Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުވެއިތުގެ ސަރުކާރު

އިސްތިއުފާ ދެއްވި ކުވެއިތުގެ ބޮޑުވަޒީރު އަލުން އެ މަގާމަށް

ހޯމަ ދުވަހު އިސްތިއުފާ ދެއްވި ޝެއިޚް ޖާބިރުގެ އިސްތިއުފާ ޤަބޫލް ކުރެއްވުމަށްފަހު، އަލުން އެމަގާމަށް އައްޔަން ކުރެއްވީ ބުރާސްފަތި ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2017 | ބުރާސްފަތި 18:41
ބޮޑުވަޒީރުގެ މަގާމަށް އަލުން އައްޔަން ކުރެއްވުމަށް ފަހު ޝެއިޚް ޖާބިރާއި ކުވެއިތުގެ އަމީރު ޝެއިޚް ސަބާހް ބައްދަލުކުރައްވަނީ

ބޮޑުވަޒީރުގެ މަގާމަށް އަލުން އައްޔަން ކުރެއްވުމަށް ފަހު ޝެއިޚް ޖާބިރާއި ކުވެއިތުގެ އަމީރު ޝެއިޚް ސަބާހް ބައްދަލުކުރައްވަނީ

ކުވެއިތުގެ ބޮޑުވަޒީރުގެ މަގާމަށް، މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ޝެއިޚް ޖާބިރު އަލް މުބާރަކް އަލް ސަބާހް އަލުން އައްޔަން ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ މަގާމަށް ޝެއިޚް ޖާބިރު އަލުން އައްޔަން ކުރެއްވުމަށް ކުވެއިތުގެ އަމީރު ޝެއިޚް ސަބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް ބުދަ ދުވަހު ނިންމަވާފައި ވަނީ، ޤާނޫނު ހަދާ މަޖިލީހާ މެދު އުފެދުނު ނުތަނަވަސް ކަމެއްގައި ބޮޑުވަޒީރުގެ މަގާމުން ޝެއިޚް ޖާބިރާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދެއްވިތާ ތިން ދުވަސް ވެސް ނުވަނީހެވެ.

ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް ޖާބިރު އަލް މުބާރަކް އަލް ސަބާހްގެ އިސްތިއުފާ، އެޤައުމުގެ އަމީރަށް ހުށަހަޅުއްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ބޮޑުވަޒީރު ޝެއިޚް ޖާބިރާއި އޭނާގެ ކެބިނެޓްގެ އިސްތިއުފާ ކުވެއިތުގެ އަމީރު ޝެއިޚް ސަބާޙް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާޙް ވަނީ ހަމަ އެދުވަހު ގަބޫލު ކުރައްވާފައެވެ.

ކުވެއިތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވީ، އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއަރޒް އަދި ވަގުތީ ގޮތުން އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް މުޙައްމަދު އަބްދުﷲ އަލް މުބާރަކް އަލް ސަބާހްއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ދެ މައްސަލައެއްގެ ވޯޓު، މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް ތާވަލް ކޮށްފައިވަނިކޮށް ކަމަށް ކުވެއިތު ނިއުސް އޭޖެންސީ (ކޭޔޫއެންއޭ) އިން ރިޕޯޓް ކުރިއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ އަށް ޝެއިޚް މުޙައްމަދު އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަނީ، ތަފާތު އެކި މައްސަލަތަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޤާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެންނެވެ.

އެޖަލްސާ އަށް އެޖެންޑާ ކުރި މައްސަލަތަކުގެ ތެރޭގައި ޒުވާނުންނާ ކުޅިވަރު، އަދި ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޙާއްސަ ބޯހިޔާވަހިކަމާއި، ވިޔަފާރީގެ މާހައުލެއް ގާއިމް ކުރުމާއި، އަންހެނުންނާއި އާއިލީ ކަންކަމާއި ތިމާވެށްޓާ ގުޅޭ މައްސަލަތަކަށް ހާއްސަ ވަގުތީ ކޮމިޓީތަކެއް އެކުލަވާލުން ހިމެނެއެވެ.

އެހެންނަމަވެސް ބޮޑުވަޒީރުގެ އިސްތިއުފާއާއެކު، އާ ސަރުކާރެއް އެކުލަވާލެވެންދެން ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައެވެ.

ކުވެއިތުގެ ބޮޑުވަޒީރުގެ މަގާމާއި ޝެއިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭރު ހުންނެވި ބޮޑުވަޒީރު ނާސިރު މުޙައްމަދު އަލް އަހުމަދު އަލް ސަބާހް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭރު ޝެއިޚް ޝަބާހް ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކޮށް، ޝެއިޚް ސަބާހް ވަނީ ބޮޑުވަޒީރުގެ މަގާމް ދިފާއު ކުރައްވާފައެވެ.

ފަހުގެ ތާރީޚުގައި ކުވެއިތުގެ ކެބިނެޓްގެ މަގާމްތަކަށް އަވަސް އަވަހަށް، ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެންމެ ފަހުން ކުވެއިތުގެ ކެބިނެޓަށް ބޮޑު ބަދަލެއް އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު