Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2018

ބަޖެޓުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ނެތް: އިދިކޮޅު މެމްބަރުން

17 ނޮވެމްބަރު 2017 | ހުކުރު 03:16

ބަޖެޓްގައި ބައެއް މަޝްރޫއުތަކަށް މާ ހަރަދު ބޮޑު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ނޮވެމްބަރު 2017 | ހުކުރު 03:16
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަން

ދައުލަތުގެ 2018 ވަނަ އަހަރުގެ ބަޖެޓްގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ބަޖެޓްގައި ހިމެނޭ މަޝްރޫއުތައް ހުރިހާ އަތޮޅުތަކަށް އިންސާފުން ބެހިފައިނުވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މ.ކުނޫޒްގައި ބޭއްވި "ބަޖެޓް ބަހުސް"ގައި ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ބަޖެޓުގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުުރު ކުރުމަށް އިސްކަން ދީފައިވާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން، ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުން ދިޔަ ނަމަވެސް ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ފައިސާ ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސްކޫލްތައް ޑިޖިޓަލްކޮށް، އަންނަ އަހަރު ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ސަރުކާރުން ރާވާފައިވާއިރު، ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ހާލަތު ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި ބައެއް ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

"އެންމެ ފަހުގެ ޓެކްނޮލޮޖީ ތައުލީމީ ދާއިރާގައި ބޭނުން ކުރުމަކީ ދެކޮޅު ހަދާކަމެއް ނޫން. އެހެން ނަމަވެސް މިކަންތައްތަކަކީ ވަރަށް ވިސްނަން ޖެހޭނެ ކަންތައްތައް. ދުނިޔޭގެ އެންމެ މޮޅެތި ޓެކްނޮލިޖީތައް ވުޖޫދަށް ގެނެސްފައިވާ ސްޓީވް ޖޮބްސް އާއި ބިލްގޭޓް ފަދަ ބޭފުޅުންވެސް ބުނެފައިވޭ، އުމުރުން ދެ އަހަރުން ދަށުގެ ކުދިން ފޯނު ނުވަތަ ޓެބްލެޓް ފަދަ ތަކެތި ބޭނުން ކުރުން ރަގަޅު ނޫން ވާހަކަ،" އަލީ ހުސައިން ވިދާޅުވި އެވެ.

އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދިނުމަށްޓަކައި ޓެކްސްގެ ނިޒާމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި އެންމެ ފަގީރު މީހާ އާއި އެންމެ މުއްސަދި މީހާގެ އަތުން އެއް ހަމައަކުން ޓެކްސް ނެގުމަކީ އިޖްތިމާއީ އަދާލަތު ގެއްލޭ ކަމެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އައްޑޫ ސިޓީއަށް ބޭނުންވާ މުހިއްމު ކަންކަން ނުވާތީ ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ޓެކްސްގެ ނިޒާމުވެސް، ފިސްކަލް ޕޮލިސީ ވެސް އިގްތިސާދީ ނިޒާމުވެސް އަދި މަނިޓަރީ ޕޮލިސީ ވެސް ގާއިމް ކުރުމުގައި ކަންބޮޑުވާ ކަންތައްތަކެއް މިހާރުވެސް އެބަހުރި. މުއްސަދިން އަތުން ނެގޭ ޓެކްސް އިން އާދައިގެ ރައްޔިތުންގެ ދިރިއުޅުން ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތް ކުޑަކަން މިއީ ވަރަށް ބޮޑަށް ރާއްޖެއިން ފެންނަމުންދާ މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް