރަން ސަރުކާރާއެކު އެއްބަސްވުން ހަދާފައިވަނީ 2011 ވަނަ އަހަރުގައެވެ. އެ މަސައްކަތް ޙަވާލުކުރެވުނީ އިފުރު އިންވެސްޓްމަންޓްސްއާ އެވެ. މި އެއްބަސްވުމުގެ ތެރެއިން ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަރައްޤީކުރުމަށް އެ ކުންފުންޏަށް ތިން ރަށެއް ދީފައިވެއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ކޯސްޓްލައިން ކުންފުނިންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިފުރު އިންވެސްޓްމަންޓްސްގެ މިހާރުގެ މައި ހިއްސާދާރުންނަކީ ކޯސްޓްލައިން ގްރޫޕެވެ. އިފުރު އިންވެސްޓްމަންޓްސްއަކީ ދައުލަތުގެ ހިއްސާއެއް ހިމެނޭގޮތަށް އެގްރޯ މެރިން ނަމަކަށް ކިޔާ ކުންފުންޏަކާއެކު އުފެއްދި ކުންފުންޏެކެވެ.

ރިސޯޓްގެ ލީސް ރައިޓްސް މި ވަގުތު އޮތީ ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ ކުންފުނީގެ ނަން މަތީގައެވެ. މި ކުންފުންޏަކީވެސް ކޯސްޓްލައިން ގްރޫޕް އޮފް ކޮމްޕެނީޒް އާއި އޮސްޓްރޭލިއާގެ ހޮސްޕިޓާލިޓީ ސްޓްރެޓެޖީޒް ގުޅިގެން 2012 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަން މަޝްހޫރު ރިސޯޓުތަކުގެ ތެރޭގައި އަމިއްލަފުށްޓާއި، އަފި ފިނޮޅު ހިމެނެއެވެ.

އަމިއްލަފުށި 2014 ވަނަ އަހަރު ހުޅުވިއިރު، ފިނޮޅު ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. މި ދެ ރިސޯޓަކީ ވެސް ބ. އަތޮޅުގައި އޮންނަ ދެ ރިސޯޓެވެ. މީގެ ތެރެއިން ފިނޮޅު ވަނީ މިދިޔަ އަހަރުގެ ތެރޭގައި 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އަށް ޖަރުމަނުވިލާތުގެ ސީސައިޑްސް ހޮޓެލްސް އެންޑް ރިޒޯޓްސްއަށް ވިއްކާލާފައެވެ.

މިއީ ރާއްޖޭގައި ރިސޯޓް ތަރައްޤީކުރަން ފަޅު ރަށްތަކާއެކު ދޫކުރެވުނު ތަނެއްގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ފަހު ވިއްކާލަން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ވަގުތު އެއަރޕޯޓްގެ މެނޭޖްމަންޓާ ޙަވާލުވެގެން އުޅެނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް އިންނެވެ. މި އެއަރޕޯޓް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ

22 މާރިޗު 2017
ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް