Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެރިންއަށް ޝޯ ހުށަހެޅުން މަނާ

ނީީލަ ކޯރާމެދު ބަދު ބަހެއް ބުނެގެން މިސްރުގެ ލަވަ ކިއުންތެރިއަކަށް ޝޯ ހުށަހެޅުން މަނާކޮށްފި

މިސްރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވަމުން ދާތީ ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ނޮވެމްބަރު 2017 | ބުރާސްފަތި 03:58
ޝެރިންް ބުނާ ގޮތުގައި އެ ކޮންސެޓަކީ މީގެ އަހަރަކަށްވުރެ ކުރިން ދީފައިވާ ކޮންސެޓެއް

ޝެރިންް ބުނާ ގޮތުގައި އެ ކޮންސެޓަކީ މީގެ އަހަރަކަށްވުރެ ކުރިން ދީފައިވާ ކޮންސެޓެއް

ނީލަ ކޯރުން ފެން ނުބުއިމަށް ފޭނުންނަށް ނަސޭހަތް ދިން ކަމަށް ބުނެ މަޝްހޫރު އަރަބި ލަވަކިއުންތެރިޔަކަށް އޭނާގެ އަމިއްލަ ގައުމު، މިސްރުގައި ޝޯ ދިނުން މަނާކޮށްފި ކަމަށް އެގައުމުގެ މިއުޒީޝަނުންގެ ޔޫނިއަނުން ބުދަ ދުވަހު ބުނެފިއެވެ.

ޝެރިން އަބްދުލް ވައްހާބު ނުވަތަ ޝެރިންގެ ނަމުން ގިނަބަޔަކު ދަންނަ ލަވަކިޔުންތެރިޔާ ދާދިފަހުން ދިން ޝޯއެއްގެ ވީޑިއޯ ކްލިޕެއްގައި ބުނެފައިވަނީ" ތިބޭފުޅުންނަށް ބޮޑަށް ރަނގަޅުވާނީ އެވިއަން ބުއިން" ފްރާންސްގައި ބަންދު ކުރާ މިނަރަލް ވޯޓަރގެ ބްރޭންޑަކަށް އިޝާރާތްކޮށް އޭނާ ބުނެއެވެ.

މި ވާހަކައާއެކު ސޯޝަލް މީޑިއާގައިވަނީ ހުޅު ރޯވެފައެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ މިސްރުގެ ގައުމީ ފަޚުރަކަށް ކުރި މަލާމާތެކެވެ. އަނެއްބަޔަކު ބުނެފައިވާ ގޮތުގައި ހަގީގަތުގައި މައްސަލަ އުފައްދާ ބަޔަކީ ކޯރު ތަޣައްޔަރު ކުރާ ފަރާތްތަކެވެ.

މިސްރުގައި ފުރަތަމަ އުފެދުނު ޑެމޮކްރެޓިކް ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ބަދަލުކުރި ފަހުން އެ ގައުމުން ގެންދަނީ ގައުމިއްޔަތާ ދެކޮޅުކަމަށް ތުހުމަތުކުރެވޭ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ހަރުކަށި ގޮތްތަކަށް އަމަލު ކުރަމުންނެވެ. އެ ގައުމުން ސިފަކުރާ ގޮތުގައި ދައުލަތަށް ފާޑުކިއުމަކީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމުގެ ހަމަޖެހުން ނަގާލުމަށް ރޭވޭ ރޭވުމެކެވެ.

ޝެރިން ވަނީ ފޭސްބުކްގައި ކޮށްފައިވާ އަސަރުގަދަ ޕޯސްޓެއްގައި އޭނާގެ ވާހަކައަށް މައާފަށް އެދިފައެވެ.

"އަޅުގަނޑުގެ ލޯބިވާ މިސްރާއި އެ ގައުމުގެ ދަރީން އަޅުގަނޑުގެ ފަރާތުން ތިބާއަށް އެއްވެސް އަނިޔާއެއް ދެވިފައިވާނަމަ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން މައާފަށް އެދެން" އޭނާ ލިޔެފައިވެއެވެ. "އަޅުގަނޑަށް އަނބުރާ މާޒީއަށް ދެވޭނެ ނަމަ އެއީ އަޅުގަނޑު ބޭނުން ނުކުރާނެ ޖޯކެއް"

މިއުޒީޝަނުންގެ ޔޫނިއަނުން ބުނީ އެ ކޮންސެޓް އޮތީ ލުބުނާނުގައިކަމަށެވެ. ނަމަވެސް ޝެރިންގެ ބަޔާނެއްގައި ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އެ ކޮންސެޓް އޮތީ މީގެ އަހަރަކަށްވުރެ ވެސް ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ.

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2018

ނޭޕާލްގެ ފަރުބަދައެއް މަތިން ބަހެއް ވެއްޓި 21 މަރު

22 ޑިސެމްބަރު 2018
ނޭޕާލްގެ ފަރުބަދައެއް މަތިން ބަހެއް ވެއްޓި 21 މަރު
25 ނޮވެމްބަރު 2018

އިންޑިއާގައި ކޯރަކަށް ބަހެއް ވެއްޓި 25 މީހުން މަރުވެއްޖެ

25 ނޮވެމްބަރު 2018
އިންޑިއާގައި ކޯރަކަށް ބަހެއް ވެއްޓި 25 މީހުން މަރުވެއްޖެ
15 އޯގަސްޓު 2018

އިކުއެޑޯގައި ބަހެއް އެކްސިޑެންޓްވެ 24 މީހުން މަރުވެއްޖެ

15 އޯގަސްޓު 2018
އިކުއެޑޯގައި ބަހެއް އެކްސިޑެންޓްވެ 24 މީހުން މަރުވެއްޖެ
21 ޖުލައި 2018

ޖަރުމަނު ބަހެއްގެތެރޭ ވަޅިން ހަމަލާދީ 14 މީހުން ޒަޚަމް ކޮށްލައިފި

21 ޖުލައި 2018
ޖަރުމަނު ބަހެއްގެތެރޭ ވަޅިން ހަމަލާދީ 14 މީހުން ޒަޚަމް ކޮށްލައިފި
01 މެއި 2018

އެފްރިކާގެ ގައުމުތަކަށް ޓަރަމްޕް ވިދާޅުވި ބަދު ބަސްތަކަށް ނައިޖީރިއާގެ ރައީސް ބުހާރީ އެއްޗެއް ވިދާޅެއް ނުވި، ޓްރަމްޕް އެވާހަކަތައް ދޮގެއް ނުކުރައްވާ

01 މެއި 2018
އެފްރިކާގެ ގައުމުތަކަށް ޓަރަމްޕް ވިދާޅުވި ބަދު ބަސްތަކަށް ނައިޖީރިއާގެ ރައީސް ބުހާރީ އެއްޗެއް ވިދާޅެއް ނުވި، ޓްރަމްޕް އެވާހަކަތައް ދޮގެއް ނުކުރައްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު