Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ އެއާ

ވިލާ އެއާރއިން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދަށް ހޫނު ރައްދެއްދީފި

30 އޮކްޓޯބަރު 2017 | ހޯމަ 14:05

ކާޑެއްދޫ އެއަރޕޯރޓުގެ އެއްބަސްވުން އުވާލުމުގެ ނަތީޖާއަކަށްވީ، އެއަރޕޯރޓް ތަރައްގީ ކުރުމަށް ކުންފުނިން ކުރަމުން އައި މަސައްކަތްތައް ހުއްޓުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 30 އޮކްޓޯބަރު 2017 | ހޯމަ 14:05
ކާޑެއްދޫ އެއާޕޯޓް - އެ އެއާރޕޯޓް ކުރިން ހިންގާފައިވަނީ ވިލާ އެއާރއިން

ކާޑެއްދޫ އެއާޕޯޓް - އެ އެއާރޕޯޓް ކުރިން ހިންގާފައިވަނީ ވިލާ އެއާރއިން

ވިލާ އެއާރއިން ހިންގި ކާޑެއްދޫ އެއާޕޯޓާއި ގުޅޭގޮތުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ދެއްކެވި ވާހަކަތަކަށް އެ ކުންފުނިން ވަރުގަދަ ރައްދެއްދީފި އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދީ ވިލާ އެއާރއިން އާންމުކުރި ބަޔާނެއްގައި ބުނީ، ގދ. ކާޑެއްދޫ އެއަރޕޯރޓް ހިންގުމާ ކުންފުނިން 1 ޖެނުއަރީ 2014 ގައި ހަވާލުވުމަށްފަހު، 6 މާރޗް 2017 ގައި ސަރުކާރުން އެއްބަސްވުމާ ޚިލާފަށް އެއަރޕޯޓް އަތުލުމާ ހަމައަށް، އެއަރޕޯރޓް މަރާމާތުކޮށް ހިންގާ ބެލެހެއްޓުމަށް ކުންފުނިން 112 (ސަތޭކަ ބާރަ) މިލިޔަން އަށް ވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިން އެއަރޕޯރޓް ހިންގި ދުވަސްވަރު އެއަރޕޯރޓްގައި އެއްވެސް އެކްސިޑެންޓެއް ނުވަތަ އިންސިޑެންޓެއް ހިނގާފައި ނުވާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ވިލާ އެއާރއިން ބުނީ، 6 މާރޗް 2017 ގައި ސަރުކާރުން އެއަރޕޯރޓާ ހަވާލުވުމަށް ފަހު މިވޭތުވެދިޔަ ހަތްމަހެއްހާ ދުވަހު އެއްވެސް މަރާމާތު ކުރުމެއް ނެތި އެއަރޕޯރޓް ހިންގިފައިވަނީ އެ ކުންފުނިން އެއަރޕޯރޓް މަރާމާތުކޮށް، ބަލަހައްޓާ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގާފައިވާތީ ކަމަށެވެ.

ވިލާ އެއާރ އިން ބުނިގޮތުގައި މީގެ 24 އަހަރު ކުރީން 1993 ވަނަ އަހަރުގެ ތެރޭގައި އެއަރޕޯރޓް ހުޅުވުމަށް ފަހު ރަންވޭގެ ސަރފޭސް މަރާމާތު ކުރެވިފައިވަނީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ރަންވޭ އަށް ގެއްލުންތަކެއް ވެފައިވިޔަސް، އޭގެ 10 އަހަރު ފަހުން 2014 ވަނަ އަހަރު ޖެނުއަރީ މަހު ކުންފުނިން އެއަރޕޯރޓާއި ހަވާލުވެ، ރަންވޭގެ މަރާމާތު ކުރަން ފެށުމާ ހަމަޔަށް ރަންވޭގެ މަރާމާތެއް ކުރެވިފައި ނުވާކަމަށް ވިލާ އެއާރއިން ބުންޏެވެ. އަދި 6 މާރޗް 2017 ގައި ޤާނޫނާ ޚިލާފަށް މި ކުންފުނީގެ ކިބައިން އެއަރޕޯރޓް ވަކިކޮށް ރީޖަނަލް އެއަރޕޯރޓްސްއިން ހަވާލުވިއިރު ވެސް ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް ކުންފުނިން ދިޔައީ ކުރަމުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ސަރުކާރުން އެއްބަސްވުމާ ޚިލާފަށް އެއަރޕޯރޓް އަނބުރާ ހަވާލުކުރަން މަޖްބޫރު ކުރުމުން، މިކުންފުނިން އެއަރޕޯރޓް ހަވާލުކޮށްފައިވަނީ، އެއަރޕޯރޓް ހިންގުމަށް އެއްވެސް ބުރުލެއް އަރައިފިނަމަ މިއެއަރޕޯރޓް ބޭނުންކުރާ ފަރާތްތަކަށް، ޚާއްސަކޮށް ހުވަދުއަތޮޅު ދެކުނުބުރީގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި، އެއަރޕޯރޓުގައި ހުރި މިކުންފުނީގެ ގިނަ މުދާތަކާ އެކުގައެވެ. އެއަރޕޯރޓުގައި ބެހެއްޓިފައިވާ މިކުންފުނީގެ މުދަލުގެ އަގު 13 (ތޭރަ) މިލިޔަން ދިވެހިރުފިޔާ އަށްވުރެ ބޮޑެވެ. އަދި އެއަރޕޯރޓް ހަވާލުކުރެވުނު ފަހުން ހަތް މަހަށް ވުރެ ގިނަދުވަސް ވީއިރުވެސް މިތަކެތީގެ އަގު ނުވަތަ ތަކެތީގެ ބަދަލުވެސް މިކުންފުންޏަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ރީޖަނަލް އެއަޕޯރޓްސް އިން މިއަދުވެސް މިއެއަރޕޯރޓް ހިންގަމުން ދަނީ މިތަކެތީގެ ބޭނުންކޮށްގެންނެވެ." ވިލާ އެއާރއިން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

ވިލާ އެއާރިއން ބުނީ، ކާޑެއްދޫ އެއަރޕޯރޓުގެ އެއްބަސްވުން އުވާލުމުގެ ނަތީޖާއަކަށްވީ، އެއަރޕޯރޓް ތަރައްގީ ކުރުމަށް ކުންފުނިން ކުރަމުން އައި މަސައްކަތްތައް ހުއްޓި، ފާއިތުވި ހަތްމަސްދުވަހުގެ ތެރޭގައި އެއަރޕޯރޓުގެ ތަރައްޤީއަށް އެއްވެސް ކަމެއް ނުކުރެވުމާއި އެއަރޕޯރޓް ހިންގުމަށް މިއަހަރު 40 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރަންޖެހުން ކަމަށެވެ. މީގެ އިތުރުން 50 އަހަރަށް އެއަރޕޯރޓް ތަރައްޤީކޮށް ހިންގުމަށް ކުރެވިފައިވާ އެއްބަސްވުން އުވާލާފައިވަނީ، އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އިޖްރާއަތާ ޚިލާފަށް ކަމަށްވާތީ، ޝަރީޢަތަށް ހުށައެޅިފައިވާ އެ މައްސަލާގައި ކާޑެއްދޫ އެއަރޕޯރޓާ ގުޅިގެން ކުންފުނިން ކޮށްފައިވާ ޚަރަދާއި، ރިސޯރޓެއް ތަރައްޤީކޮށް ހިންގުމަށް ކުންފުންޏާއެކު އެއްބަސްވެފައިވާ ބ. މެންދޫ ޙަވާލުކޮށްފައި ނުވާތީ، އެކަމުގެ ސަބަބުން މިކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ޢަދުލުވެރި ބަދަލު ސަރުކާރުން ދޭންޖެހޭނެކަމަށް ކުންފުނިން ދެކޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވިލާ އެއާރއިން ބުނީ، ކާޑެއްދޫ އެއަރޕޯރޓް ކުންފުނިން ހިންގި ދުވަސްވަރު، ސެކިއުރިޓީ މުވައްޒަފުންނާއި އެއަރޕޯރޓްގެ މުވައްޒަފުން މެދުވެރިކޮށް ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަންތައްތަކެއް ކުންފުނިން އެއަރޕޯރޓް ތެރޭގައި ކުރަމުންދިޔަކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު މުޢާޛު މުހައްމަދު ރަޝީދު ވިދާޅުވިއިރު، ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ބަޔަކު މީހުން ހިންގާކަން ޢިއްޒަތްތެރި މެމްބަރަށް އެގިވަޑައިގަތުމުން ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަނައަޅުއްވާ ހަތްމަހަށްވުރެ ގިނަދުވަސް ވަންދެން ހުންނެވުމަށްފަހު، މީޑިޔާގައި އެކަން ހާމަކުރައްވާފައިވާތީ މި މައްސަލަ ބައްލަވައި ދެއްވުން އެދި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ. އަދި ރާއްޖޭގެ އެއަރޕޯރޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބަލަހައްޓަވާ ކަމެއްކަމާއި، ސެކިއުރިޓީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންކަން އެނގިވަޑައިގެން ހުންނަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް ނިސްބަތްވާގޮތަށް މިފަދަ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާތީ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މިކުންފުނިން އެންމެހާ ފަރާތްތަކަށް ދޭން ބޭނުންވާ ޔަގީންކަމަކީ، ކާޑެއްދޫ އެއަރޕޯރޓް މިކުންފުނިން ހިންގި ދުވަސްވަރު މިފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތެއް މިކުންފުންޏަށް ލިބިފައި ނުވާކަމާއި، މިއީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، އެކޮމާންޑްގެ މުވައްޒަފުންނާއި މިކުންފުނިގެ އަގު ވައްޓާލުމުގެ ބޭނުމުގައި މަޑަވެލީ ދާއިރާގެ މެންބަރު މުޢާޛު މުޙައްމަދު ރަޝީދު ކުރައްވާފައިވާ ދަށުދަރަޖައިގެ ޢަމަލެއް ކަމެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ގޮތުގައި ހުންނަވާ، އެ މެންބަރު ކުރައްވާފައިވާ ފަސާދަ އުފެއްދުން ނޫން އެހެން ކަމެއްގެ ގޮތުގައި ދިވެހި އެއްވެސް ރައްޔިތަކު ބަލައިނުގަންނާނެ ކަމެއްކަމަށް މިކުންފުނިން ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް