Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަގީރު ގައުމުތަކަށް ނިސްބަތް ކުރައްވާ ބަދު ބަސްތަކެއް ވިދާޅުނުވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2018 | ހުކުރު 18:29

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ "އެމަނިކުފާނު އެ ވިދާޅުވާ ބަސްމަގު ބޭނުން ނުކުރައްވާ ކަމަށް"

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 ޖެނުއަރީ 2018 | ހުކުރު 18:29
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަގީރު ގައުމުތަކަށް ނިސްބަތްކުރައްވާ ބަދު ބަސްތަކެއް ވިދާޅުވެފައިވާ ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެގައުމުތަކަކީ ދަށްފަންތީގެ ގައުމުތަކެއްގެ ގޮތުގައި ނުވަތަ އެގައުމުތަކާ މެދު ބަދު ބަސްތަކެއް ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކުރެވިފައިވާ އިރު ރައީސް ޓްރަމްޕް އާ މެދު މިފަދަ ވާހަކަތަކެއް ދެކެވެން ފެށީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުތަކަށް އިސްލާހު ގެނައުމަށް ކޮންގްރެސް މެމްބަރުންނާއިއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. 'އޯފް ދަ ރެކޯޑް' ގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްނަމަވެސް، މިވާހަކަތައް މީޑިއާއަށް ތިލަވެ، ޓްރަމްޕް ވަނީ އާދައިގެ މަތިން ހޫނުފެނަށް ވެއްޓިފައެވެ. ޓްރަމްޕް އެ ބައްދަލުވުމުގައި އެއްސެވިކަމަށްވަނީ ދަށް ފެންވަރުގެ ގައުމުތަކުން އެމެރިކާއަށް މީހުން ގެންނަނީ ކީއްކުރަންތޯއެވެ. އަދި ނޯވޭފަދަ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަން ތާޢިދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

ރައީސް ޓްރަމްޕް އާ މެދު ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމަނިކުފާނު އެ ވިދާޅުވާ ބަސްމަގު ބޭނުން ނުކުރައްވާ ކަމަށާއި" އެހެންނަމަވެސް "ވަރުގަދަ" ބަސްމަގެއް ބޭނުން ކުރެއްވި ކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ފާޑުކީ ގިނަ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަތައް ސިފަކޮށްފައިވަނީ ނާޒީ ޖަރުމަނުވިލާތުގެ ހިޓްލަރުގެ ވާހަކަތަކާއެވެ. ހިޓްލަރާއި ނާޒީން ޤަބޫލުކުރި ގޮތުގައި އެންމެ 'ތާހިރު' ދަރިކޮޅަކީ ޖަރުމަންވިލާތާއި ނޯވޭގެ ދޮން މީހުންނެވެ.

އެފްރިކަން ޔޫނިއަންއިންވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރައީސް ޓްރަމްޕް ގެ ވާހަކަފުޅާ މެދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ ޓްރަމްޕްގެ ވާހަކަފުޅަކީ ގައުމުތަކަށް ބުނާ ބަދު ބަހެއްގެ އިތުރުން، ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ވާހަކަތަކެއްކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް