Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ދާއިރާ

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

4 އިންވެސްޓްމަންޓް ފޯރަމް ބާއްވައިގެންވެސް އިންވެސްޓްކުރާނެ ބަޔަކު ނުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 00:40
ޑުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަނީ

ޑުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަނީ

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށްކަމަށް ބުނެ ބާއްވަމުންދާ އިންވެސްޓްމަންޓް ފޯރަމްތަކުގެ ހަތަރު ބުރު ކާމީޔާބީއެއް ނުލިބި ނިންމާލާފައިވަނިކޮށް، ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތަކެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިހާރުވަނީ އެ މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމާއި އެފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މަސައްކަތް ކޮށްދޭނެ އިންވެސްޓްމަންޓް ޕްރޮމޯޝަން ލޯކަލް ކޮންސަލްޓަންސީ ފާރމެއް ނުވަތަ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެގެން އިއުލާންކޮށްފައެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމާއި އެފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެންބަރު ވާ އާންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުން އެދޭކަމަށެވެ.

ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީއިން މަސައްކަތްކުރާއިރު، ސިންގަޕޯރ، ޗައިނާ، އިންޑިއާ އަދި ޑުބާއީގައި ރާއްޖޭއިން އިންވެސްޓްމަންޓް ފޯރަމްތައް ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް އެ ފޯރަމްތައް މެދުވެރިކޮށް ރާއްޖެއަށް މިހާތަނަށް އިންވެސްޓްމަންޓެއް އައިސްފައެއް ނުވެއެވެ. މިދެންނެވި އިންވެސްޓްމަންޓް ފޯރަމްތަކުގެ ބޭރުން ރާއްޖެއަށް އަބަދުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ކުންފުނިތައް އާދެއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދާއި އަދި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަނީ މިހާރުވެސް އިންވެސްޓްކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގައި ހުރި ވަޞީލަތްތައް މަދުކަމުން، ހިފެހެއްޓުމެއް ނެތި ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދަން އުޅުމުގެ ސަބަބުންވެސް ނޭދެވޭ އަސަރުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2019

ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

11 ޖެނުއަރީ 2019
ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި
14 ޖުލައި 2018

އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ

14 ޖުލައި 2018
އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ
25 އެޕްރީލު 2018

އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި

25 އެޕްރީލު 2018
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި
19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
01 ޖެނުއަރީ 2018

އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ

01 ޖެނުއަރީ 2018
އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު