Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގައި ޕެޓްރޯލްގެ ދަތިކަން

މެކްސިކޯގައި ބައެއް ހިސާބުތަކުން ޕެޓްރޯލް ނުލިބި ހަފްތާއެއް ވަނީ!

މެކްސިކޯގެ ރައީސް އޮބްރަޑޯރ ވިދާޅުވީ ޕެޓްރޯލް ލިބުމުގައި ދަތިތަކެއް ނޫޅޭ ކަމަށާއި، އުޅެނީ ޕެޓްރޯލް ޑިސްޓްރިބިއުޝަންއަށް ގެނައި ބަދަލެއްގެ ސަބަބުން ފެން މަތިވެގެން އުޅޭ މައްސަލައެއް ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 12 ޖެނުއަރީ 2019 | ހޮނިހިރު 04:28
ޕެޓްރޯލް ޝެޑްގައި ގޭސް ނެތިގެން ބަންދުކޮށްފައި

ޕެޓްރޯލް ޝެޑްގައި ގޭސް ނެތިގެން ބަންދުކޮށްފައި

މެކްސިކޯގެ ބައެއް ހިސާބުތަކުގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލް ހުސްވުމާއި ގުޅިގެން، އެތައް ބަޔަކަށް ޕެޓްރޯލް ނުލިބި ހަފްތާއެއް ވާން ގާތްވެއްޖެއެވެ.

ޕެޓްރޯލްގެ ދަތިކަން ކުރިމަތިވެފައިވާ ބައެއް ހިސާބުތަކުގެ ތެރޭގައި ވެރިރަށް މެކްސިކޯ ސިޓީއާއި، ގުއަޑަލަހާރާ އަދި ހަލީސްކޯގެ އިތުރުން ތިން ސްޓޭޓެއް ހިމެނެއެވެ.

މި މައްސަލައިގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މެކްސިކޯގެ ރައީސް މަނުއެލް ލޮޕޭޒް އޮބްރަޑޯރ ވިދާޅުވީ ޕެޓްރޯލް ލިބުމުގައި ދަތިތަކެއް ނޫޅޭ ކަމަށާއި، ދިމާވެގެން އުޅެނީ ޕެޓްރޯލް ޑިސްޓްރިބިއުޝަންއަށް ގެނައި ބަދަލެއްގެ ސަބަބުން ފެން މަތިވެގެން އުޅޭ މައްސަލަތަކެއް ކަމަށެވެ.

ރައީސް އޮބްރަޑޯރގެ ސަރުކާރުން ވަނީ މެކްސިކޯގައި ގާއިމްކޮށްފައިވާ ޕެޓްރޯލް އުފުލާ ޕައިޕް ވިއުގައިން ޕެޓްރޯލް ވަގަށް ނެގުން ހުއްޓުވުމުގެ ގޮތުން، މުހިއްމު ބައެއް ޕައިޕްތައް ބަންދުކޮށްފައެވެ. އޮބްރަޑޯރ ވިދާޅުވީ މި ވައްކަންތަކުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް އެ ގައުމަށް 3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މި ވައްކަންތައް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ، މި ވައްކަންތަކަކީ މެކްސިކޯގައި ހަރަކާތްތެރިވާ ކާޓެލްތަކުން ހިންގާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

ޕެޓްރޯލް ނުލިބުމާއި ގުޅިގެން، ގައުމުގެ ބައެއް ހިސާބުތައް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައެވެ. އަދި ޕެޓްރޯލް ލިބޭނެ ވަކި އިރެއް ވެސް ނޭނގުމާއި ގުޅިގެން ގިނަބަޔަކު ތިބީ ކަންބޮޑުވެ، ގޮތް ހުސްވެފައި ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައިއެވެ.

ދައުލަތުން ހިންގާ ތެޔޮ ކުންފުނި ޕެމެކްސްއިން ބުނީ، އައު ޕެޓްރޯލް ޑިސްޓްރިއުޝަން ނިޒާމުން މުސްތަގުބަލުގައި ފައިދާކުރާނެ ކަމަށާއި، މިއީ ދާއިމީ ފައިދާއަކަށްޓަކައި އުފުލުން ޖެހިފައި އޮތް ވަގުތީ ބުރައެއް ކަމަށެވެ.

ޕެޓްރޯލް ވަގަށް ނެގުމުގެ މައްސަލަތައް މި ފަހުން ގިނަވެފައިވާ އިރު، ވަގަށް ނަގަން އުޅުމުގެ ތެރޭގައި ގޮވުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ. އެގޮތުން 2010 ވަނަ އަހަރުގައި ހިނގި ގޮވުމެއްގައި 28 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު