Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ކޮރަޕްޝަން

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ 11 އަމީރަކާއި 4 ވަޒީރަކު ހައްޔަރުކޮށްފި

5 ނޮވެމްބަރު 2017 | އާދީއްތަ 03:34

އެންޓި ކޮރަޕްޝަން ކޮމިޓީ އެކުލަވާލީ ރަސްގެފާނުގެ ޝާޙީ ޤަރާރަކުން ހޮނިހިރު ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 5 ނޮވެމްބަރު 2017 | އާދީއްތަ 03:34
ސައުދީ ރަސްގެފާނު ސަލްމާން އަދި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން

ސައުދީ ރަސްގެފާނު ސަލްމާން އަދި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ އަރަބިއްޔާގެ 11 އަމީރަކާއި ހަތަރު ވަޒީރަކު ހައްޔަރު ކޮށްފި އެވެ.

ސައުދީ ޝާހީ އާއިލާ އަދި ސައުދީ ސަރުކާރުގެ އިސްބޭފުޅުން ހައްޔަރު ކޮށްފައިވަނީ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީ އަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ޝާޚީ ޤަރާރަކުން އާދީއްތަ ދުވަހު އެކުލަވާލި ކޮމިޓީ އެއް ކަމަށް ސައުދީގެ ރަސްމީ ނިއުސް އޭޖެންސީން ބުނެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބޮޑެތި ބާރުތަކާއެކު އެކުލަވަލާލި މިކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައިވަނީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާއިބެހޭ އިސްވެރިޔާ އެވެ.

މިކޮމިޓީ އަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ތަހުގީގު ހިންގުމާއި، ހައްޔަރު ކުރުމާއި، ދަތުރުފަތުރު ކުރުން މަނާ ކުރުމާއި، އެކައުންޓްތަކާއި ޕޯޓްފޯލިއާ ފްރީޒް ކުރުމާއި، ފައިސާގެ މުއާމަލާތްތަކާއި، މުދާ ހޯދާފައިވާ ގޮތުގެ ތަފްސީލް ހޯދުން ހިމެނެއެވެ.

ކޮމިޓީ އެކުލަވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި 11 އަމީރަކާއި ސައުދީ ސަރުކާރުގެ ހަތަރު ވަޒީރަކު ހައްޔަރުކޮށްފައިވާއިރު، ކުރީގެ ވަޒީރުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީ ޓީވީއެއް ކަމަށްވާ އަލް އަރަބިއްޔާ އިން ރިޕޯޓްކޮށްފައިވެއެވެ. ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ނަމާއި، އެބޭފުޅުން ހައްޔަރުކޮށްފައިވަނީ ކޮރަޕްޝަންގެ ކޮން މައްސަލައަކާއި ގުޅިގެންކަން އަދި ހާމަކޮށްފައެއްނުވެއެވެ.

އެހެންނަމަވެސް މިމައްސަލާގައި ހައްޔަރު ކޮށްފައިވާ އަމީރުންގެ ތެރޭގައި ޕްރިންސް އަލްވަލީދު ބިން ތަލާލް ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަލްވަލީދު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ވޯލް ސްޓްރީޓް ޖާރނަލް، ނިއު ޔޯކް ޓައިމްސް އަދި ސީއެންބީސީ ހިމެނެއެވެ. ބިލިއަނަރެއް ކަމަށްވާ އަލްވަލީދު ހައްޔަރާއި ގުޅިގެން ސައުދީ އަރަބިއްޔާ އަދި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކަށް ލޮޅުން އަރާނެ ކަމަށް ބެލެވޭ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަލްވަލީދުގެ ވިޔަފާރިތަކުގެ ތެރޭގައި ކިންގްޑަމް ހޯލްޑިންގ ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އެމެރިކާގެ ބޮޑެތި ވިޔަފާރިތައް ކަމަށްވާ ނިއުސް ކޯޕް، ސިޓީގްރޫޕް، ޓްވިޓަރ، އެޕަލް އަދި ޓްވެންޓި ފަސްޓް ސެންޗަރީ ފޮކްސް ފަދަ ކުންފުނިތަކުގައި އަލްވަލީދު އިންވެސްޓް ކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލަށް އެކުލަވާލި ސައުދީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ފަށާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2009 ވަނަ އަހަރު ޖިއްދާގައި ފެންބޮޑުވުމުގެ މައްސަލައާއި، 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި މާރސް ވައިރަސް ފެތުރުމުގެ ހާދިސާ އާއި ގުޅުންހުރި މައްސަލަތަކެއް ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓް ކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް