Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމު

ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ: މަހުލޫފު

18 ނޮވެމްބަރު 2017 | ހޮނިހިރު 02:33

ޗެެލެންޖް ކަޕުގެ ތިން ވަނަ ރާއްޖޭގެ ގައުމީ ޓީމު ހޯދިއިރު މަހުލޫފު ހުންނެވީ ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ނޮވެމްބަރު 2017 | ހޮނިހިރު 02:33
2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ރާއްޖެއަށް ލިބުމާއި ވިިދިގެން މަހުލޫފު ކުޅުންތެރިނާއެކު އުފާ ފާޅުކުރަނީ

2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ރާއްޖެއަށް ލިބުމާއި ވިިދިގެން މަހުލޫފު ކުޅުންތެރިނާއެކު އުފާ ފާޅުކުރަނީ

ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކުން ތަކުރާރުކޮށް ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ދަނޑިވަޅެއްގައި ގިނަ ބަޔަކު ބުނަމުން ދަނީ ދިވެހި ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު އެތަކެއް ގޮތަކުން ފޯރަމުންދާ ކަމަށެވެ. އެގޮތުން މަހުލޫފުގެ ފޭސްބުކް ޕެޖުގައި އޭނާ ވިދާޅުވީ 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުން ރާއްޖެއަށް ތިން ވަނަ ހޯދައިދިނުމަށް އެންމެން ވެސް މަސައްކަތް ކުރީ ސިޔާސީ ފިކުރު ދޫކޮށްލުމަށްފަހު ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރުން އެއްކިބާވާން ޖެހޭކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

ފީފާއިއަށް ސަރުކާރުން ދޫކޮށްފައިވާ ބިމެއްގައި އެފްއޭއެމްގެ ނަމުގައި ހަދާފައިވާ އިމާރާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ ކެމްޕޭން އޮފީހެއް ހިންގަމުން އަންނައިރު، އެކަމަށް އިޝަރާތް ކުރަށްވާ މަހުލޫފު ވިދާޅުވީ އެ އިމާރާތުގައި އެކަމަނާގެ ކެމްޕޭން އޮފީސް ހިންގެވި ކަމުގައިޔަސް ރާއްޖޭގެ ފުޓްބޯޅަ ކުރިނާރާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އެކްސްކޯގައި މިވަގުތު ތިއްބެވީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނު އަތުން 8-1 ގެ ލަދުވެތި ނަތީޖާއަކުން ރާއްޖެ ބަލިވި މެޗަށް އިޝާރާތް ކުރަށްވާ މަހުލޫފު ވިދާޅުވީ، ޗެލެންޖް ކަޕުގައި ފަލަސްތީނު ލަނޑެއްޖެހިޔަ ނުދީ ހިފެހެއްޓި ކަމަށާއި އެ މުބާރާތުގެ ތިން ވަނަ ލިބުމަކީ ރާއްޖެގޭ ފުޓްބޯޅައަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އަދި އެއީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ލިބުމަށްވުރެ މާބޮޑު ކާމިޔާބެއް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ގައުމުގައި ބޭއްވި ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖޭގެ ގައުމީ ޓީމު ހޯދިއިރު މަހުލޫފު ހުންނެވީ ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައެވެ.

ފަލަސްތީނަށް ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓިތާ ތިން އަހަރު ފަހުން ރާއްޖޭގެ ޓީމު ކޮޅަށް ފަލަސްތީނުން ވަނީ އަށް ލަނޑު ޖަހާ ރާއްޖޭގެ ފުޓްބޯޅަ އޮތް ހިސާބުގެ ހަގީގީ ކުލަ އެންމެންނަށް ވެސް ދައްކާލާފައެވެ. މިއީ 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަތުން 10-1 އިން ރާއްޖެ ބަލިވި ފަހުން ރާއްޖެ އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ.

ގައުމީ ޓީމުގެ އިތުރުން ޒުވާން ޓީމުތަކުން ވެސް ބައިނަލްލަގުވާމީ ފެންވަރުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު އެ އެސޯސިއޭޝަން އަދިވެސް އޮތީ ހިމޭނުންނެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ގާނާގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި

07 ސެޕްޓެމްބަރު 2017
ގާނާގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
23 އޯގަސްޓު 2017

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން
24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
21 މެއި 2017

ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި

21 މެއި 2017
ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް