Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ގައުމީ މަޖިލިސް

ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން އެމްޑީޕީން ނިންމައިފި

15 ނޮވެމްބަރު 2017 | ބުދަ 13:56

ކެންޑިޑޭޓް ކަނޑައަޅާނީ އެއްބަސްވެވޭ އުސޫލަކުން ބާއްވާ ޕްރައިމަރީއަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ނޮވެމްބަރު 2017 | ބުދަ 13:56
އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ދިވެހިރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

އެޕާޓީން މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ 57 ވަނަ ޖަލްސާގައި އެކަން އެގޮތަށް ކުރުމަށް ފާސްކުރި ޤަރާރަކުންނެވެ.

އެމްޑީޕީގެ ނިންމުން ހާމަ ކުރެއްވުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީން ނިންމާފައިވާ ގޮތަކީ ޕާޓީތަކުން އެއްބަސްވެވޭ އުސޫލެއްގެ ދަށުން އެޕާޓީތަކުގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން އެ ކެންޑިޑޭޓް ކަނޑައެޅުން ކަމަށެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުން އެގޮތަށް ނިންމި ޤަރާރު ފާސްކުރީ އެމަޖިލީހުގައި ވަރަށް ބޮޑަށް ބަހުސް ކުރުމަށް ފަހު ކަމަށެވެ. އަދި އެޕާޓީން ނިންމި ނިންމުން ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން އެގޮތަށް ނިންމި ޤަރާރުގައި ބުނެފައިވަނީ އެގޮތައް ނިންމީ މިހާރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫންތަކާ ޚިލާފަށް ކުރަމުންދާ ކަންކަމާއި ނުހައްޤުން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ނާއިންސާފުން ބޮޑެތި އަދަބުތައް ދިނުމާއި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވުން ފަދަ ކަންކަން ހިމެނޭތީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެގޮތަށް ނިންމާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް