Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސުތް އޮޒިލް

އެޓްލެޓިކޯ އިން އޮޒިލްއާ މަޝްވަރާކޮށްފި

މި ސީޒަނަށްފަހު އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ | 15 ނޮވެމްބަރު 2017 | ބުދަ 12:28
އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް

އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް

އަންނަ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށްގެން އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް ހޯދުމަށް އޭނާއާ އެޓްލެޓިކޯ މެޑްރިޑުން މަޝްވަރާކޮށްފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ޖަރުމަނުގެ މިޑްފިލްޑަރު އޮޒިލް ހޯދުމަށް އެޓްލެޓިކޯ އިން އޭނާއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެ މަޝްވަރާގައި ހަފްތާއަކު 200،000 ޕައުންޑުގެ މުސާރައެއް އޭނާ އަށް ދިނުމަށް ނިންމާފައިވާ އެޓްލެޓިކޯ އިން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް އޮޒިލްގެ ފަރާތުން އޭނާގެ މުސާރައިގެ ގޮތުގައި 330،000 ޕައުންޑުގެ އަގެއް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިމޭއިރު، އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް އާސެނަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އޮޒިލް ހޯދުމަށް އެޓްލެޓިކޯގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވިދާލީ 2010 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 159 މެޗު ކުޅެ، 27 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށް ފަހު އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 168 މެޗު ކުޅެ33 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮ ށްފައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި
04 ޖޫން 2017

އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި

04 ޖޫން 2017
އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި
02 ޖޫން 2017

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު