Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ގަޑުބަޑުކޮށްގެން ޕެޓްރޯލް ވިއްކަން އުޅެނިކޮށް އަތުލައިގެންފި

14 ނޮވެމްބަރު 2017 | އަންގާރަ 11:56

އަތުލައިގަތް ތެޔޮ ބައުޒަރަކީ އައިއޯސީ އަށް ތެޔޮ އުފުލައިދޭ ބައުޒަރެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 11:56
ތެޔޮ ގަޑުބަޑުކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގަންނަން ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން

ތެޔޮ ގަޑުބަޑުކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގަންނަން ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން

ސްރީލަންގައި ދިމާވި ތެލުގެ ތާށިކަމަށް ދާއިމީ ހައްލެއް ނުލިބި އުޅެނިކޮށް، ޕެޓްރޯލާއި ކެރޮސިން (ސާފުތެޔޮ) އެއްކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގެންފިއެވެ.

ލަންކާގެ ފުލުހުންގެ ސްޕެޝަލް ޓާސްކްފޯސްއިން މިކަން ކުރި ބަޔަކު އަތުލައިގެންފައިވަނީ ދަމްބުއްލަ ސަރަހައްދުންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެތަނަށް ދިޔައިރު، ޕެޓްރޯލް އުފުލާ ބައުޒަރަކުން ޕެޓްރޯލް ނަގައި، އޭގެ ބަދަލުގައި ސާފުތެޔޮ އަޅަމުންދިޔަކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިމައްސަލައިގައި ފުލުހުންވަނީ ބައުޒަރުގެ ޑްރައިވަރާއި އޭނާގެ އެހީތެރިޔަކު ހައްޔަރުކޮށްފައެވެ. އަދި ބައުޒަރުގެ އިތުރުން ސާފުތެޔޮ އުފުލި ލޮރީއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ހިފެހެއްޓި ބައުޒަރަކީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އެމް.އޭ.އެމް މަހަރޫފްގެ ބައުޒަރެކެވެ. އޭނާއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ޕާޓީ ޔޫއެންޕީގެ މެމްބަރެކެވެ. އަދި މިބައުޒަރަކީ ލަންކާ އިންޑިއަން އޮއިލް ކޯޕަރޭޝަންއަށް ތެޔޮ އުފުލައިދޭ ބައުޒަރެކެވެ. ދާދި ފަހުން ލަންކާއަށް ދިމާވި ތެލުގެ ތާށިކަން ދިމާވީ ލަންކާ އައިއޯސީއިން ގެނައި ތެޔޮ ޝިޕްމަންޓެއްގެ ކޮލިޓީ މައްސަލަތަކެއް ދިމާވެގެންނެވެ. މިމައްސަލައިގައި ޤާނޫން ހަދާ މަޖިލީހުގެ މެމްބަރު މަހަރޫފް ވިދާޅުވީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށާއި، މައްސަލަ ތަހުޤީޤްކުރުމަށް ގޮވާލައްވާކަމަށެވެ.

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވުމަށް ފަހު ލަންކާ ސަރުކާރުގެ ތެޔޮ ކުންފުނި ސިޕެޓްކޯއިން މިހާރުވަނީ ތެޔޮ ޝިޕްމަންޓެއް ގެނެސް، މައްސަލަ ހައްލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ލަންކާގައި ތެޔޮ ރައްކާކުރުމުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ތެޔޮ ރައްކާކުރުމުގައި އުނދަގޫތަކެއް ހުރިއިރު، އަނެއްކާވެސް މިފަދަ ތާށިކަމެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2019

ހޮންގް ކޮންގް ގެ ސިފައިން ގިނަ އަދަދެއްގެ ބާރުގަދަ ގޮވާތަކެތި އަތުލައިގެންފި

20 ޖުލައި 2019
ހޮންގް ކޮންގް ގެ ސިފައިން ގިނަ އަދަދެއްގެ ބާރުގަދަ ގޮވާތަކެތި އަތުލައިގެންފި
12 ޖެނުއަރީ 2019

މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!

12 ޖެނުއަރީ 2019
މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!
01 ޖޫން 2018

މިސްކިތުގައި އަންހެން ކުދިން ރޭޕް ކުރަމުން ދިޔަ އިމާމަކު މޮރޮކޯއިން އަތުލައިގެންފި

01 ޖޫން 2018
މިސްކިތުގައި އަންހެން ކުދިން ރޭޕް ކުރަމުން ދިޔަ އިމާމަކު މޮރޮކޯއިން އަތުލައިގެންފި
28 ނޮވެމްބަރު 2017

ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

28 ނޮވެމްބަރު 2017
ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ
22 އޮކްޓޯބަރު 2017

ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދަމުންދިޔަ ނެޓްވޯކެއް ބްރެޒިލްއިން އަތުލައިގެންފި

22 އޮކްޓޯބަރު 2017
ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދަމުންދިޔަ ނެޓްވޯކެއް ބްރެޒިލްއިން އަތުލައިގެންފި
26 ސެޕްޓެމްބަރު 2017

މަސް ކެއުމަށް ގިނަ އިންސާނުން މެރި ދެމަފިރިން ރަޝިއާ އިން އަތުލައިގެންފި

26 ސެޕްޓެމްބަރު 2017
މަސް ކެއުމަށް ގިނަ އިންސާނުން މެރި ދެމަފިރިން ރަޝިއާ އިން އަތުލައިގެންފި
17 ޖުލައި 2017

ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ

17 ޖުލައި 2017
ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް