Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނެ ގޮތަށް ގާނޫނު އިސްލާހްކުރަން ގަބޫލެއް ނުވާނަން: ޕީޕީއެމް

ނަޝީދަކީ ރައީސް ޔާމިނަށް އޮތް ހުރަހެއް ނޫން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 13:35
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހް ގެނައުމަށް ވެސް ޕީޕީއެމް ދެކޮޅު ކަމަށާއި އަދި އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމެއް އެ ޕާޓީން ބުނެފި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ހިނަގަމުންދަނީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި ނަޝީދަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް ފުރުސަތުނުދޭން ޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ބާރު ގަދަ ގައުމުތަކުގެ ނުފޫޒާއެކު ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވުމަކީ ޕީޕީއެމް އިން ބަލައިގަންނާނެ ކަމެއް ނޫނެ ކަމަށެވެ.

Advertisement - newsAdvertisement
"ޕީޕީއެމް އިން ބޭނުމެއް ނޫން ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ރައީސް ނަޝީދަށް ކުރިމަތިލުމުގެ ފުރުސަތު ދޭކަށް. ވަރަށް ސާފުކޮން މި ދެންނެވީ. ޕީޕީއެމް އިން ބޭނުމެއް ނޫނޭ ގާނޫނު އަސާސީއަށް ބަދަލު އިސްލާހް ގެނެސްގެން 2018ގެ ރިޔާސީ އިންތިހާބަށް ފުރުސަތު ދޭކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދޭން ޕީޕީއެމް އިން ބޭނުން ނުވަނީ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ހުރަހަކަށްވެދާނެ ތީއެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ފުރުސަތުދޭން ދެކޮޅު ހަދަނީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ހިލާފު ކަންކަން ކުރައްވާފައި ވާތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގެ މާހައުލުއޮތް ގޮތުން ރައީސް ޔާމިނަށް ވާދަކުރެވޭނެ އިދިކޮޅު ކެންޑޭޓަކު ނެތް މި ރާއްޖެއަކުން ފެންނާކަށް. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަގީގަތް. ރައްޔިތުން ދައްކަމުންދާ މަންޒަރު. އެހެންވީމަ (ރައީސް ނަޝީދަށް ކުރިމަތިލުމަށް ފުރުސަތުދޭން ބޭނުން ނުވަނީ) އެއްވެސް ގޮތަކަށް (ރައީސް ޔާމިނަށް) ހުރަކަށްވާތީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ނަޝީދަށް ކުރިމަތިލެއްވޭނެ ކަމަށް ދެކޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

"މިއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނެތިގެން. ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއިދާއި ރައީސް ޔާމިން ގައުމުގައި އިތުރުވަމުންދާ ތާއީދަށް ބަލާއިރު އިދިކޮޅު ފަރާތްތަކަށް ދެން ތާއީދެއް ނެތީމަ ރައްޔިތުން ހައްދުވާލުމަށްޓަކައި ނުވަތަ ރައްޔިތުންނަށް ނުބައި ވިސްނުމެއް ދިނުމަށްޓަކައި ފަތުރަމުންދާ ދޮގު ވާހަކަތަކެކޭ މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް އެއްވެސް ކަހަލަ ޕްރެޝަރެއް ބޭރުގެ އެއްވެސް ފަރާތަކުން މިހާތަނަށް ކުރިމަތިކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ކުރިމަތިލެއްވުމަށް ފުރުސަތު ދިނުމާ މެދު އެ ޕާޓީގެ ކައުންސިލްގެ ތެރޭގައި ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އަދި ކައުންސިލްގެ މެމްބަރުން ތިބީ އެ ފުރުސަތު ދޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމަ އެއްވެސް ބޭފުޅަކު މި ކަމަކަށް ޖާގަ ދެއްވާނެ ކަމަކަށް ވިދާޅެއްނުވޭ. އަޅުގަނޑުމެން ޕާޓީން މި ތިބީ ވަރަށް ބޮޑަށް މި ކަމާ ދެކޮޅު ހަދައިގެން އެއްވެސް ގޮތަކަށް ވެސް މިކަން ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ގާނޫނު އަސާސީގައި ޖިނާއީ ކުށެއް ތަންފީޒުކުރަމުންދާ މީހަކަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް އޮންނައިރު ރައީސް ނަޝީދު އުޅުއްވަނީ ބައެއް މީހުން މޮޔަ ހައްދަން ކަމަށާއި އެހެން ނަމަވެސް އެންމެން މޮޔަ ނުހެއްދޭނެ ކަމަށެވެ.

"ރާއްޖޭގައި ބޭއްވޭ އެއްވެސް ރިޔާސީ އިންތިހާބެއްގައި ބައިވެރިވުމުގެ ފުރުސަތު ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ލިބިގެންނުވާނެ ކަމަށް ގަބޫލުރާ ދިވެއްސަކު ހުރެއްޖެ ނަމަ އޭގެ ތެރެއިން ގައިމުވެސް އެންމެ ފުރަތަމަ އެ ވާހަކަ ތަކުރާރު ކުރާނެ މީހަކު އަޅުގަނޑު. ދިވެހި ރާއްޖެއަށް މުހައްމަދު ނަޝީދު ދީފައި ހުރި ގެއްލުންތައް އަޅާކަނޑާ، އެއްކޮށް، ގުނަކޮށް ގެއްލީމަ ނުކުންނަ ނަތީޖާއަކީ ދުވަހަކުވެސް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ނުވަތަ އެފަދަ މަގާމަކަށް ގެނައުމަށް ކުފޫ ހަމަނުވާ މީހެއް ކަމަށް އަޅުގަނޑު ދެކެނީ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަލީ އާރިފު މި ބައްދަލުވުގައި ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޕްރެސަރ ކުރަނީ ރައީސް ނަޝީދަށް ކުރިމަތިލުމަށް ފުރުސަތު ދިނުމަށް ނޫން ކަމަށާއި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ކަންކަން ރާއްޖޭގައި ފެތުރުމަށެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު