Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ އިންޝިއުރެންސް ދާއިރާ

އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި

ރާއްޖޭގެ އިންޝިއުރެންސް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 06:44
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ

ރާއްޖޭގެ އިންޝިއުރެންސް ދާއިރާގެ އެސެޓްގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވެއްޖެެ އެވެ.

ދިވެހި އިންޝިއުރެންސް ކުންފުންޏަށް އެއް އަހަރުވުން ފާހަގަކުރުމުގެ ގޮތުންބޭއްވި ސެމިނާ ފެށުމުގެ ގޮތުން ޒާހިރާ ވިދާޅުވީ ރާއްޖޭގެ އިންޝިއުރެންސް ދާއިރާ މިފާއިތުވެދިޔަ 10 އަަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެގޮތުން މިހާރު މިދާއިރާގައި ފަސް ކުންފުނި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި އިންޝިއުރެންސް ކުންފުނި ވުޖޫދަށް އައިސް އެއް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވާ ޒާހިރާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށްޓަކާއި މި ދާއިރާއަށް އާންމުން ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ. ދިވެހި އިންޝިއުރެންސް ކުންފުނިން، ކުރިއަށްގެންދާ މި ސެމިނަރ ތަކުން މި ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާ ކަމަށް ޒާހިރާ ވިދާޅުވި އެވެ.

ދިވެހި އިންޝިއުރެންސް ކުންފުންޏަކީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންދާ ޒަމާނީ ކުންފުންޏެއްކަން ފާހަގަކުރައްވާ ޒާހިރާ ވިދާޅުވީ، ރާއްޖޭގެ އިންޝިއުރެންސް ކުންފުނިތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެކުންފުނިތަކުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މިފާިއތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިންޝިއުރެންސް ދާއިރާއަށް ވަނީ ވަރަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އައިސްފަ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންޝިއުރެންސް ދާއިރާ ކުރިއަރަމުންދާ ނިސްބަތް ޑަބަލް ޑިޖިޓްގައި ހިފެހެއްޓިފައިވާކަން. އެގޮތުން ވޭދިތުވެދިޔަ އަހަރުގެ ތެރޭގައި ގްރޮސް ޕްރިމިއަމް 773 މިލިއަން ރުފިޔާއަށް އަރާފައިވޭ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާ އިރު 17 ޕަސެންޓްގެ ކުރިއެރުމެއް،" ޒާހިރާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ދިވެހި އިންޝިއުރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ، މި ފާިއތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ޕްރޮޓަކްޓްތައް އިންޝިއުރެންސްގެ ދާއިރާއަށް އެކުންފުނިން ތައާރަފް ކުރާނެ ކަމަށެވެ.

ރާއްޖޭގައި އިންޝިއުރެންސް ދާއިރާ ކުރިއަރަމުންދަނީ ވާދަވެރި މާހަލެއްގައިކަން ފާހަަގަކުރައްވާ އަބްދުލް ވާހިދު ވިދާޅުވީ، ރާއްޖޭގެ އިންޝިއުރެންސް މާކެޓަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް ދިވެހި އިންޝިއުރެންސް އިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކުންފުނިން ކުރާ ހަރަދުތަކުގެ ތެރެއިން އިންޝިއުރެންސްއަކީވެސް އޭގެ އެއް ސެކްޓަރ. އެ އިންޝިއުރެންސް ވެސް ކޮސްޓް އިފެކްޓިވް ކޮށް ކުންފުންނަށް އެންމެ ބޭނުންވާ ގޮތަށް ބޭނުން ކުރެވޭ ކަމުގައިވާ ނަމަ ކޮމްޕެޓީޓިވް މާކެޓެއް ގާއިމް ކުރުމަށް ލިބޭނެ އިތުރު ފުރުސަތަކަށް ވެގެންދާނެ،" އަބްދުލް ވައްހާބު ތައުފީގު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު