Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރަށް 4 އަހަރު

ރައީސް ޔާމީން މިރޭ ކުރެއްވީ ރައްޔިތުންނާ ޗެލެންޖް، އެއީ ޑިކްޓޭޓަރުންގެ ސިފައެއް: އަސްލަމް

17 ނޮވެމްބަރު 2017 | ހުކުރު 19:18

ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރީގެ ވެރިންނަށް ކުރީ މަލާމާތްކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 ނޮވެމްބަރު 2017 | ހުކުރު 19:18
ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

ރައީސް އަބްދުﷲ ޔާމީން ކުރެއްވީ ރައްޔިތުންނާ ޗެލެންޖްކަމަށާއި އެއީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ކޮށްދެއްވި ކަންކަން ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވަރަށްބޮޑަށް އޮޅުވާލައި އިތުރުފުޅު ހައްދަވާފައިކަމަށެވެ. ރައްޔިތުން ގާތު އެމަނިކުފާނު އަދިވެސް އިމްތިހާނުކުރައްވަނީތޯ އެއްސެވުމަކީ ވަރަށްވެސް ހުތުރުކަންބޮޑު ވާހަކަފުޅެއްކަމަށް އަސްލަމް ފާހަގަ ކުރެއްވެވި އެވެ.

Advertisement - newsAdvertisement

ކުރީގެ ލީޑަރުންނާއި ގުޅޭ ގޮތުން ރައީސް ޔާމީން ދެެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރީގެ ވެރިންނަށް ކުރީ މަލާމާތްކަމަށެވެ. އަދި އެއީ ވެރިއެއްގެ ސިފަ ނޫން ކަމަށާއި، ވެރިންގެ ސިފައަކީ ކުރީގެ ވެރިންނަށް އިހްތިރާމް އަދާކުރެއްވުންކަމަށެވެ.

"މި ސަރުކާރަށް ހަތަރު އަހަރުފުރި ކޮށްދެވުނު ކަންކަން ކަމަށް ވިދާޅުވެ ދެއްކީ ދޮގުވެރި ވާހަކަތައް. ދޫ އޮވެ، ދުލުގައި ކަށިނެތީމައި ބޭނުންހާ ވާހަކައެއް ދައްކަންވީ، އެކަމަކު އެމަނިކުފަނު ދެއްކެވީ ހުސް ބުހުތާނު ދޮގު،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ކުރިއަށް އަށެއްކަ މަސްތެރޭގައި ވަރަށް ގިނަ ކަންކަންކޮށް ދެއްވުމަށް ވައުދުވެވަޑައިގަންނަަވާނެ ކަމަށެވެ. އުޑުން ތަރިވެސް ބާލައިދޭނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ ކޮށްދެއްވަން ވައުދުވާ ކަންކަން ނޫން ކަމަށާއި، އެއީ ވެރިކަމުގެ އަނެއް ދައުރު ކައިރިވަމުންދާތީވެ ދެއްކެވި ހޮޅި ވާހަކަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދަށް އަލިއަޅުއްވާލައްވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އަލަށް އަޅަންފެށި އެއްވެސް ފްލެޓެއް އަދި ބޯ ހިޔާވަހިކަމުގެ އެއްވެސް ވައުދެއް ނޯންނާނެ ކަމަށެވެ. މިހާރު ދޫކުރާ ފްލެޓްތަކަކީ ހަމައެކަނި ރިބަންފަށް ކެނޑުން ކަމަށް އަސްލަމް ސިފަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވައުދުވެ، މިސަރުކާރުން އެޅި އެއްވެސް ފްލެޓެއް ނޯންނާނޭކަމަށެވެ. އެކަމަކު، ވެރިކަން ނިމެން ކައިރިވަމުންދާ ވަރަކަށް އެކަމުގައިވެސް ރައްޔިތުންނަށް ހުވަފެންތަކެއް ދައްކާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް