Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން

ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ބަޔަކު ގަދަކަމުން ކަމަށް ދެއްކުމަށް މަސައްކަތްކުރި : އަލީ ވަހީދު

3 ނޮވެމްބަރު 2017 | ހުކުރު 18:29

މިއަދު އެ ފައިސާ ރައީސްގެ އެކައުންޓަށް ވަންކަން ހާމަވުމުން އުފާކުރަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 ނޮވެމްބަރު 2017 | ހުކުރު 18:29
އެމްޑިޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު

އެމްޑިޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު

މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ، ރައީސް ޔާމީނަށް އެނގިވަޑައިނުގެން ނުވަތަ ބަޔަކު ގަދަކަމުން ވެއްދި ފައިސާ ކަމަށް ދެއްކުމަށް ބަޔަކު މަސައްކަތްކުރި ކަމަށް އެމްޑިޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެެވެ.

އެ ފައިސާ ރައީސް ޔަމީންގެ އެކައުންޓަށް ޖަމާވިކަން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ސާބިތުވެފައިވާކަން ހާމަކުރުމުން، "އަސްތާ ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު" މި ނަމުގައި ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްގައި އަލީ ވަހީދު ވިދާޅުވީ، އެ ފައިސާ ރައީސްގެ އެކައުންޓަށް ޖަމާވެފައިވަނީ ސީދާ އެމްއައިބީގެ މެނޭޖްމެންޓަށް އެނގިގެން ކަަމަށެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެވަރުގެ ބޮޑު އަދަދެއް ޖަމާކުރާއިރު އެމްއައިބީގެ އިސް ބޭފުޅުންނަށް ނޭނގިއެއް ނޯންނާނެއެވެ. އެކަމުގައި ކުރީގެ ނައިބު ރައީސް، އަދި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބުގެ ފޯނުން ލިބުނު މައުލޫމާތު ތަކަކީވެސް ސައްޚަ މައުލޫމާތު ތަކެއްކަން އިނގިރޭސި ވިލާތުގައި ކުރެވުނު ތަހުގީގުތަކުން ސާބިތުވެފައިވާކަމަށެވެ. އަދި ސަރުކާރު ބަދަލުވި ދުވަހަކުން އެ މައުލޫމާތުތައްވެސް ހާމަވެގެން އަންނާނެކަމަށެވެ.

އެންމެން ވެސް ސުވާލު އުފައްދަންވީ އެއީ ކޮން ގޮތަކުން ރައީސް ޔާމީންއަށް ލިބިވަޑައިގެންނެވި ލާރިއެއްތޯ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އިންސާފުގެ ޒައްރެއްގެ މިންވަރު އޮތް ނަމަވެސް މިކަންކަމާމެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެއެވެ. އަދި 2018 އަށް ވެސް މީގެ އިތުރު ވާހަކަތައް އައިސް ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ތެދު ވާހަކަ ދެއްކީތީ ޕާސްޕޯޓް ބާތިލްކޮށް މި ތިބީ ގައުމަށް ނޭރޭ ގޮތް ހަދާފައި. އެދުވަހު ދެއްކި ވާހަކަ އޭސީސީން ކަށަވަރުކޮށްދިނީތީ އުފާކުރަން" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ޓެރެރިޒަމްގެ ދައުވާ އުފުލާ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގީ އެ ލާރިގެ ވާހަކަ ދިވެހި ރައްޔިތުނަށް ފަޅާއަރުވާލުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ހާމިދު ސޭޓް ހައްޔަރުކުރުމުގެ ކުރީން ހާމިދު ސޭޓާއިއެކު ކުރެވުނު މުއާމަލާތްތަކާއި، އަދި އަދީބާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ މެދުގައި ހިނގާދިޔަ މުއާމަލާތްތަކުން އެ އެއް މިލިއަން ޑޮލަރު ހޯދުމަށް ރައީސް ޔާމީން ޕްރެޝަރކުރައްވާކަން އެނގި ހާމަވާކަމަށެވެ. އަދި އެ މުއާމަލާތްތައް އައިގޮތްވެސް އެނގިވަޑައިގަންނަވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.އަދި މި ކަމުގެ ތަފްސީލްތަކާއި ހަގީގަތް ހާމަވެގެން ދާނީ މިނިވަން އިންސާފުވެރި ތަހުގީގެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ. އިންތިޒާރުކުރަމުންދަނީ އެދުވަހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނާމެދު ކުރެވުނު ތުހުމަތަކީ، އަމިއްލައަށް ބަޔަކު އުފައްދައިގެން ދެއްކި ވާހަކަތަކެއް ނޫންކަން މިއަދު އޭސީސީގެ ތަހުގީގުން ދިވެހި ރައްޔިތުންނަށް ސާބިތުވެފައިވާއިރު، ދުވަހެއްގެ ކޮޅުން ވެރިކަން ބަދަލުވިޔަސް ހެއްކެއް އުފައްދަން ނުޖެހޭ މިންވަރަށް އެކަން އޮތީ ފަޅާއަރާފައިކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި، ރައީސް ޔާމީނުގެ ނުފޫޒުގެ ދަށުގައި އެ މުއައްސަސާތައް އޮތް އިރުވެސް އެ މުއައްސަސާތަކުން އެ ވިދާޅުވީ، އެފައިސާ ވަނޭ. ރައީސަށް ސާފުވެއެްޖެ. އެފައިސާ ވަނީ ކިހިނެއްކަމާއި، އަދި އެފައިސާ ޖަމާކުރި މީހުންވެސް ދުނިޔޭގައި އަދި އެބަތިބި. އަދި އެކަމުގައި ބޭންކުގެ އެތެރެއިން ބައިވެރިވި މީހުންވެސް ދުނިޔޭގައި އެބަތިއްބެވި. އޭރު އެމްއެމްއޭގެ ފާރާތުންވެސް އަޅުގަނޑުމެންނާއި ދެކޮޅަށް ބަޔާންނެރުނު" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރަކަށް އޭރު ހުންނެވި ބޭފުޅާ މިހާރު ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވިއިރު، ބޭންކުގެ ތެރެއިން އެފަދަ ބޮޑެތި މުއާމަލާތްތައް އަދި މަރުކަޒީ ބޭންކަށްވެސް އެކަންކަން ހިނގާދިޔަގޮތް އެނގޭއިރުއެކަން ބައްލަވާފައި ނުވާކަމަށެވެ. އަދި ބޭންކްއޮފް މޯލްޑިވްސް ބޭފުޅުންނަށްވެސް ވެސް އެކަން އެނގި، އެބޭފުޅުން އެކަމުގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް އެމްޑީޕީގެ އިސް ފާރާތްތަކާ ގުޅައިގެން މަސައްކަތްކުރިކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އެންމެ ހަތަރު ލައްކައެއްހާ ރުފިޔާ ފުޓްބޯޅަ ކްލަބަކުން ބޭންކަށް ޖަމާކުރުމުން އެއީ، އެ ކްލަބުން ފޮނުވި އެއްޗެއްތޯ ގުޅައި ޔަގީން ކުރާއިރު، މިލިއަން ޑޮލަރުން ބޮޑު އަދަދެއް ޖަމާވާއިރު ނުބަލައި ނުހުންނާނެކަމަށެވެ.އެއް އެކައުންޓަކަށް އެވަރުގެ ބޮޑު އަދަދެއް ވަންނައިރު ސުވާލެއް ވެސް ކޮށްނުލައި އެކަން ފޮރުވާފައި އޮތުމަކީ ދިވެހި ދައުލަތުން ހިންގި ބޮޑު ޖަރީމާއެއްކަމަށް އަލީ ވަހީދު ސިފަކުރެއްވިއެެވެ.

އޭނާ ވިދާޅުވި ގޮތުގައި އެދުވަހު ދެއްކި ވާހަކަ މިއަދު ތެދަކަށް ވުމުން އުފާކުރައްވައެވެ. އަދި ދެން އުންމީދު ކުރަނީ އެކަންކަން ފުރިހަމައަށް ބެލި ތަހުގީގުކުރެވި، އެވާހަކަތައް އެދުވަހު ހާމަކުރުމުން ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ލިބޭނެ ދުވަހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ރާއްޖެޓީވީއަށް ލިބެމުންދާ އަނިޔާގެ ފެށުމަކީވެސް އެއީކަމަށާއި، އެހެންނަމަވެސް ފަސްޖެހުމެއް ނެތި، އޭރުވެސް އޮތް ސްޓޭންޑްގެ މަތީ ރާއްޖެޓީވީ ވަކިފަރާތަކަށް ބުރަނުވެ ސާބިތުވެ މިއަދުވެސް އޮތީތީ އުފާކުރައްވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ގޮތުގައި ކުރިން ހަރަކާތްތެރިވި، އެ ކޮމިޝަންގެ މިހާރުގެ ރައީސް ޝަހީބު ކާރުކޮޅަކާއި މަދު ލާރިކޮޅަކަށްޓަކައި މިނިވަން ނޫސްވެރިކަން ނައްތާލުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ ތަޖުރިބާއާއިއެކު އެ ދަރަޖައަށް ޝަހީބު ވެއްޓުނީތީ ހިތާމަކުރައްވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މިފަދަ އެތަށް ބައިވަރު ޖަރީމާތަކުގެ ކަންކަން އަދި ކުރިއަށް އޮތްތަނުގައި ފަޅާއަރާނެއެެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދޭތެރޭ މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެކަންކަންފަޅާއަރާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް