Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ބަޔާން

ނާޒިމަށް އިންސާފް ހޯދައި ނުދީ އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ: އެމްޑީޕީ

6 ނޮވެމްބަރު 2017 | ހޯމަ 14:36

ނާޒިމްގެ މައްސަލައިގައި ޢަމަލް ކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ނޮވެމްބަރު 2017 | ހޯމަ 14:36
ނާޒިމް އާއިލާގެ މެންބަރުންނާ އެކު

ނާޒިމް އާއިލާގެ މެންބަރުންނާ އެކު

ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައި އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ކާނަލް ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތުގެ އެންމެހާ މުވައްސަސާތައް ނުކުޅެދިފައި ވާތީ، އެމްޑީޕީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ކާނަލް ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ އެޕާރޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ސަރުކާރުން އެމަނިކުފާނު ފްރޭމްކޮށްގެން ކަމަށް އެންމެހާ ރައްޔިތުންނަށް ޤަބޫލުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އެހެންނަމަވެސް ހަތިޔާރު ގެންގުޅޭ ކަމަށް ބެލެވޭ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އެންމެހާ އުސޫލުތަކާ ޚިލާފަށް ފުލުހުން މި މައްސަލާގައި ޢަމަލުކުރިކުރުމުން ފެށިގެން ގޮސް ދަޢުވާ އުފުލުމާއި ޝަރީޢަތްކުރުމާއި އިސްތިޢުނާފުކުރުމުގެ އެންމެހާ ކަމެއް ހިނގާފައިވާ ގޮތާ ހަމައަށް ފެނިފައި ވަނީ ނާޒިމަށް ފާޅުގައި ނާއިންސާފުވެފައިވާ މިންވަރު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިކަން މިހެން އޮތްއިރު، ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން އޭނާގެ ޑީއެންއޭ ސާމްޕަލް ފެނިފައިނުވި ނަމަވެސް އެހެން ތިން މީހެއްގެ ޑީއެންއޭ ސާމްޕަލް އެއިން ފެނިފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފުލުހުން އެކަން ސިއްރުކޮށްފައިވުމާއި، އަދި ގޮވާއެއްޗެއް ކަމަށް ބުނާ ބައްތި ފޯނުން ވެސް އެހެން ފަރާތެއްގެ އިނގިލީގެ ނިޝާން ފެނިފައިވަނިކޮށް އެކަން ވެސް ސިއްރުކޮށް އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމުން، އޭގެ ފަހުން ފުލުހުން އެ ޙަޤީޤަތްތައް ހާމަކޮށްފައިވުމުން މިއީ ސަރުކާރުގެ އަތެއް އޮވެގެން ކާނަލް ނާޒިމް ފްރޭމްކުރުމަށް ހިންގާފައިވާ ޖަރީމާއެއް ކަން އެނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެކިތައް މިގޮތަށް ހާމަވެފައިވަނިކޮށް، މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއަކުން ކާނަލް ނާޒިމަށް އެ ފިސްތޯލައާ ބެހޭ މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާނޭ ކަމާއި އަދި އެކަން ހިނގި ގޮތުގެ މަޢުލޫމާތު އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާތީ އެކަން ސްޕްރީމް ކޯޓަށް ހާމަކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށް އަންގަވާފައި ކަމަށާއި އެހެންކަމުން ކާނަލް ނާޒިމް ޖަލަށްލާފައި ވަނީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަކާ ގުޅުވައި އެމަނިކުފާނު ފްރޭމްކޮށްގެންކަން ރަނގަޅަށް ސާބިތުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެފަދައިން އދ. ގެ ވާރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ވެސް މި މައްސަލަ ބެލުމަށްފަހު ކާނަލް ނާޒިމުގެ މައްޗަށް 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް އަދަބުދެމުން ގެންދަނީ ކަނޑައެޅިގެން ނާއިންސާފުން ކަމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވަގުތުން މިނިވަންކޮށް އަދި ބަދަލު ލިބިދޭން ވެސް ޖެހޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީން ބުނީ މިފަދައިން ރައްޔިތެއްގެ މައްޗަށް ޖިނާޢީ ޢަދުލުގެ ނިޒާމެއްގެ ތެރެއިން ބޮޑުވެގެންވާ ނާއިންސާފެއް ވެފައިވާ ކަމާއި ބޮޑުވެގެންވާ އަދަބެއް ދެމުންދާކަމުގެ ހެކިތައް ހާމަވުމުން، މިކަމުގައި އިންސާފު ހޯދައިދިނުމުގައި އަވަސްވެގަންނަންޖެހޭއިރު، އެކަންކުރުމަށް މުޅި ދައުލަތް އެކުއެކީގައި ނުކުޅެދިފައިވުމަކީ އިއްތިފާޤެއް ނޫން ކަމަށާއި އެއީ ގަސްދުގައި ޤާނޫނީ މަސްއޫލިއްޔަތުން ބަރީއަވުންކަމުގައި ދެކޭ ކަމަށެވެ. އަދި މިކަމުގެ ޒިންމާ އެފަރާތްތަކުން ފުރިހަމައަށް ނަގަންޖެހޭނޭ ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކާނަލް ނާޒިމް ފްރޭމްކޮށް ނުޙައްޤުން ޖަލަށްލާފައިވާ މައްސަލާގައި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުވައްސަސާތަކަށާއި ސްޕްރީމް ކޯޓަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް