Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލުއިފުޅި

"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި

1 ނޮވެމްބަރު 2017 | ބުދަ 16:34

ކުރިން 1775 ރުފިޔާއަށް ވިއްކަމުން އައި ލުއިފުޅި މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިއްކަމުން ދާނީ 1500 ރުފިޔާ އަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 ނޮވެމްބަރު 2017 | ބުދަ 16:34
ކުރިން 1775 ރުފިޔާއަށް ވިއްކަމުން އައި ލުއިފުޅި މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިއްކަމުން ދާނީ 1500 ރުފިޔާ އަށް

ކުރިން 1775 ރުފިޔާއަށް ވިއްކަމުން އައި ލުއިފުޅި މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިއްކަމުން ދާނީ 1500 ރުފިޔާ އަށް

ގޭހުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭހުން ވިއްކަމުން އަންނަ އެ ކުންފުނީގެ އެންމެ ހާއްސަ އެއް ޕްރޮޑަކްޓް ކަމަށްވާ "ލުއިފުޅި" ގޭސް ފުޅީގެ ރެޖިސްޓްރޭޝަން ފީގެ އަގު ހެޔޮ ކޮށްފިއެވެ.

ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ދަށުން މީގެ ކުރިން 1775 ރުފިޔާއަށް ވިއްކަމުން އައި ލުއިފުޅި މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިއްކަމުން ދާނީ 1500 ރުފިޔާ އަށެވެ.ބުަދަ ދުވަހުގެ ހަވީރު މޯލްޑިވް ގޭސް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަންގެ ލޯންޗްކޮށްދެއްވީ މޯލްޑިވް ގޭސްގެ ފައިނޭންސް މެނޭޖަރު އަހުމަދު ރަމީޒުއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭސްގެ މާކެޓިންގ މެނޭޖަރ އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، ލުއިފުޅިއަށް ހާއްސަކޮށް މިއަދު ފެށި މި ޕްރޮމޯޝަންގައި ލުއިފުޅީގެ ރެޖިސްޓްރޭޝަން ފީއަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން 1775 ރެޖިސްޓާ ކުރަމުން އައި ލުއިފުޅި މިހާރު އަޅުގަނޑުމެން ރެޖިސްޓްރޭޝަން މި އިނީ ވަރަށް ބޮޑު ޑިސްކައުންޓެޑް ޕްރައިސެއްގައި. މިހާރު ރެޖިސްޓާ ކުރަން ހުރިހާ ކަސްޓަމަރުން ދައްކަވަން މި ޖެހެނީ 1500 ރުފިޔާ". އާމިނަތު ވިދާޅުވިއެވެ.

އާމިނަތު ވިދާޅުވީ، މިހާރު ލުއިފުޅީގެ 10 ކިލޯގެ ފުޅިއަށް ރީފިލް ކުރުން 200 ރުފިޔާއަށް އަގުހެޔޮ ކޮށްފައިވާއިރު، ރަށްރަށުގައި ތިއްބަވާ މޯލްޑިވްސް ގޭސްގެ އެޖެންޓުން މެދުވެރިކޮށް ލުއިފުޅިއަށް ރެޖިސްޓާ ކުރާ ފަރާތްތަކަށް ވެސް މި ހެޔޮ ބަދަލު ފެނިގެން ދާނެ ކަމަށެވެ.

މިހާރު ލުއިފުޅިވެފައި މި ވަނީ ރާއްޖޭގެ އިތުރުން، މުޅި ދުނިޔޭގައި ވެސް ރައްކާތެރިކަމުގެ ގޮތުންވެސް އެންމެ ފުރިހަމަ އެއް ގޭސް ފުޅިއަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮޑަކްޓަކީ ތިމާވެށީގެ ގޮތުން ބެލިޔަސް، މުޅި ދުނިޔޭގަ ވަކިން ހާއްސަކޮށް ޔޫރަޕްގައި ޔޫރޯ 1 ސެޓްފިކެޓްވެ ސް މި ވަނީ މި ޕްރޮޑަކްޓަށް ލިބިފައި. އެއީ ތިމާވެށީގެ ގޮތުން އެންމެ ރައްކާތެރިގޮތަށް ތައްޔާރުކުރެވިފައިވާ ޕްރޮޑަކްޓަކަށްވާތީީ" އާމިނަތު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން ވިއްކަމުން އަންނަ ލުއި ފުޅިއަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހާއްސަ ޓެސްޓެއް ކޮށްފައިވާ ފުޅިއެކެވެ. މި ފުޅިއަކީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ނުގޮވާނެ ފުޅިއެއްކަން އެމްއެންޑީއެފް އިން ވެެސް ވަނީ ކަަށަވަރު ކޮށްދީފައެވެ.

ބަރުދަނުގައި އެންމެ ފަސް ކިލޯ ހުންނަ މި ފުޅިއަކީ އުފުލައި ގެންގުޅެން ފަސޭހަ ލުއި ފުޅިއެކެވެ. އަދި ބަދިގޭގެ ކަބަޑް ސެޓްތައް ޒީނަތްތެރިކަން ނުގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ މި ފުޅީގައި ދަބަރެއް ނުޖަހައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް