Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ރަޝިއާ

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ: ރައީސް ޕޫޓިން

އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ބުނެފައި ވަނީ އެމެރިކާގެ އިންތިޚާބުގެ ކުރިން ބޭއްވުނު ހިޔާލު ހޯދުމުގެ ޕޯލްތަކަށް ރަޝިއާ އިން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 ނޮވެމްބަރު 2017 | ހޮނިހިރު 19:18
ރައީސް ޓްރަމްޕް (ކ) އާއި ރައީސް ޕޫޓިން އޭޕެކް ސަމިޓުގައި

ރައީސް ޓްރަމްޕް (ކ) އާއި ރައީސް ޕޫޓިން އޭޕެކް ސަމިޓުގައި

އެމެރިކާ ގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް، އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން ބައްދަލުވުމުން ވިދާޅުވެފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވިއެޓްނާމުގައި ނޮވެމްބަރު 10 އިން 11 އަށް ކުރިއަށް ދިޔަ އޭޕެކް ސަމިޓުގައި ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓިން ކުޑަވަގުުތުކޮޅަކަށް ބައްދަލުވެފައިވާއިރު ރައީސް ޕޫޓިން އާ ހަވާލާދީ ރައީސް ޓްރަމްޕް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ރަޝިއާ އާ މެދު ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ރައީސް ޕޫޓިން އަށް ނުހަނު އުނދަގޫފުޅުވެފައިވާ ކަމަށެވެ.

ރަޝިއާ ގެ ރައީސްގެ ވާހަކަފުޅު މިމޭރުމުން ހުރިއިރު އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ބުނެފައި ވަނީ އެމެރިކާގެ އިންތިޚާބުގެ ކުރިން ބޭއްވުނު ހިޔާލު ހޯދުމުގެ ޕޯލްތަކަށް ރަޝިއާ އިން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ރަޝިއާ އިން އެމެރިކާގެ އިންތިޚާބަަށް ނުފޫޒު ފޯރުވި މައްސަލާގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މައްސަލަ ތަހުގީގުކުރަން ހާއްސަ އިންވެސްޓިގޭޓަރެއްވެސް ހަަމަޖައްސާފައެވެ. އެއީ ރޮބާޓް މުލާއެވެ. ރޮބާޓް މުލާގެ ތަހުގީގުގައި ރައީސް ޓްރަމްޕްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޓީމާ ރަޝިއާ އާއި އެއްވެސް ގުޅުމެއް ބޭއްވިތޯވެސް ބަލާނެއެވެ.

ރައީސް ޓްރަމްޕް ގެންދަވަނީ އޭޝިއާގެ ގައުމުތަކަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެމެރިކާ އާއި ރަޝިއާގެ މިހާރުގެ ދެ ރައީސުން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ ޖުލައި ގައި ބޭއްވުނު ޖީ-20 ސަމިޓުގައެވެ. އެހެންނަމަވެސް އެމެރިކާގެ ކޮންގްރެސްއިން އޭގެފަހުން އައު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނާއި ރަޝިއާއިން އެގައުމުގެ ތިބޭ އެމެރިކާ ޑިޕްލޮމޭޓުންގެ އަދަދު ދަށްކުރުމަށް ނިންމުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު