Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ރިޔާޒު

ގައުމުން ބޭރުގައި ތިއްބެވި ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނަން: އަބްދުﷲ ރިޔާޒް

އިދިކޮޅު އިއްތިޙާދު އޮތީ ވަރުގަދަކޮށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ނޮވެމްބަރު 2017 | ބުރާސްފަތި 18:59
އަބްދުﷲ ރިޔާޒް ދިއްދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ

އަބްދުﷲ ރިޔާޒް ދިއްދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ

ތަފާތު އެކި ސަބަބުތަކާ ހުރެ ގައުމުން ބޭރުގައި މި ވަގުތު ތިއްބެވި ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ހއ ދިއްދޫގައި އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި، ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އިދިކޮޅު ލީޑަރުން ތިއްބެވީ އެބޭފުޅުން މިއަހަރުގެ މާޗް މަހު ވީ އެއްބަސްވުމާއި އެއްގޮތަށް އިއްތިޙާދުވެގެންކަމަށާއި، ރައީސް ޔާމީން ބަލިކުރާނެ ފޯމިއުލާއެއް އިދިކޮޅު އިއްތިޙާދުން ނެރޭނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީނަށް ތާޢީދު ނެތް ސަބަބުތައް ވަރަށް ގިނަކަމަށެވެ. އޭގެ ތެރެއިން އަނިޔާވެރިކަން އިސްކުރުން ފާހަގަކޮށް ރިޔާޒް ވިދާޅުވީ އިންސާފުވެރި ފަނޑިޔާރުގެއަކުން ހުކުމްކޮށްގެން އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށް އެވަރުގެ ހުކުމެއް ނުކުރާނެ ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖްތަމައު ޤަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ.

ހަމައެފަދައިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ދެކޮޅަށް މައްސަލައެއް އުފައްދައިގެން ހުކުމް ކުރި ކަމަށް ތުހުމަތުކުރައްވައި، ރިޔާޒްވަނީ އެކަންވެސް ދިވެހިން ޤަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާނަލް ނާޒިމްއާއި ޝެއިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ޙުކުމްތަކާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީޢަތް ވެސް ދިވެހިން ޤަބޫލުނުކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ދިވެހިންނަކީ އަނިޔާއާ އަބަދުވެސް ދެކޮޅު ބައެއް ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، ދިވެހި ރައްޔިތުން އެކުވެގެން މިވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ވެސް ފާޑުވިދާޅުވަމުން ރިޔާޒް ވިދާޅުވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ. ސަބަބެއްކަމަށް ރިޔާޒް ވިދާޅުވީ ޤާނޫނުއަސާސީއާއި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ޚިލާފަށް އެކޮމިޝަނުން އަމަލުކުރަމުންދާތީ ކަމަށެވެ.

ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒްވަނީ އިދިކޮޅު ލީޑަރުންނަށް އިތުބާރުކުރައްވައި، އެލީޑަރުންގެ ފަހަތުގައި ތިބުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މި ހަފުތާގައި ދ. އަތޮޅަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވީ ރައީސް ޔާމީނު އެ ވިދާޅުވާ ބަހަށް ދިވެހިން އަރަން ބޭނުން ނުވާ ކަމަށެވެ. ވައްކަންކުރާ ތަރައްގީއެއް ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު