Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ ޝޫރާކައުންސިލް

ގަތަރުގެ ޝޫރާ ކައުންސިލަށް ހަތަރު އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

9 ނޮވެމްބަރު 2017 | ބުރާސްފަތި 18:36

ޝޫރާ ކައުންސިލަށްވަނީ 28 މެމްބަރަކު އައްޔަން ކުރައްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 18:36
ޝޫރާ ކައުންސިލްގެ ބައްދަލުވުމެއްގައި މެމްބަރުން އިށީނދެވަޑައިގެން

ޝޫރާ ކައުންސިލްގެ ބައްދަލުވުމެއްގައި މެމްބަރުން އިށީނދެވަޑައިގެން

ގަތަރުގެ ސަރުކާރަށް ލަފާއަރުވާ އެންމެ މުހިއްމު ގުނަން ކަމަށްވާ ޝޫރާ ކައުންސިލަށް ހަތަރު އަންހެން ކަނބަލުންނާއެކު 28 އާ މެމްބަރަކު އައްޔަން ކުރައްވައިފިއެވެ.

މިއީ 45 މެމްބަރުން ހިމެނިވަޑައިގަންނަވާ ކައުންސިލަށް އަންހެން ބޭފުޅުން އައްޔަނުކުރެވުނު ފުރަތަ ފަހަރެވެ.

މި ކައުންސިލްގެ ޒިންމާއަކީ ކެބިނެޓުން ފާސްކޮށް ފޮނުވާ ގާނޫނުތަކުގެ ޑްރާފްޓާމެދު މަޝްވަރާކޮށް އަދި ސަރުކާރުގެ އާއްމު ސިޔާސަތުތަކާ ދައުލަތުގެ ބަޖެޓާމެދު މަޝްވަރާކުރުމެވެ.

ކައުންސިލަށް އައްޔަން ކުރައްވާފައިވާ އަންހެން ބޭފުޅުންނަކީ ހިންދު އަބްދުރަހްމާން އަލް-މުފްތާހް،ހިއްސާ ސުލްތާން އަލް-ޖާބިރް،ރީމް އަލް-މަންސޫރި އަދި އާއިޝާ ޔޫސުފް އަލް-މައްނާއި އެވެ.

ޤަތަރުގެ މި ނިންމުން އައިސްފައި މިވަނީ ސައުދީ އަރަބިއްޔާއާއި، މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަދި ބަހްރެއިނުން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ ފަސް މަސް ވެފައި ވަނިކޮށެވެ.

ގަތަރުގެ މައްސަލަ ފެށުނު ފަހުން އެ ގައުމުން ވަނީ އިޖްތިމާއީ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތައް ގެނެސްފައެވެ. އޭގެ ތެރޭގައި ރަށްވެހިކަމުގެ ގާނޫނާއި ދެ މިލިއަނަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްތެރިންގެ ގާނޫނަށް ގެނެވުނު ބަދަލު ހިމެނެއެވެ.

ޝޫރާ ކަންސިލަށް ހަތަރު މެމްބަރުން އައްޔަން ކުރެވުނު ނަމަވެސް މިއީ އެގައުމުގެ ސިޔާސީ މައިދާނަށް އަންހެނުން ނުކުތް ފުރަތަ ފަހަރެއް ނޫނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް