Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު އަލީ ނިޒާރު

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ، ޕްރެޝަރު ސަރުކާރަށް ވަރަށް ބޮޑު: ނިޒާރު

9 ނޮވެމްބަރު 2017 | ބުރާސްފަތި 09:46

ދުނިޔޭގެ ގައުމަތަކާ އެކަހެރިވެގެން ރާއްޖެއަށް ކުރިއެރުމެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ނޮވެމްބަރު 2017 | ބުރާސްފަތި 09:46
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ނަމަވެސް ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުންނުވާތީ އެކަމުގެ ޕްރެޝަރު ސަރުކާރަށް ވަރަށް ބޮޑުވެފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ބޭރު ގައުމުތަކުގެ މާލީ އެހީ އާއި ކުރިއެރުން ލިބެން އޮތީ ބޭރު ދުނިޔެއިން ދައްކާ ވާހަކަތައް އަޑުއަހައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ނެގެނެސްގެން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ސަރުކާރާ އެކު ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކަތަކަކީ އަންނަ ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީތަކުން، އެ ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތު ދިނުން ކަމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ކުރެވެމުންދާ މަޝްވަރާތައް ކަމަށް ނިޒާރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނިޒާރު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ހިމެނޭ ކޮންމެ ޕާޓީއަކީ ވެސް އުސޫލުތަކެއްގެ ދަށުން ހިންގަމުން އަންނަ ވަކި ފިކުރުތަކެއްގެ ސިޔާސީ ޕާޓީތަކެއް ކަމަށް ވިޔަސް ގައުމު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި މަސައްކަތް ކުރެވޭނެ އަދި ކުރަމުންދާ ސިޔާސީ ޕާޓީތަކެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ އެ ހިޔާލު ތަފާތުވުންތައް ހުރި ވާހަކަ ސަރުކާރުގައި ހިމެނޭ ބޭފުޅުން ވެސް ވިދާޅުވެ ދެއްވަން ނުޖެހޭ ކަަމަށެވެ. ނިޒާރު އެގޮތަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ބައިބައިވެފައިވާ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެވެ. ނިޒާރު ވިދާޅުވީ ޕީޕީއެމްގެ އިސްވެރިން އެގޮތަށް ވަހަކަ ދެއްކެވި ނަމަވެސް ކޯލިޝަނެއްގެ ތެރެއިން ޕާޓީތައް މަސައްކަތް ކުރާއިރު ހިޔާލު ތަފާތުވުންތައް ހުންނާނެކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ކަމަށެވެ. އެއީ މި ދައުލަތް ސަލާމަތް ކުރުން ކަމަށެވެ. މިހާރު ދިވެހި ދައުލަތް އޮތީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާއިރު، ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

އެހެންވީމާ މިކަންކަން މިހެން ހުރީމާ މިކަމުން ސަލާމަތްވާން އެއީ އަޅުގަނޑުމެން ސިޔާސީ ޕާޓީތައް ގުޅިގެން މިކުރާ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެސް ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް