Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންވެސްޓްމަންޓް ފޯރަމް

އިންވެސްޓްމަންޓް ފޯރަމް ފެށެން 3 ދުވަސް – އަޑެއް ބަޑެއް ނީވޭ!

އިންވެސްޓްމަންޓް ފޯރަމާއި ބެހޭ ޚަބަރުތައް ބޭރުގެ ނޫސްތަކުން ނުފެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 00:08
ކުރީގެ އިންވެސްޓްމަންޓް ފޯރަމެއްގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ވާހަކަ ދައްކަވަނީ

ކުރީގެ އިންވެސްޓްމަންޓް ފޯރަމެއްގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ވާހަކަ ދައްކަވަނީ

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ސިލްސިލާކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންވެސްޓްމަންޓް ފޯރަމްތަކުގެ ތެރެއިން މިއަހަރު ޑުބާއީގައި ބާއްވާ ފޯރަން ފެށެން 3 ދުވަހަށް ވެފައިވާއިރު، މިފޯރަމަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

މިމަހުގެ 18ވަނަ ދުވަހުގެ ޑުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގެ ޝެއިޚް މަޚްތޫމް ހޯލްގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި 350 ފަރާތަކުން ބައިވެރިވާކަމަށް ސަރުކާރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 70 ފަރާތަކީ ރާއްޖޭގެ އެކި ފަރާތްތަކެވެ. ޤަތަރުގައި ބޭއްވުމަށް ކުރިން ނިންމި ނަމަވެސް، މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޑުބާއީގައި ބާއްވާ ގޮތަށް ހަމަޖެއްސީ ޤަތަރާއި އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ދައުވަތު

މިއަހަރުގެ ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ، ރައީސް ޔާމީންގެ ސަރުކާރާއި އަރިސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމް ފެށެން 3 ދުވަހަށްވެފައިވާއިރު، ޑުބާއީގެ މީޑިއާގައިވެސް އަދި އެހެން ގޮތްގޮތުންވެސް މިފޯރަމްގެ ވާހަކައެއް މާބޮޑަކަށް ނުދެކެވެއެވެ. މީގެ ކުރިންވެސް ސިންގަޕޯރ، އިންޑިއާ އަދި ޗައިނާގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފައިވާއިރު، މިއިން އެއްވެސް ފޯރަމެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އިންވެސްޓަރުން އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެ އިންވެސްޓްމަންޓް ފޯރަމަކާއި ދިމާކޮށް، ރާއްޖެއަށް ސިއްސައިގެން ދާވަރުގެ އިންވެސްޓްމަންޓްތައް އަންނާނެކަމަށް ބުނެ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވާހަކަ ދައްކަވައެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ
30 އޮކްޓޯބަރު 2017

ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އަޑެއް ނާހަން: ފޭސްބުކް

30 އޮކްޓޯބަރު 2017
 ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އަޑެއް ނާހަން: ފޭސްބުކް
23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު