Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

އުތުރު ކޮރެއާއަށް އެރުން ނޫން ގޮތެއް ނެތް:ޕެންޓަގަން

14 ނޮވެމްބަރު 2017 | އަންގާރަ 19:36

އުތުރު ކޮރެއާއަށް އެމެރިކާ ސިފައިން އަރައިފިނަމަ އެތައް ހާސް ބަޔަކު ފުރަތަމަ ގަޑިއިރުތެރޭވެސް މަރުވާނެ: ޕެންޓަގަން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 19:36
ދެކުނު ކޮރެއާ އަދި އެމެރިކާ ސިފައިން ގުޅިފައިވާ ތަމްރީންތަކެއްގައި ބައިވެރިވަނީ

ދެކުނު ކޮރެއާ އަދި އެމެރިކާ ސިފައިން ގުޅިފައިވާ ތަމްރީންތަކެއްގައި ބައިވެރިވަނީ

އުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލައި، އެޤައުމަކީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމެއްކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ އެއްގަމު މަގުން އުތުރު ކޮރެއާއަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގައިގެން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ޓެޑް ލިއު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން އެމެރިކާގެ އަސްކަރިއްޔާގެ އެންމެ މަތީ ގުނަވަންކަމަށްވާ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ވިސްނުން މިކަމުގައި އޮތް ގޮތް ހާމަކުރައްވަމުން ރިއަރ އެޑްމިރަލް މައިކަލް ޑުމޮންޓް ވިދާޅުވީ އެއްގަމު މަގުން އުތުރު ކޮރެއާއަށް އެރުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ މިފަދަ ދަނޑިވަޅެއްގައި މަރުވާނެ ނުވަތަ ޒަޚަމްވާނެ މީހުންގެ އަދަދު އަންދާޒާކޮށްލަން ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ބިމު އަޑީގަޔާއި އެހެނިހެން ރައްކާތެރި ތަންތަނުގައި ފޮރުވާފައިވާއިރު، އެތަކެތި ނައްތާލުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މި މަސައްކަތްކުރަމުން ދާއިރު، އުތުރު ކޮރެއާއިން ރައްދު ހަމަލާއެއްގެ ގޮތުގައި ނިއުކްލިއަރ ހަމަލާއެއް ދިނުމުގެ ބިރު އޮންނާނެއެވެ. އަދި ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަމަލާއެއް އުތުރު ކޮރެއާއިން ދީފާނެކަމުގެ ބިރުވެސް އެބައޮތް ކަމަށް ޕެންޓަގަންއިން ބުނެއެވެ..

އެމެރިކާގެ އަސްކަރިއްޔާގެ މި އެސެސްމެންޓާމެދު ކޮންގްރެސްގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އުތުރު ކޮރެއާއާއިއެކު އެމެރިކާއިން ކުރިމަތިލުމަކަށް ހިނގައްޖެނަމަ ގިނަ ބަޔަކަށް އޭގެ ގެއްލުންވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ނުރައްކާ ޕެންޓަންއިން ފާހަގަކުރާއިރު، މިހާރު އިރުމަތީ އޭޝިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އުތުރު ކޮރެއާއަށް އަސްކަރީ ހަމަލާއެއް ދީފާނެކަމަށް ދޭތެރެ ދޭތެރެއިން އިންޒާރު ދެއްވަމުންނެވެ. އެހެން ނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އާއި ޚާރިޖީ ވުޒާރާގެ ވިސްނުމަކީ އަސްކަރީ ފިޔަވަޅުތަކަށް ދިޔުމުގެ ކުރިން ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ ފިޔަވަޅުތައް އަޅައިގެން މައްސަލައަށް ހައްލެއް ހޯދުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް