Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރު

އަނަސް މަރާލީ އޮޅިގެން ކަމަށް ފުލުހުންވެސް ބުނެފި

ތަހުގީގަށް ވަނީ 517 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް ބަލާފައިި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 އޮކްޓޯބަރު 2017 | އަންގާރަ 12:55
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިއަހަރު ޖުލައިމަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީ މަރާލި ރ.މީދޫ ފެންފިޔާޒުގެ އުމުރުން 25 އަހަރުގެ މުޙައްމަދު އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށް ފުލުހުން ވެސް ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށާއި އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

އިސްކަންދަރު ކޮށީގައި އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އަނަސް މަރާލީ ދެ ގުރޫޕެއްގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަމެއްގެ ތެރޭގައި އެއްގުރޫޕަކަށް ނިސްބަތްވާ މީހުން ހަނދުވަރުދޭ ގޯޅި ތެރޭގައި ތިބިކަން އެނގިގެން އެ މީހުން މަރާލަން ރާވައިގެން އެތަނަށް ދިޔަ ވަގުތު އެތަނުގައި ހުރި ސައިކަލެއްގެ މަތީގައި އިނދެފައި އަނަސްއަށް އެމީހުން ފެނިގެން ބިރުން ދުވެފައި ލިޓަސް ތެރެއަށް ވަނުމުން އަނަސް އެއީ އެ ގުރޫޕަށް ނިސްބަތްވާ މީހެއް ކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަދި 8 މީހަކު 4 ސައިކަލެއްގައި ދިޔައީ މީހަކު މަރާލުމަށް ވަޅިހިފައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެމީހުން ދިޔައިރު އެމީހުން ހޯދަމުންދިޔަ މީހުން އެސަރަހައްދުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށްވަނީ ވަޅި ޖަހާފައެވެ. އަދި ލިބިފައިވާ ޒަހަމުތަކުގެ ސީރިއަސްކަމުން އަނަސް އެތަނުގެ ތެރޭގައި މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޢާއްމުން އެއްވެ އަނަސް ވެއްޓިފައިވާ މަންޒަރު ބަލައި ފޮޓޯ ނަގާ ހެދިއިރުވެސް އެއްވެސް މީހަކުއޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ލިޓަސްގެ މުވައްޒަފުންތަކެއް އަނަސްގެ ގެއިން ފައިބަމުންދިޔަ ލޭ މަނާކުރެވޭތޯ ބަލަމުން ދިއަ ކަމަށެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށާއި ވަގުތުން ދެވެން ހުރި ފަރުވާ ޑޮކްޓަރުން ދިންނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަނަސް އަކީ އޭނާ މަރާލުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ލިޓަސްގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް ލިޓަސް ކައިރިއަށް ދިޔައީ ކުރިން އޭނާއާއެކު އެތަނުގައި އުޅުނު ރަހުމަތްތެރިންނާ ބައްދަލު ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމަރާ ގުޅިގެން ވަރަށް ޚާއްޞަ ތަހުގީގެއް ފުލުހުން ކުރި ކަމަށާއި 517 ގަޑިއިރުގެ ސީސީ ޓީވީ ފުޓޭޖް ބެލުމުގެ އިތުރުން 53 މީހަކާ ސުވާލު ކުރެވިފައިވާނޭ ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނޭ ކުޑަ ކުއްޖާ ނޫން ހަތް މީހުންގެ މައުލޫމާތުވަނީ އާއްމުކޮށްފައެވެ.

އެގޮތުން ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރީ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ތ ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒްއާއި، މ ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާގުއެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރޭގައި މޫނު ނިވާކޮށްގެން އެއަމަލުގައި ބައިވެރިވި މީހުންވެސް ހިމެނޭ ކަމަށާއި އެކަން ކުރުމުގައި ބައިވެރިވި އެންމެން ހޯދިފައިވާއިރު އެކަން ކުރުމުގައި ލަސްވީ ބައެއް މީހުން އެމީހުން ފޮރުވަން މަސައްކަތް ކުރުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު